ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަކީ ބަލި ޖެހޭ ކޮންމެ މީހަކު މަރުވެގެންދާ ބައްޔެއް ނޫނެވެ. މި ބަލި ޖެހިގެން އުމުރުން ދުވަސްވީ މީހުން ގިނައިން މަރުވެފައިވާއިރު، ހިތްވަރު ދެރަކޮށްނުލާ ބައެއް ފަރާތްތަކުން ވަނީ މި ބައްޔާއި ހަނގުރާމަ ކޮށް މޮޅުވެފައެވެ.

މިއީ 103 އަހަރުގައި މި ނުރައްކާތެރި ވައިރަސް ޖެހިގެން ބަލިން ސަލާމަތްވެފައިވާ މީހެއްގެ ވާހަކައެވެ. އަޑާ ޒަނުސޯ އަކީ ކޮވިޑް-19 ޖެހި ބަލިން ރަނގަޅުވެފައިވާ އެހެން މީހުންނަށް ނަމޫނާއެކެވެ. އޭނާ ބުނެފައިވަނީ އެބަލިން އޭނާ ސަލާމާތްވެފައިވަނީ ހިތްވަރު ދޫކޮށް ނުލުމުން ކަމަށެވެ.

ޒަނުސޯ ބުނެފައިވަނީ ފުރަތަމަ އޭނާ ގައިން އަލާމާތަކަށް ފެނިފައިވަނީ ހުން ކަމަށެވެ. އޭގެ ފަހުން ގިނަ ދުވަސްތަކަކަށް އެނދުމަތީ އޮންނަން ޖެހުނު ކަމަށްވެސް ވަނީ ބުނެފައެވެ.

އޭނާގެ އާއިލާއަށް 35 އަހަރު ވަންދެން ޑޮކްޓަރެއްގެ އެހީ ދެމުން އައި ކާލާ ފާނޯ މާޗޭސް ބުނެފައިވަނީ ޒަނުސޯ އަކީ ހިތްވަރު ގަދަ މީހެއް ކަމަށެވެ. އެގޮތުން އޭނާ ބަލި އެނދުގައި އޮތްއިރު އަބަދުވެސް ބައްޔާއި ހަނގުރާމަ ކުރާކަން ފާހަނގަވެފައިވާ ކަމަށެވެ.

"ކެއުމާއި ދުރުވުމުން އަބަދުވެސް ފެން ދެމުން ދިޔައީ. ކެއުމަށް އެއްވެސް ވަރަކަށް އިސްކަމެއް ނުދޭ. ބަލި ޖެހިގެން އެނދުމާތީ އޮށޯތްފަހުން ހީވީ އެވައިރަސް އާއި ހަނގުރާމަ ނުކުރެވޭނެ ކަމަށް. ސަބަބަކީ އަބަދުވެސް އޮންނަނީ ލޯ މަރައިގެން" މާޗޭސް ބުންޏެވެ.

އެހެން ނަމަވެސް އެއްދުވަހު ފެނުނު އިރު ޒަނުސޯ އޮތީ ލޯ ހުޅުވައިގެން ކަމަށް މާޗޭސް ބުނެފައިވެއެވެ. އޭގެ ފަހުން ވާހަކަ ދައްކައި އިށީނދެގެން ހުންނަން ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށާއި ފަހުން އެކަން ކާމިޔާބުވެ ބަލިން ރަނގަޅުވީ ކަމަށް މާޗޭސް ބުންޏެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މީހާގެ އާރާއި ބާރުގެ އިތުރުން ހިތްވަރު ބޭނުން ކުރުމަށް ޒަނުސޯ ވަނީ އެހެން މީހުންނަށް ނަސޭހަތްތެރިވެފައެވެ.

މި ބަލީގެ ސަބަބުން މިހާތަނަށް ބަލި ފެތުރިފައިވާ ގައުމުތަކުން 89،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ރިޕޯޓްތަކުން ދައްކާގޮތުގައި މި ބަލި ޖެހިގެން މިހާތަނަށް އެންމެ ގިނަައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި ދާއިމަށް ކޮންމެސް ކަހަލަ ބޭހެއް ކާ މީހުންގެ އިތުރު ކުޑަ ކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޏަމްޏަމް

    ވ.ނަސީބު ގަދަ. މަރުހަބާ!?

  2. ދޮން ބަބުރު ސޮރު

    ކިއާ ކިއާ ވަރުބަލި އިރުވެސް ކުރި ހިއްވަރެއް ނޭގުނު؟؟؟؟

  3. ތުނިޔަ

    ﷲ ގެ ކުޅަދުންވަންތަކަމުން.

    12
  4. އިއްބެ

    ކިތައްމެ ހިއްވަރު ގަދަޔަސް ﷲގެ ރަޚްމަތް އެމީހެއްގެ މައްޗަށް ނެތްނަމަ އެމީހަކަށް ޝިފާއެއް ނުލިބޭނެ! ކާފަރަކަސް މުސްލިމަކަސް ބަލިން ޝިފާ ލިބޭނީ ﷲގެ ރަޚްމަތް އެމީހެއްގެ މައްޗަށް ލިބިގެން!

    26
    • ޚާލި

      އެކަން ގަބޫލު ނުކުރަންވެގެން އެމީހުންގެ ހިތްވަރޭ އެކިޔަނީ.....

      3
      2