މިހާރު ހަލުވިކަމާއި އެކު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ) އިން ބަންގިއާއި، ހުތުބާ އަދި ކީރިތި ގުރުއާން ބީބީސީގެ 14 ރޭޑިއޯއަކުން ގެނެސްދޭން ފަށައިފިއެވެ.

ބްރިޓިޝްގެ މީޑިއާތަކާއި ހަވާލާދީ "މިޑިލް އީސްޓް އައި" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮންމެ ދުވަހެއްގެ ފަތިހު 5:30 އިން ފެށިގެން ރޭޑިއޯ ތަކުން ދީނީ އިލްމުވެރިޔަކު ޤުރުއާން ކިޔަވާ އަޑު ނުވަތަ ރަސޫލާ (ސ.އ.ވ) އާއި ބެހޭގޮތުން ދައްކަވާ ނަސޭހަތުގެ ވާހަކަތައް ގެނެސްދެއެވެ. އަދި ޤުރުއާން ގެނެސްދިނުމަށްފަހު ޤުރުއާން ތަރުޖަމާކޮށްދޭ ކަމަށްވެސް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. އިސްލާމް ދީނުގެ އެކި މައުލޫމާތު ތަކާއި ޤުރުއާން ގެނެސްދެމުން އަންނަނީ ފަތިސްނަމާދުގެ ބަންގި އަށް ފަހު ކަމަށް އެނޫހުން ވަނީ ބުނެފައެވެ.

"އެތެރޭގެ ރޭޑިއޯތަކަކީ އަހަރުމެން އެކަކު އަނެކަކު ގުޅުވައިދޭ މުހިންމު އެއް ވަސީލަތް. އަހަރުމެންގެ އުންމީދަކީ ބްރިޓިޝްގައި ތިބި މުސްލިމުންނަށް އައިސޮލޭޝަންގައި މުޅި ޤައުމު އޮތް މި ދަނޑިވަޅުގައި މިކަންކަމުގެ ސަބަބުން ހިތްހަމަ ޖެހުމެއް ލިބުން." ބީބީސީ ލޯކަލް ރޭޑިއޯގެ ހެޑް ކްރިސް ބާންސް ވަނީ ވިދާޅުވެފައެވެ.

މީހުން އެއްވެ އަޅުކަން ކުރަމުން އަންނަ ހުރިހާ ތަނެއް މާޗް 23 ވަނަ ދަުވަހުން ފެށިގެން އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. މުސްލިމް ކައުންސިލް އޮފް ބްރިޓިޝް އާއި ހަވާލާދީ މިޑިލް އީސްޓް އައި އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިކަން އިއުލާން ކުރުމުގެ އެއްދުވަސް ކުރިން އެސަރަހައްދުގެ 375 މިސްކިތެއް ވަނީ ބަންދުކޮށްފައެވެ.

އިނގިރޭސިވިލާތޔގެ އެކި ސަރަހައްދުތަކުގައި ހުންނަ މިސްކިތް ތަކަށް ގިނަ ބަޔަކު ނަމާދު ކުރުމަށްދެއެވެ. ބައެއް މިސްކިތްތަކަށް ކޮންމެ ދުވަހަކު 2،500 އަށްވުރެ ގިނަ މީހުން ނަމާދަށް ދާކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ލަންޑަނުގެ ސެންޓަރަލް މިސްކިތައް ކޮންމެ ނަމާދަކަށް 5000 މީހުން އަރާ ކަމަށް މިޑިލް އީސްޓް އައި އިން ވަނީ ރިޕޯޓުކޮށްފައެވެ.

މިހާރު މުސްލިމުންނަށް މިސްކިތައް ނުދެވުމުގެ ސަބަބުން އެސަރަހައްދުގެ 14 ރޭޑިއޯ އަކުން ހުކުރު ހުުތުބާ ގެނެސްދިނުމަށް ވެސް ވަނީ ނިންމާފައި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކާފަބޭ2020

    މި އީހަމަރަނގަޅުޚަބަރެ އްބާ! އެހެންމިލިޔެވުނީ މިމީހުންނަކީ ދިވެެހިންނާޚިލާފަށް އިސްލާމްދީނަށް ހަޖޫޖަހާބަޔަކަށްވާ އިރު މިކަމުގަ އިދިވެހިންނަށްވުރެ ކުރި އަށްދިޔަވާހަކަ އޮތީމަ އެވެ. ﷲ އަކްބަރް

    38
    2
  2. ޝައުފާ

    ރާއްޖޭގައި ތިބި ލާދީނީއިންތައް ތިކަމާ ވަރައް ނުރުހުންވާނެ..

