ކައިވެނި ޕާޓީގައި ޕްރެޒެންޓޭޝަން ދިން ވަގުތު ނަގާފައިވާ ފޮޓޯއެއް
ކައިވެނި ޕާޓީގައި ޕްރެޒެންޓޭޝަން ދިން ވަގުތު ނަގާފައިވާ ފޮޓޯއެއް

ސިންގަޕޫރުގެ ދެޒުވާނުން ކައިވެނިކޮށް ކައިވެނި ޕާޓީ ކުރިއަށް ދަނިކޮށް ކައިވެނި ކުރެވުނީ ބޭވަފާތެރިޔަކާއި ކަން ފިރިމީހާ އަށް އެނގި ކައިވެނި ރޫޅޭ ހިސާބަށް ހިނގައްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކައިވެނި ޕާޓީގެ ވަކި ހިސާބަކުން ދެމަފިރިން ހަމަޖައްސާފައި އޮތީ އެމީހުންގެ ލޯބީގެ ގުޅުމާއި ބެހޭ މަޖާ ވީޑިއޯތަކާއި ފޮޓޯތައް ޕާޓީއަށް ގޮސް ތިބި މީހުންނަށް ދައްކާލާށެވެ. ޕްރެޒެންޓޭޝަނެއްގެ ގޮތުގައި އެކަން ކުރަން ފިރިމީހާ ސްޓޭޖަށް އަރާ ޕްރެންޒެންޓޭޝަން ދައްކަން ފެށިއިރަށް ފެނުނީ ވީޑިއޯ އެކެވެ.

އެވީޑިއޯ އިން ފެނުނީ އޭގެ 30 ވަރަކަށް މިނެޓް ކުރިން އޭނާ ކައިވެނި ކުރި އަނބިމީހާ އެދުވަހުގެ ހެނދުނު އެމީހުންގެ ކައިވެނި ކުރި ހޮޓަލަށް އެހެން ފިރިހެނަކާއި އެކު ވަންނަ މަންޒަރެވެ.

އެހައި ހިސާބުން މައްސަލަ ގޯސްވެ އިތުރަށް ބެލި ބެލުމަށް އެނގުނީ އަނބިމީހާގެ ސިއްރު ލޯބިވެރިޔަކު ހުންނަ ކަމެވެ. އެލޯބިވެރިޔާ އާއި އަނބިމީހާ އެދުވަހު ހެނދުނު ހޮޓަލުން ބައްދަލުކޮށް ދެމީހުން ވަނީ ކޮޓަރީގައި ވެސް އެދުވަހު ވަގުތު ހޭދަކޮށްފައެވެ.

މިކަން އެނގުމާއި އެކު ފިރިމީހާ ބޭނުންވީ އޭނާގެ އަނބިމީހާ ވަރި ކުރާށެވެ. ނަމަވެސް ސިންގަޕޫރުގެ ޤާނޫނު އޮންނަ ގޮތުން ވަގުތުން ވަރިއެއް ނުކުރެވެއެވެ. ވަރި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ޖެހެނީ ކޯޓުންނެވެ. އެހެންކަމުން ފިރިމީހާ މިހާރު ވަނީ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިވާނީ ފިރިހެން މީހާއަށް އެނގިގެން ކުރީ ބައިގައި ޕްލޭން ކުރެވިގެން ކުރި ކަމަކަށެވެ. ކައިވެނި ކުރަން ނިންމި ފަހުން އަންހެނާގެ ބޭވަފާތެރިކަން އެނގުމުން ކައިވެނި ހަމަޖެހިފައި އޮތުމުން ކުރީއެވެ. ނަމަވެސް ތި ޕްރެޒެންޓޭޝަނަކީ އަންހެން މީހާ އެންމެނަށް ދައްކާލަން ފިރިހެން މީހާ ކުރި ކަމެކެވެ.

  2. ޟަރިޔަމް އުޅޭގޮތްދޯ އެއީ