ކޮވިޑް-19 އާ ގުޅިގެން މީސް މީޑިއާގައި ލައްކަ ވާހަކައެއް ދައްކަމުން ދެއެވެ. އެތައް ބައެއްގެ ސަމާލުކަން މިފަދަ ވާހަކަތަކަށް ހުއްޓެމުން ދެއެވެ. މިއީވެސް އެފަދަ ވަހަކައެކެވެ. އެމެރިކާގެ މިޗިގަން ސްޓޭޓުގައި ދިރިއުޅެމުންދާ މީހަކު އޭނާއަށް ކާފަ ކިޔާ ދަރިފުޅު ކައިރިއަށް ކުރާ ދަތުރުގެ ވަހަކަ މިހާރު މީސް މީޑިއާގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
އެ މީހާ ކޮންމެ ދުވަހަކު ހަ ކިލޯ މީޓަރަށް ހިނގާފައި ދަނީ ލޯބިވާ ކާފަ ދަރިފުޅުގެ މޫނު ދެކިލުމަށެވެ. ނަމަވެސް ކޮވިޑް-19 އާ ހެދި އެ ދަރިފުޅު ދެކިލުމަށް އޭނާ ހުންނަނީ ދަރިފުޅާއި ދުރުގައެވެ. އޭނާ އެ ދަރިފުޅަށް ބަލަނީ ގޭގެ ބޭރު ކުޑަދޮރު ކައިރީ ހުރެގެންނެވެ.
ޖޯޝުއާ ގިލެޓް ނަމަކަށް ކިޔާ މީހަކު ވަނީ އެކަން މީސް މީިޑިއާގެ ސަމާލުކަމަށް ގެނެސްފައެވެ. އުމުރުން ދުވަސްވީ އޭނާގެ ބައްޕައަށް، ކާފަ ކިޔާ އެ އަންހެން ކުއްޖާ ބެލުމަށްޓަކައި ކުރަނީ ދިގު ދަތުރެކެވެ. ނަަމަވެސް އެ ގައުމުވެސް ކޮވިޑް-19 އާ ހެދި ފުރަބަންދުކޮށްފައި އޮތުމުން އޭނާއަށް ގެއަށް ނުވަދެ ވެއެވެ.
"ބައްޕައަށް އަހަރެންގެ ދަރިފުޅު އުރާނުލެވޭތީ ވަރަށް ދެރަވޭ". އޭނާ ވަނީ ދަރިފުޅާއި، އަދި އޭނާގެ ބައްޕައާއެކު ނަގާފައިވާ ފޮޓޯއެއްވެސް މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ.
"މިއަދު އަހަރެންގެ ބައްޕަ ހިނގާފައި އަހަރެން ގެއަަށް އައީ ދަރިފުޅު އެލިއަނާގެ މޫނު ކުޑަދޮރުން ބޭރުގައި ހުރެގެން ބަލާލަން، މިއީ މިހާރު އާއްމުކޮށް ވާ ކަމެއް".
ގިލިއެޓް ވަނީ، އޭނާގެ ބައްޕައަށް އެ ދަރިފުޅު އުރާލެވުނީ އެންމެ ދެ ފަހަރުކަމަށްވެސް ބުނެފައެވެ. އެއީ ކޮވިޑް-19 ގެ ކަންތައް ފެށުމުގެ ކުުރިންނެވެ،
ގިލިއެޓް މިގޮތަށް މީސް މީިޑިއާގައި ހިއްސާކުރި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު، އެނާވަނީ މީހުން ގޭގައި ތިބުމަށާއި، އަދި ސޯޝަލް ޑިސްޓެންސްއަށް ސަމާލުވުމަށް އެދިފައެވެ.
އަދި މިކާފައަކީ އެންމެ މިސާލެއްގެ ގޮތުގައި ބަލަންވީ މީހެކެވެ.
ރޮވިއްޖެ
ރޮވިއްޖެ