ބޭވަފާތެރިކަމަކީ ގިނަ ބަޔަކަށް އެފަދަ ކަމަކުން ސަލާމަތްވުމަށް އެތައް ދުވަސްތަކެއް ހޭދަވެދާނޭ ކަމެކެވެ. އެގޮތުން ގިނަ މީހުންނަށް އެފަދަ ކަންކަމުން އަރައިގަންނާނޭ ގޮތް ނޭނގިވެސް ހިނގައިދާނެއެވެ. ސަބަބަކީ އާންމުކޮށް އެފަދަ ބޮޑު އަދި އަސަރުގަދަ ބޭވަފާތެރިކަމެއް ލިބިގެންދަނީ އެންމެ ގާތް އަދި އެންމެ އިތުބާރުކުރާ އެކަކުގެ ފަރާތުން ކަމެވެ.

މިސާލަކަށް ގާތް އެކުވެރިޔެއް ތިބާއަށް ކަމެއް އޮޅުވާލުން ނުވަތަ ގާތް އެކުވެރިޔެއް ލޯބިވެރިޔާއަށްޓަކައި ތިބާ ދޫކޮށްލުމަކީވެސް އެފަދަ ކަންކަމުން އަރައިގަންނަން ދަތިވާ އަދި ތިބާ އަޅާލާ ގާތް މީހަކު ތިބާއަށް ބޭވަފާތެރިވިކަމުގެ އިހުސާސެއް ގެނުވައިފާނޭ ކަމެކެވެ.

އެންމެ ފުރަތަމަ އެފަދަ ކަމަކުން އަރައިގަންނަން ކުރަންޖެހޭނޭ ކަމަކީ ކަމުގެ ހާލަތު ރަނގަޅަށް ދެނެގަތުމެވެ. އެގޮތުން އެއީ ކީއްވެގެން ދިމާވިކަމެއްތޯ އަދި އެގޮތަށް އަމަލުކުރަންޖެހުނީ ކީއްވެގެންތޯ އަނެކާގެ ކިބައިން އޮޅުންފިލުވުމަކީ ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. މައްސަލަ ޖެހުމުން ދެ ފަރާތް އަނގައިން ނުބުނެ ތިބުމަކީ އެކަމުގެ ހައްލެއް ނޫނެވެ.

ދެން ކުރަންވީ ކަމަކީ ތިބާއަށް އެމީހަކު ބޭވަފާތެރިވެއްޖެކަން އަމިއްލައަށް ދެނެގަނެ އިހުސާކޮށް އެކަމަކީ ހަގީގަތެއްކަން ގަބޫލުކުރުމެވެ. ކޮންމެ ސަބަބަކާއި ހުރެވެސް އެކަމެއް އެގޮތަށް ވެފައިވާކަން ގަބޫލުކޮށް ދެން ހަޔާތުގައި އެކަމަކާއި ދޭތެރޭ ނުވިސްނައި އެކަމުގެ އިހުސާސްތައް އެހެން މީހަކަށް ކިޔައިދިނުމަކީ ކުރެވިދާނެ ކަމެކެވެ.

