ފައިސާގެ ނޫޓުތަކުގައިި މީހަކު ކުޅުލާ މަންޒަރު ފެންނަ ވީޑިއޯތައް މީސް މީޑިއާގައި ދައުރުވާން ފެށުމާއެކު އެތައް ބަޔަކު މިހާރު ބިރުންނެވެ. އޭގެ ތެރެއިން ބައެއް ވީޑިއޯތަކުން ފެންނަނީ ފައީސާގެ ނޫޓުތައް ބޭނުންކޮށްގެން ނޭފަތް ފޮޅާ މަންޒަރެވެ.

އެ މަންޒަރު ފެނުމާއި ގުޅިގެންނާއި ކޮވިޑް-19ގެ ބިރަށް މިހާރު އިންޑިއާގެ މަންޑްޔާ ސިޓީގެ މީހުން ދަނީ ފައިސާތައް ދޮވުމުގެ މަސައްކަތް ކުރަމުންނެވެ. އެ މީހުން ފައިސާތައް ދޮވުމުގެ މަސައްކަތް ކުރަމުން ދަނީ ސައިބޯނި ފެން ބޭނުންކޮށްގެންނެވެ.

އެގޮތުން ދާދި ފަހުން އެ 2000 ރުޕީސްގެ ނޫޓުތަކާއި، 500ގެ ނޫޓްތަކާއި، 100 ނޫޓްތައް ދޮންނަ މަންޒަރު ބައެއް މީހުންނަށް ވަނީ ފެނިފައެވެ. އެ ފައިސާތައް ދޮވުމަށްފަހު، ރޯނުގައި ހިއްކަން އަޅުވާފައިވާ މަންޒަރުވެސް ފެނިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ވައިރަސްއާއި ގުޅިގެން ގިނަބަޔަކު ސާފާތާހިރުކޮށް އުޅުމަށް ދަނީ ނަސޭހަތްތެެރިވަމުންނެވެ. އަދި ސައިބޯނި ލައިގެން އަތް ދޮވުމަށް ދަނީ ނަސޭހަތްތެރިވަމުންނެވެ.

އެ ސިޓީގެ ވިލޭޖަކަށް ނިސްބަތްވާ މީހުން ފައިސާތައް ދޮވުމުގައި އުޅެނީ އެ މީހުން އެ ވައިރަސް އާ ހެދި ބިރުންނެވެ. އެހެންވެ އެ ވިލޭޖުގައި އުޅޭ މީހުން އެ ބައްޔާއި މެދު ހޭލުންތެރިކުރުވުމުގެ ގޮތުން ކަމާއި ގުޅުން ހުރި ފަރާތްތައް އެތަނަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.

އިންޑިއާއިން ކޮވިޑް-19 ޖެހިގެން މިހާތަނަށް 164 މީހަކު ވަނީ މަރުވެފައެވެ. އަދި އެ ގައުމުގައި މި ބަލި ޖެހުނު މީހުންގެ އަދަަދު 5،360 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮހޮދު

    ރަނގަޅު. އަހަރެންވެސްދޮންނަން އަދި ރުފިޔާ ހަލާކެއްވެސް ނުވޭ. ރ.ޔާމީން ގެ ވެރިކަމުގަ ކޮންމެ ކަމެއްވެސް ކޮށްފައިވަނީ ވަރަށް ފުރިހަމައަށް. ޝުކުރިއްޔާ

    18
    1
    • ޕަރީ

      މަވެސް ފައިސާ ދޮންނަން. ޔާމީނު ވަނީ މިހާލަތަށް އަހަރެމެންގެ ތައްޔާރުކޮށްދީފައި. ޓެބްލެޓް ސުކޫލް ކުދިންނަށް ބެހީމަ އޭގެ ފައިދާ މިހާރު އެންމެނަށްވެސް އެބަ އެނގޭނު. ޔާމީނުވަރެއްނެތް.

      18
      2