    70
    7
  3. އަހުމަދު

    އަލްޙަމްދު ﷲ

    78
    2
  4. މަނިކ

    ﷲ އައ އް ހަންދުކުރަން

    65
    2
  5. ބުއްޅަބެ

    الحمدللله

    81
    2
  6. އުސައިދު

    އަންނި ރޯނެ ތިކަމާ

    43
    5
  7. ފގފގ

    އެއުރެންހީކުރާގޮތުގައިﷲ އަށާއި އީމާން ވެގެންތިބިމީހުންނަށް އެއުރެންއޮޅުވައިލަނީއެވެ. އެއުރެން އެ އޮޅުވައިލަނީ، އެއުރެންގެ އަމިއްލަ ނަފުސު ތަކަށްކަމުގައި މެނުވީނުވެއެވެ. އެއުރެންނަށް )އެކަންވެސް( ނޭނގެނީއެވެ. 2:9

    5
    3
  8. މަޒް

    އިސްލާމްދީނަށް ނަސްރު ލިބޭ ކޮންމެ ހަބަރަކުން ހިތް ފުރިގެންދޭ... ވަރަސް އުފާވޭ މިކަހަލަ ކަން ކަން ބޮޑެތި ކާފަރު ގައުމުތަކުގައި ކުރެވޭތީ.. ކޮންމެއަކަށް މީ އިބުރަތެއް

    14
    1
  9. ތަޚާނުގެ ޢަލިދީދީ.

    ހަބޭސް.

  10. އަހަރެން

    ތީ ދޮގު ވާހަކައެއް

    10
  11. ޢަލީމުހަންމަދު

    މިވެރިންނަށް ދީން ބަދަލުކުރަން އުޅޭ ލާދީނީމީހުންނަށް ހިތާމަވެރި ހަބަރެއް.

    9
    1
  12. އިންސާނާ

    ތިމުސީބާތުން ސަލާމަތްކޮއްދެއްވާއިރަށް ތިހުރިހާ ކަމެއް ނިމި އިހުގެ ގޮތަށް ބަދަލުވެދާނެ. ފިރްޢަވްނުގެ ގައުމުގެ މީހުންނަށް ވެސް މުސީބާތް ކުރިމަތިވެ ހަދާނެ ގޮތް ހުސްވެ ކުޑަކަކޫ ޖަހަންޖެހޭ ހިސާބަށް ކަންތައްތައް ދިޔައިމާ މޫސާ ޢަލައިހިއްސަލާމް އަށް ދެންނެވި އެކަލޭގެފާނުގެ ވެެރި ރައްބު އަށް ދެންނުވުމަށް ތިމަންމެން މިމުސީބާތުން ސަލާމަތް ކޮއްދެއްވުމަށް. ހަމަ އެމުސީބާތުން ސަލާމަތް ކޮއްދެއްވާއިރަށް އިހު އުޅުނު ގޮތަށް އެބަދަލުވީ. ކާފަރުންނަކީ ހަމަ އަނިޔާވެެެރިން.

    11
    1
  13. ޢަރަޤު

    ޖަރުމަނުގެ ވެރިރަށް ބަރލިންގައި ވެސް މިދުވަސްވަރު މީހުންނަށް އިވޭ ވަރަށް ބަންގި ގޮވުމަށް ވަނީ ހުއްދަ ދީފައި. ހަދާނެ ގޮތްހުސްވީމަ މިފެންނަނީ ތިމާމެންވެސް ހެއްދެވިފަރާތް.

    11
    2
  14. ސޫތު

    ނައްޓުމެން ތިންފަހަރަ ހޭނެތޭނެ ތިޔަހަބަރު ކަންފަތުގަޖެހުނީމަ

  15. ނަސީދު

    ޢަހަރުންގެ ޕާޓީ ބޮނޑުވަނީ ﷲ ރަހުމެތްފުޅުން