އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހިގެން މަރުވި އަންހެނެއްގެ ޖަނާޒާގެ ތެރެއިން އެ އަންހެން މީހާގެ ދަރިފުޅުވެސް މަރުވެއްޖެއެވެ.

އެ ގައުކުގެ ވާވިކްޝާގައި އުމުރުން 63 އަހަރުގެ އަންހެނަކަށް ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ގެންދަނިކޮށް ވަނީ މަރުވެފައެވެ. އެއަށްފަހު އަންހެން މީހާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަމުން އޭނާގެ މަންމަ ވަޅުލުމަށްޓަކައި ބިމު އަޑިއަށް ތިރި ކުރި ގަޑީ އޭނާގެ އުމުރުން 32 އަހަރުގެ އަންހެން ދަރިފުޅަށް ވަނީ ހާޓް އެޓޭކެއް ޖެހިފައެެވެ.

މިކަން ހިނގި ވަގުތު އެތަނުގައި ތިބި މީހުން ބުނެފައިވާ ގޮތުގައި ލައުރާ ރިޗާޑްސް ނަމަކަށް ކިޔާ އެ ޒުވާނާ ވަނީ އޭނާގެ މަންމަ ވަޅުލި ގަޑީ މޭ މަތީ އަތް އަޅައި، ނޭވާ ނުލެވޭ ކަމަަށް ބުނެފައި ކަމަށާއި، އެއަށް ފަހު ލައުރާ ބިންމައްޗައް ވެއްޓުނީ ކަމަށެވެ.

އެތަނުގައި ތިބި މީހުން ލައުރާ އަށް އަވަސް ފަރުވާ ދީ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް، ވަރުގަދަ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން ލައުރާ ހޮސްޕިޓަލަށް ގެންދިއުމުގެވެސް ކުރިން އޭނާގެ ފުރާނަ ވަނީ ގެއްލިފައެވެ.

ލައުރާގެ މަންމަގެ ޖަނާޒާ އަށް ދިއުމުގެ ހުއްދަ ދީފައި އޮތީ އެއްބަނޑު މީހުންނަށާއި ދަރިންނަށް އެކަންޏެެވެ. ލައުރާ މަރުވި ޙަބަރު އާއިލާގެ އެހެން މީހުންނަށް އިވުމުން ބުނެފައި ވަނީ އެއް ދުވަސް ތެރޭ ދެމީހުން ގެއްލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އަދިވެސް މިކަންތައް ގަބޫލުކުރަން އުނދަގޫ ކަމަށެވެ.

މިހާރު ލައުރާގެ ހަށިގަނޑު އޭނާގެ މަންމަ އާއި ޖެހިގެން ވަޅުލާފައި ވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުނަ މީހުން އަންނަނީ މިއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި މިވާހަކަ އަޑު އިވިފައި ލޮލުން ކަރުނަ އޮހިގެން ދިޔަ ކަމަށް ބުނަމުންނެވެ.

އިނގިރޭސިވިލާތުގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ޝިކާރަ އަކަށްވެ 7،097 މީހުން މަރުވެފައިވާއިރު، 60،733 މީހުން ވަނީ ވައިރަހަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހަރެން

    އިސްލާމީ ޤައުމުތަކުން ޢާއިލާތަކުގެ ކުރިމަތީގައި ކިތައްކިތައް މުސްލިމް އަޚުންނާއި އުޚުތުންތޯ ޝަހީދުކޮށްލެވިގެންދަނީ؟ ޅަދަރިން ކަތިލަމުންދަނީ އެއީ އިންސާނުންނަށް ނުވަނީތޯ ހިތާމަފާލުކޮށް ހިތްދަތިވާން؟ އިންސާނިއްޔަތުކަމަކީ ވަކި ވައްތަރެއްގެ ބަޔަކަށް އޮންނަ އެއްޗެއްތޯ؟

    48
    3