ބޮލީވުޑްގެ ފިލްމްތައް އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ ކަރިމް މޮރާނީވެސް އެންމެ ފަހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

އޭނާ ކޮވިޑް-19އަށް ފައްސިވިއިރު، އޭނާގެ ދެ ދަރިން ކަމަށްވާ އެކްޓްރެސް ޒޯ އާއި ޝަޒާއަށްވެސް ވަނީ މި ބަލި ކެހިފައެވެ.

މިހާރު ކަރިމް ވަނީ ނަނަވަތި ހޮސްޕިޓަލްފައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށާފައެވެ.

އޭނާގެ ބޭބެ މުހައްމަދު މޮރާނީ ވަނީ، ކަރިމް ކޮވިޑް-19 އަށް ފައްސިވެފައިވާކަން މިރޯ އޮންލައިނަށް ކަށަވަރުކޮށްދީފައެވެ.

އޭނާގެ ދެ ދަރިން މިހާރު ގެންދަނީ ކޮކިލަބެން ދުއްބާއީ އަމްބަނީ ހޮސްޕިޓަލް އެންޑް މެޑިކަލް ރީސާޗް އިންސްޓިއުޓް ގައި ފަރުވާދެމުންނެވެ. ޝަޒާ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އޭޕްރިލް ހަ ވަނަ ދުވަހުއެވެ. އެ ދުވަހު ޒޯގެ ފުރަތަމަ ޓެސްޓުގެ ނަތީޖާ ނައްސިވިއިރު، ފަހުން ހެދި އޭނާގެ ދެވަނަ ޓެސްޓުން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.

"އަހަރެންގެ ޓެސްޓުތަކުގެ ނަތީޖާ ވަނީ ފައްސިވެފައި، އަހަރެން މިހާރު ވަނީ ކޮވިޑް-19 އަށް ފައްސިވާ މީހުން ބައިތިއްބާ ތަނަށް ގެންގޮސްފައި". ބޮމްބޭ ޓައިމްސް އާ ފޯނުން ވާހަކަދައްކަމުން ޒޯއި ކުރިން ބުނެފައި ވެއެވެ.

ކާރިމް މޮރާނީގެ ބައެއް ފިލްމްތަކަށް ބަލާއިރު، ޗެންނާއި އެކްސްޕްރެސް، ރާ ވަން، ފަދަ ފިލްމްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު