ކޮވިޑް-19 ދުނިޔެއަށް ފެތުރި މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައި ވާއިރު މިބަލިމަޑުކަމުން ދުނިޔެ ސަލާމަތް ކޮށްދޭނެ މީހަކަށް މުޅި ދުނިޔެ މިވަނީ ބޭނުން ވެފައެވެ. ނަމަވެސް ސުވާލަކީ އެފަދަ މީހަކީ ކާކު ހެއްޔެވެ؟ އެމެރިކާގެ ބޭސް އުފައްދާ ކުންފުންޏެއްގެ ވެރިއެއްގެ މަގާމު ކުރިން އަދާކުރި މާޓިން ޝްކްރެލީ ބުނާ ގޮތުން ދުނިޔެ ކޮވިޑް-19 އިން ސަލާމަތް ކޮށްދޭނެ މީހަކީ އޭނާ އެވެ.
މާޓިން މިހާރު ހުރީ މަކަރާއި ހީލަތުގެ މައްސަލައެއްގައި ޖަލުގައެވެ. އޭނާގެ މައްޗަށް ވަނީ ހަތް އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ.
މާޓިން މީޑިއާތަކަށް ފޮނުވި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދަން މިހާރު ސައިންސްވެރިން ކުރަމުން އަންނަ މަސައްކަތްތަކުން ނަތީޖާއެއް ފެނުމުގެ ފުރުސަތެއް ނެތެވެ. ސަބަބަކީ ސައިންސްވެރިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ، ކުރަމުންދާ މަސައްކަތް ބޭކާރުވާނެ ގޮތައް ކަމަށް ވުން ކަމަށް ވެސް އޭނާ ބުނެއެވެ.
"އަހަރެން މިއެދެނީ ކޮވިޑް-19 އާއި ގުޅޭ ދިރާސާތައް ކުރުމުގައި ބައިވެރިވާން އަހަރެން ތިން މަސް ދުވަހަށް ޖަލުން ނެރެ ދިނުމަށެވެ." އޭނާގެ ލިޔުމުގައި ބުނެފައި ވެއެވެ.
މާޓިން ވަނީ 2015 ވަނަ އަހަރު ޓާރިން ނަމަކަށް ކިޔާ ބޭސް އުފައްދާ ކުންފުންޏެއް އުފައްދައިގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި ތިން ބޭހެއް އުފައްދާފައެވެ. މާޓިން ޖަލަށްލީ އެޗްއައިވީ އަށް އުފައްދާފައިވާ ބޭހެއް މާއަގުބޮޑުކޮށް ވިއްކި މައްސަލައެއްގައެވެ.
މާޓިން ޖަލުން ނެރެފިނަމަ ކޮވިޑް-19 އަށް ފަރުވާއެއް ހޯދައިދޭނެ ކަމަށް ބުނި ނަމަވެސް އޭނާގެ ވާހަކަތަކާއި ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
ކޮވިޑް-19 އަށް ވެކްސިނެއް ނުވަތަ ބޭހެއް އުފައްދަން އެކި ގައުމުތަކުގެ 35 ކުންފުންޏަކުން ވަކިވަކިން މަސައްކަތް ކުރަމުން އެބަގެންދެއެވެ. ނަމަވެސް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެންމެ އަވަހަށް ވެސް ކޮވިޑް-19 އަށް ބޭހެއް އުފައްދި ބޭނުން ކުރެވޭ ވަރު ވާނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.
ތިކަމުން ސަލާމަތް ކޮށް ދޭނީ މާތް ﷲ
އަހަރުމެންގެ ވެކްސިން ވެސް ހުރީ ޖަލުގަ ކިހާ ދެރަ
އަދި އެކަކު އެބަހުރި. އެނާ ހުރީ ރާއްޖޭގެ ޖަލުގައި
މަހީިކުރީ ޔާމީނު ކަމަށް
މުސީބާތުގެ ހާލުގައި އަހަރެމެންނަށް ވާގިވެރިވާ ފަރާތަކީ މާތްﷲ އެވެ.
މީހަކަށް ނުކުރެވޭނެ ސަލާމަތެއް. ހަމައެކަނިﷲ ކުޅަދުންވަންތައި
މާފުށި ޖަލުގަ ހުންނާނެ ޔާމިނުކިޔާ މިހެއް،
ކާކުތަ ބުނީ މާފުށީ ޖަލުގަ ޔާމީނު ކިޔާ މީހަކު ނެތޭ؟؟
އެއްކަލަ އަރައިރުން ވާން ފައްޓައިފި ސިޔާސީ ކަންތަކާ.?
އަނެތް ކާ ޔާމީން ތަ ؟؟؟
ކޮވިޑް 19 އަށް ދިވެހި ބޭހެއް އުފެއްދި ދާނެ އެވެ. ފުރުސަތު ދީބަލާށެވެ.
ހީކުރީ އެއީ ޔާމީން ކަމަށް
ޔާމީނުބާ؟
އެއީ އެންމެންގެ ޔާމީން، އޭނާއަށް ދުނިޔެ ކޮވިޑްއިން ރައްކާކޮށްދެވޭނެ، އަވަހަށް ނެރެފައި އިތުރަށް ރައްޔިތުންގެ ލާރިގަޑު ހަވާލުކުރޭ........
މީހުނާއި ދިމާލަށް ވަގަށް ގޮވާމީހުން އެހެން އެގޮވަނީ ތިމާމެނަކީ ވައްކަން ނުކުރާ ބައެއްކަން ދެއްކުމަށްޓަކައެވެ. ބޮޑުވަގުން އަބަދުވެސް ދެކޭނީ އެއްމެންނަކީވެސް ތިމާހެން ވައްކަން ކުރާމީހުން ކަމަށެވެ.
އެއީ ބޮޑުވަގެއް. ކަލޭމެންތީ އަމާނާތްތެރިން. މިހެންކަމުން ވަގުމީހާއަށްވުރެ ހުރިހާގޮތަކުން ގައުމު އާރާސްުތު ކުރެވެންވާނެއެވެ. މީގެ އިތުރުން މުޅިދުނިޔެ އޮތީ ކަލޭމެނާއެކުގައެވެ. މިސަބުގެ ސަބަބުންވެސް ތަރައްގީގެ މަޝްރޫއު ކުރިއައްގެންދަންވެސް ވާނީ ފަސޭހައެވެ. ރައްޔިތުމީހާއަށް ފެންނަނީ ކަމެއްނުކޮށްތިބެ އަބަދު ވަގޭވަގޭ ގޮވާތަނެވެ.
3 މަހަށް ނެރޭ 3 މަހުން ނު އުފެއްދިއްޖެ ނަމަ ހުކުމަށް 6 މަސް އެއްކުރޭ އުފެއްދިއްޖެ ނަމަ މިނިވަންކުރޭ .ރަގަޅުތަ؟
މިކަހަލަ ރިޕޯޓު ނުލިޔެބަލަ
މާޓިންވަނީ މަދު ދުވަސްކޮޅެއްގެތެރޭގައި ތިންބޭހެއް އޭނާގެ ކުންފުނިން އުފައްދާފައެވެ އެއީކޮން އެއްޗަކައްދޭންތަ އިންސާނުންނައްތަ ޖަނަވާރުންނައްތަ ނޫނީ ގަސްގަހާގެއްސައްތަ މިކަހަލަ ހައްސާސް ދަނޑިވަޅުގަ ލިޔާއިރު ކޮންމެވެސް ވަރަކައް މަޢުލޫމާތު ކިޔުންތެރިންނައްވެސްލިބޭކަހަލަގޮތަކައް ލިޔުއްވާ
ހޯ! ނެނގޭ ވާހަކަ ދައްކަން ތީ ވަރަށް މޮޅު ގްތެއް!
ތިކަމުން ސަލާމަތް ކޮށް ދޭނީ މާތް ﷲ
ނުހައްގުން ޖަލުގަ ހުރި އަހަރުމެންގެ ވެކްސިން ދޫކޮށްލަބަލަ
ކުށްވެރިން ޖަލުގަ ނުތިބޭނެ
“ ރައީސް ޔާމީން “
އެެއީ އަސޭލާ ބިޓު
މިބަލިން ސަލާމަތް ވާނެ ހަމައެކަނި ގޮތަކީ ﷲ އަށް ދުޢާކުރުމާ ނަމާދުން ވާގި ލިބިގަތުން.
ދިވެހި ރާއްޖޭ މި އަނދަވަޅުން ނެރެދޭނެ ވެކްސިން ވެސް އޮތީ ނުހައްގުން ޖަލަށް ލާފާ. ކިހާ ބޮޑު ވެއްޖައިމު ކަމެ . އޭނާ މިހާރުން މި ހާރައް ދޫ ކޮއްލާ
މުސީބާތުގެ ހާލުގައި އަހަރު މެންނަށް ވާގިވެރިވާ ފަރާތަކީ ހަ މައެކަނި މާތްﷲ އެވެ. ދުނިޔެ ހުސް ވެގެން މިދަނީ. ކީތްކުރާނީ؟؟އުފަލާ ފޯރި މިވަނީ ގެތްލިފަ މިޔަދު?? މުޅި ދުނިޔެ މަޑު މޯޅިކަ މުގަ