ކްރޭންބެރީ ޖޫހަކީ އޭގެން ލިބޭ ސިއްހީ ފައިދާތަކަށްޓަކައި ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި ނަން މަޝްހޫރު ވެފައިވާ އެއްޗެކެވެ. ތާޒާ ކްރޭންބެރީ ޖޫހަކީ އޭގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ އެކި މައްސަލަތަކުގެ އިތުރުން، ނޭވާލާ ނިޒާމުގެ އެކި މައްސަލަ، ކިޑްނީގައި ހިލަ އުފެދުން، ކެންސަރު އަދި ހިތުގެ ބަލިތަކުންވެސް މީހާ ރައްކާތެރިކޮށްދޭ އެއްޗެކެވެ. ހަޖަމްކުރުމާއި ބަނޑުގެ އެކި އެކި މައްސަލަތަކާއި ކްރޭންބެރީ ޖޫހުގެ ސަބަބުން މީހާ ދުރުކޮށްދޭއިރު ދަތްތަކުގެ ސިއްހަތުވެސް ކްރޭންބެރީ ޖޫހުގެ ސަބަބުން ރަނގަޅުކޮށްދެއެވެ.

ކްރޭންބެރީ ޖޫހަކީ އެންޓި އޮކްސިޑެންޓްސް ގިނަ އަދަދަކަށް އޭގައި ހިމެނޭ އެއްޗެކެވެ. އޭގެ އިތުރުންވެސް ވިޓަމިން ސީ އަދި ސެލިސިލިކް އެސިޑް ފަދަ މާއްދާތައްވެސް ކްރޭންބެރީ ޖޫހުގައި ގިނަ އަދަދަކަށް ހިމެނެއެވެ. ހަށިގަނޑަށް ހަކަތަ، ޕްރޮޓީން، މިނަރަލްސް އަދި ކާބޯހައިޑްރޭޓްސް ލިއްބައިދޭ އެއްޗެއްކަމުގައިވާ ކްރޭންބެރީ ޖޫހަކީ އޭގެ ސަބަބުން މީހާގެ ވަރުބަލިކަން ފިލުވައިދީ މީހާގެ ބުންވަރުވެސް ރަނގަޅުކޮށްދޭ އެއްޗެކެވެ.

ވަކިން ހާއްސަކޮށް ކްރޭންބެރީ ޖޫސް މަޝްހޫރުވެފައިވަނީ ކުޑަކަމުދާ ނިޒާމުގެ އެކި އެކި މައްސަލަތައް ހައްލުކުރުމަށް ރަނގަޅު ބުއިމެއްގެ ގޮތުގައެވެ. ކްރޭންބެރީ ޖޫހަކީ މާބަނޑު ދުވަސްވަރު އަދި މުސްކުޅި އުމުރުފުރާގައި އާންމުކޮށް ކުރިމަތިވާ ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށް ހުރި ވަރަށް ރަނގަޅު ހައްލެކެވެ.

ކްރޭންބެރީ ޖޫހުގެ ސަބަބުން ޔުރިނަރީ ޓްރެކްޓްގެ އިންފެކްޝަން ފަދަ މައްސަލަތަކުން މީހާ ކުރިއާލައި ސަލާމަތްކޮށްދޭއިރު އެކި ކަހަލަ ޓިއުމަރތައް އުފެދި ފެތުރުނަނުދިނުމުގައި ކްރޭންބެރީ ޖޫހުގައި ހިމެނޭ މާއްދާތައް ވަރަށް ބޮޑު ދައުރެއް އަދާކޮށްދޭނެއެވެ. މިއީ ކޮންމެ ދުވަހަކުވެސް ބުއިމަށް ވަރަށް އެކަށީގެންވާ ވަރަށް ފައިދާހުރި ބުއިމެކެވެ.