ޖަނަވާރުން ފަދަ ތަކެއްޗަކީ ބައެއް ފަހަރު ވަރަށް ނުލަފާ އެއްޗެއްސެވެ. ހަމަލާ ދިނުމަށް ވަކި ވަގުތެއް ވަކި ތަނެއް ނޯންނާނެއެވެ. ރުޅި އަރައިފިނަމަ ހަމަލާއެއް ނުލިބި ނުދާނެއެވެ. އޭގެ ތެރެއިން ނަންނުގައްޗަކީ އާއްމުން ވަރަށް ބިރުގަންނަ އެއްޗެކެވެ. ވިހަގަދަ އެއްޗެކެވެެ.

އެގޮތުން މިފަހަކުން ގެއެއްގެ ތެރެއިން ނަންނުގައްޗެއް ފެނިގެން މީހަކު ދުވަސްކޮޅެއް ވަންދެން ބިރުން އުޅެފިއެވެ. އެ ނަންނުގަތި ފެނިފައި ވަނީ އޭނާގެ ދިރިއުޅޭ ގެއިންނެވެ. އޭނާ ބުނާގޮތުގައި، އެ ނަންނުގަތި އެތާ އޮވެ، އޭނާ ބަލަން އޮއްވާ އެއްވެސް ވަރަކަަށް ހަރަކާތްވެސްކޮށްފައެއް ނުވެއެވެ.

އެ ނަންނުގަތި އެތާ އޮންނާތީ އެކަމާ ކަންބޮޑުވެގެން އޭނާ އެންމެ ފަހުން ގުޅީ ޖަނަވާރުންގެ ކްލިނިކަށެވެ. އެ ކްލިނިކުން އައި ބަޔަކަށް އެ ނަންނުގަތި ފެނުމާއެކު އެއީ ރަބަރު ނަންނުގައްޗެއްކަން އެނގުނެވެ. އަދި އެ މީހާއަސް ވަރަށް ބޮޑަށް މަލާމާތްވެސް ކުރިއެވެ.

މިއީ ދިމާވެދާނެ ކަމެކެވެ. މާބޮޑަށް ކަންކަމާއި ހާސްވެ ކަންބޮޑުވާ މީހުންނަށާއި، އަދި މާބޮޑަށް ބިރުން އުޅޭ މީހުންނަށް ވެދާނެ ކަންތައްތަކެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަންނުގަތި

    ހަހަހާ ހަހަހާ??

  2. ޑަކައިތު

    ކޮއްކޯ އެއީ ހަރުފައެއް.

  3. ދަންތުރަ

    ނަންނުގައްޗާއި ހަރުފަ ވަކިކުރަން އެނގޭތަ މި ލިޔުން ލިޔުނު ކުއްޖާއަށް؟