ކަންކަން ހައްލުކުރުމަށް ގިނަ ފަހަރަށް އެންމެ ރަނގަޅު އެއް ގޮތް ނެތް ނަމަވެސް އެކަމަކަށްޓަކައި އަނެކާއަށް މައާފްކުރުމަކީވެސް ތިބާއަށް ފައިދާކުރުވާނޭ ކަމެކެވެ. މައާފްކުރުމގެ ރީތި އާދައިގެ ސަބަބުން މީހާއަށް އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށްދިޔުމަށް ފަސޭހެވެ ދެން އަޅާނޭ ފިޔަވަޅުތަކާއިމެދުގައިވެސް ވިސްނުމަށް ފަސޭހަވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަމެންނަށް ތިޔާ ކަމެއް އަދި އަންހެން ކުއްޖެއްގެ ފަރާތުން ލައިނުގަނޭ އެކަމަކު އެމެން ބުނޭ މަމެން ބޭވަފާތެރިވީއޭ އެހެންވެއޭ ރުޅިވެގެން ދިޔާ ދެން މަމެން ބޭވަފާތެރި ވާން ކުރި ކަމެއް އަޅެ ތަމެންގެ ގަމާރު ސިކުނޑިން ވިސްނާ ބުނެދީބަލާށޭ ބުނީމާ ބުނަނީ ތިމަންނަ އާއި އެކު ޖޯކް ޖަހާ ސަކަރާތް ޖަހާ ހިނި ގަނޑު ޖަހާ ގޮތަށް އެހެން ކުދިން ނާއި އެކު ވެސް ސަކަރާތް ޖަހާ ހިނިގަނޑު ޖަހާތީއޭ ތިމަންނާ ހީކުރީ ސިއްރު ގުޅުމެއް އޮންނަ ކަމަށޭ އޫލަލާ މަމެން މީ އެހާ ބޭޑް ބޯއި އެއް ވައްތަރު ޖަހާތޭ ނުޖަހާ ދޯ. ދެން އެމެން ބުނީ އެއީ އޭ ރީޒަން އަކީ މިވައްތަރު ފަޑުއްކަ ރީޒަން އޭ ތަމެން ހިތުގައި އޮންނަނީ އަބަދުވެސް ތަމެން މަހަށް ދޭބަލަ ދެން. ބަލާ އެއް ކަހަލަ އާލާތް ގަނޑެކޭ މަމެން ބުނަން ނެތީމު ދޯ. ދެން ތަމެން މިއަދު ދެން އެހެން އެއްޗަކާއި ރަށްޓެހިވެފައި ރުޅި ވެގެން އައުމުން ތަމެން ތިޔާ ހީކުރީ މަމެން ތަމެން ނާއި އަލުން ރަށްޓެހި ވާނެ ކަމަށްތޭ މަހަށް ދާން ޖެހޭނީ ނުވާނެއޭ ތިޔާ ކަމެއް ނައު އައި ހޭވް ލޮސްޓް އެވްރީ ތިންގް އޮން ޔޫ. ބޭބީ އައި އޭމް ގްރީވިންގް އިފް ޔޫ ވޮނާ ލީވް ބޭބީ ޕްލީޒް ލީވް އޫ ބޭބީ ބޭބީ އިޓްސް ވައިލްޑް ވޯރލްޑް އޫ ބޭބީ ބޭބީ އިޓްސް ވައިލްޑް ވޯރލްޑް. ޑޯންޓް ބީ އަ ބޭޑް ގާރލް ބަޓް އިފް ޔޫ ވޮނާ ލީވް ޕްލީޒް ލީވް މީ އެލޯން. އޫ ބޭބީ ބޭބީ އިޓްސް ވައިލްޑް ވޯރލްޑް އޫ ބޭބީ ބޭބީ އިޓްސް ވައިލްޑް ވޯރލްޑް ހާރޑް ޓު ގެޓް ބެކް އޫ ބޭބީ ބޭބީ އިޓްސް ވައިލްޑް ވޯރލްޑް އެން އައި އޯލްވޭޒް ރިމެމްބަރ ޔޫ ލައިކް އަ ޑްރީމް ގާރލް އޮފް މީ. އޫ ބޭބީ ބޭބީ އިޓްސް ވައިލްޑް ވޯރލްޑް ހާރޑް ޓު ގެޓް ބެކް..

    • "ތަ" މުސްކުޅިވާ ދުވަހަކުން އިނދެގެން އުޅޭ މީހަކު ދުވެފިލާނެ...."ތަ"އެކޭ އަނގަގަދަ މިތުރެކޭ އެއްވަރު.ވީއެންމެ އަވަހަކަށް ތަޔަށް ޓްރީޓް ކުރަން ސަންތިމަރިޔަނބު ކައިރިއަށް ވަލަށް ދާންފެނޭ....