ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ފަރުވާދެމުންދިޔަ އިންޑިއާ މީހެއް އޭނާގެ ޓެސްޓުތައް ނައްސި (ނެގެޓިވް)ވެގެން ދޫކޮށްލި މީހަކު ހޯދުމުގެ މަސައްކަތް ޓަމިލް ނެޑޫ ފުލުހުން ކުރަން ފަށައިފިއެވެ.

އެ މީހާއަކީ ދިއްލީއަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ޓެސްޓުތައް ނައްސިކަމަށް ލިޔެވިފައި ވަނީ އޮޅުމަކުން ކަމަށް ވެއެވެ.

އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ފަހުން ކަމާއި ބެހޭ އޮތޯރިޓީތަކުން ވަނީ އެ މީހާ ހޯދައި، އެ މީހާއާއި އިތުރު ތިން މީހުން ހޯދައި، އެ މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. މީގެ ތެރެެއިން މިހާރު ތިން މީހަކު ވަނީ ހޯދާފައެވެ.

ނަމަވެސް ދިއްލީއަށް ނިސްބަތްވާ އެ މީހާ އަދިވެސް ފެންނަ ގޮތް ވަނީ ނުވެފައެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާގޮތުގައި، ލިޔުމުގެ ކުށަކުން އެރި އެ އޮޅުމުގެ ސަބަބުން، އެ މީހާއާ ހެދި މި ވައިރަސް ފެތުރިދާނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ ހޯދުމަށް ފުލުހުން ވަނީ ފޮޓޯވެސް އާއްމު ކޮށްފައެެވެ.

މި ހަފްތާގެ ކުރީކޮޅު ޗެންނާއީގެ ސްޓަންލޭ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މަރުވި ކޮވިޑް-19އަށް ޝައްކު ކުރެވޭ މީހެއްގެ ހަށިގަނޑު، އާއިލާ ހަވަލު ކުރި މައްސަލައެއް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. އޭނާގެ ހަށިގަނޑު އާއިލާ އާ ހަވާލުކުރީ ނަތީޖާ ލިބުމުގެ ކުރިންނެވެ.

އެކަމުގެ ނުރައްކާ ނޭގި، 50 މީހަކު ވަނީ އެ މީހާގެ ޖަނާޒާގައިވެސް ބައިވެރިވިއެވެ.

އިންޑިއާގެ ޓަމިލް ނެޑޫގައި 738 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. އޭގެ ތެރެއިން އަށް މީހަކު ރަނގަޅުވެފައިވައިރު، އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކުވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއެދުމާގެން

    މިވަރުގެ ފަރުވާކުޑަ ބަޔަކަށް ސި އްޙީ ނިޒާމް ހަވާލް ނުކުރެވިގެން، ރާ އްޖެ އިން މި އުޅެނީ.

    17
  2. އިބޫ

    އަހަރެން ބޭނުމެއް ނޫން މި ގައުމަށް ބަލި އަންނާކަށް