އިންޑިއާގައި އޮތް ކައިވެނީގެ ހަފްލާގެ ހަދިޔާއަށް ބޮމެއް ފޮނުވީ ކާކުކަން އެނގި އެ މީހާ ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައި މި ވަނީ ގިނަ ދުވަސްތަކެއް ވަންދެން މި މައްސަލައިގައި ކުރި ތަހުގީގަށް ފަހުއެވެ.

އިންޑިއާގެ އަަވަށެއްގައި ހިނގި އެ ހާދިސާގައި ދެ މީހަކު މަރުވިއެވެ. އޭގެ ތެރޭގައި އެދުވަހު ކައިވެނި ކުރި ފިރިހެންމީހާވެސް ހިމެނެއެވެ.

މިދިޔަ ފެބްރުއަރީ މަސް ތެރޭގައި ކުރިއަށްދިޔަ ކައިވެންޏެއްގެ ހަފްލާގައި ލިބުނު ޕާރުސަލް ކެނޑުމާއެކު ފިރިމީހާއާއި އޭނާގެ މާމަ މަރުވިއެވެ. އަދި އިތުރު ގިނަ ބަޔަކަށް އެކި ވަރުގެ ޒަޚަމްތައްވެސް ލިބުނެވެ. އެކަމުގެ ތަހުގީގަށް ފަހު މީހަކު ހައްޔަރުކޮށްފައި މި ވަނީ މިިދިޔަ އަންގާރަ ދުވަހުއެވެ.

ހައްޔަރުކުރި މެހަރް ނަމަކަށް ކިޔާ އެ ފިރިހެން މީހާއަކީ، ކައިވެނި ކުރި ފިރިހެން މީހާއާ އެއް ސްކޫލެއްގައި މަސައްކަތް ކުރާ މީހެކެވެ. އެ ކައިވެނި ކުރި ފިރިހެން މިހާގެ މަންމައަކީ އެ ސްކޫލްގެ ޕްރިންސިޕަލްއެެވެ. ނަމަވެސް މެހަރް އެ މަގާމް ބޭނުންވިއެވެ. ނަމަވެސް މެހަރްއަށްވުރެ ތަޖުރިބާގެ ގޮތުން ދުވަސްވީ މީހަކަށް އެ މަގާމް ދިނުމަށް ކައިވެނި ކުރި ފިރިހެން މީހާއާ އެ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމް ދިނީއެވެ.

މިކަމާއި އޭނާ ވަރަށް ބޮޑަށް ހަސަދަވެރިވެ، ބަދަލު ހިފަން ބޭނުންވިއެވެ. މިއީ އެގޮތުން އޭނާ ކުރި ކަމެއް ކަމަށް ފަހުން ތަހުޤީޤުގައ ވަނީ ބުނެފައެވެ. އަދި މިކަމަށް އޭނާ "ޕްލޭން" ކުރަމުންދާތާ އަށް ވަރަކަށް މަސް ވެއްޖެކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އޭނާ ދެ ކިލޯގެ ގަން ޕައުޑަރ ހޯދާ އިންޓަނެޓުން ބަލައިގެން ބޮން ތައްޔާރުކުރީވެސް އަމިއްލައަށް ކަަމަށް ވެއެވެ.

އަދި ބޮން ޕާރުސަލްކޮށް ހިފައިގެން ރޭލުގައި ރަރިޕުރްއަށް ދިޔައެވެ. އަދި އެތަނުން އޮޓޯއެއްގައި އެ ތަކެތި ފޮނުވާ އޮފީހެއް މެދުވެރިކޮށް އެ ބޮން ފޮނުވީއެވެ. އެ ޕާރުސަލް ދެމަފިިރިންނަށް ލިބުނީ ކައިވެނި ކުރިތާ ފަސް ދުވަސް ފަހުންނެވެ. އަދި ޕާރުސަލް ހުޅުވުމާއެކު އެ ފިރިހެން މިހާއާއި އޭނާގެ މާމަ ވަގުތުން މަރުވީއެވެ. މި ދެމަފިރިން ކައިވެނި ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނޭންގުން ތި ވީ ގޮތެއް. ޕްރިންސިޕަލްގެމަގާމަށް އައީ ކާކު؟

  2. ނަމަވެސް މެހަރްއަށްވުރެ ތަޖުރިބާގެ ގޮތުން ދުވަސްވީ މީހަކަށް އެ މަގާމް ދިނުމަށް ކައިވެނި ކުރި ފިރިހެން މީހާއާ އެ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމް ދިނީއެވެ.

    މިޖުމްލަ ގެޓެއްނުވި

  3. މި ހަބަރު އަލުން ގެނެސް ދީބަލަ