ސައިކަލަުން ވެއްޓި ލިބުނު އަނިޔާތަކުގެ ސަބަބުން ޔެޕް ނަމަކަށް ކިޔާ މި ކުއްޖާގެ ސިކުނޑިއަށް ލޭ އެޅި ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ.
މި މަހުގެ 19 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓަށްފަހު އެ ކުއްޖާ އޮޕަރޭޝަންކޮށް ސަލާމްވިއިރު، ގިނަ ބަޔަކު އެންމެ ކަމުދާ އެ ކުއްޖާގެ އިސްތަށިގަނޑެއް ނެތެވެ. އެ އޮަޕަރޭޝަން ކުުރުމަށް އޭނާގެ ބޯ ބޭލީއެވެ.
ޔެެޕްއަކީ ސްކޫލްގައިވެސް އޭނާގެ އިސްތަށިގަނޑުގެ ސަބަބުން އެތައް ބަޔަކު ހިތްކިޔާ މީހެކެވެ. ޔަގީނެވެ. މިއަދު އެތައް ބަޔަކު އޭނާއަށް މަލާމާތް ކުރާނެއެވެ. އޭނާއާ ދިމާލަށް ދެން ބަލާނެ މީހަކުވެސް ނުވާނެއެވެ. ކްލާސް ކުދިންވެސް އޭނާއަށް ކުރާނީ މަލާމާތެވެ. މިއީ އޮޕަރޭޝަނަށްފަހު އޭނާ ސްކޫލަށް ދިޔުމުގެ ކުރިން ހިތައް އެރި އެއްޗެއްސެވެ،
ނަމަވެސް އޭނާއަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ސްކޫލުން އޭނާއަށް ކީ ހޫނު މަރުހަބާއެކެވެ. ކްލާސް ކުދިން އޭނާއަށް ދިނީ ބޮޑު ހިތްވަރެކެވެ. ކުލާހުގައި އޭނާއާއެކު ކިޔަވަމުންދާ 10 ކުއްޖަކު ވަނީ އޭނާގެ ބޯ ހުރި ގޮތަަށް ވަރަށްވެސް ތުނިކޮށް ބޯ ކޮށާލާފައެވެ.
މިއީ ރަހުމަތްތެރިންނޭ ބުނާ ވަރުގެ ރަހުމަތްތެރިން ނޫންހެއްޔެވެ؟
އަސްލުވެސް ނަމޫނާ ކުދިންތަކެއް..
މާޝާﷲ ގުރޭޓު