އިނގިރޭސިވިލާތަށް ނިސްބަތްވާ އާއިލާއަކަށް ކޮވިޑް 19 އާއި ޖެހިގެން ގްރީކް ރަށެއްގައި އައިސޮލޭޓްވެ (އެކަހެރިވެ) ތިބެން ޖެހިއްޖެއެވެ.

އެ އާއިލާއަކީ ޔޫރަޕްގެ އެކި ޤައުމުތަކަށް ދަތުރުކުރަމުން ދަނިކޮށް، ކޮވިޑް19 އާއި ގުޅިގެން ތާށިވި އާއިލާއެކެވެ.

އެ އާއިލާގައި ހިމެނެނީ އުމުރުން 36 އަހަރު ކޭޓް އާއި، 39 އަހަރުގެ މާޓިން ތެކާ އައި އެ ދެމީހުންގެ އަންހެން ދެ ކުދިން ކަމަށްވާ އުމުރުން 12 އަހަރުގެ ޝެނޮން އާއި 10 އަހަރުގެ ފީބީ އެވެ. އެ މީހުންނައި އެކު ދެ ކުއްތާ އާއި ބުޅަލެއްވެސް ދިރިއުޅެއެވެ.

އެ އާއިލާ ފްރާންސް، އިޓަލީ އަދި ސްލޮވޭނިއާ އަށް ކުރި ދަތުރަށް ފަހު ކޯފޫ އައިލެންޑަށް ދަތުރުކުރިއެވެ.

އެ މީހުން ދަތުރުކުރަމުންދިޔައީ ކުޑަ ވޭނެއްގައެވެ. އެ މީހުން ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރަން ފެށީ އެ މީހުންގެ ގެ ވިއްކާލުމަށް ފަހުގައެވެ.

The Thacker family

އެ އާއިލާ އައިސޮލޭޝަންގައި ތިބި އިރު، ދަރިންނަށް ބޭނުންވާ ތައުލީމީ އެޕްތަކާއި ޓެކްސްޓް ފޮތް ފަދަ ތަކެތި އެ މީހުން އަތުގައި އެބަހުއްޓެވެ.

އެ މީހުން ދަތުރުފެށި މައިގަނޑު ބޭނުމަކީ އެކި ކަހަލަ ސަގާފަތްތައް ގާތުން ހޯދާ ބަލާ އެކަންކަން ތަޖުރިބާކުރުމެވެ. މީގެ އިތުރުން ތަފާތު ޝައުގުވެރި މީހުންނާއި ބައްދަލުކޮށް، އާ ބަސްތަކާއި، އާ ކަންކަން ދެނެގަތުމެވެ.

އެ އާއިލާއިން ގްރީސް އަށް ދިޔައީ ކޮވިޑް 19 ފެތުރެން ފެށުމުން އެ ހިސާބު މާ އަމާން ވާނެ ކަމަށް ބަލާފައެވެ.

އެކުގައި މުޅި އާއިލާ ދަތުރުކުރަން ނިންމީ އެކަކު އަނެކަކާއި އެކުގައި ވަގުތު ހޭދަ ކުރަން ވެސް ލިބޭތީއެވެ.

"އަހަރުމެންނަށް މިއީ އުފާވެރި ވަގުތުތަކެއް. އާއިލާ އާއި އެކު ހޭދަކޮށްލަން ލިބޭ ވަގުތުތަކެއް." ތެކާ ބުންޏެވެ.

އެ އާއިލާ މިހާރު ތިބި ކޯފޫގައި އެއްތަނުން އަނެއްތަނަށް ދިއުން ވަނީ މަނާކޮށްފައެވެ. އަދި ސްކޫލާއި، ކެފޭ އަދި އަތިރިމަތި ވެސް ވަނީ މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ.

 

Katie, Shannon and Phoebe Thacker in front of a sunset on the beach

 

ކާފިއު އާއި ގުޅިގެން އެއްވެސް ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރު ކުރާނަމަ ޖޫރިމަނާކުރެއެވެ. އޭގެ ތެރޭގައި ދަތުރުވެރިންވެސް ހިމެނެއެވެ.

އެންމެ ފުރަތަމަ އެ އާއިލާ އައިސޮލޭޓްވީ ކަމާއި ބެހޭ ފަރާތްތަކުން ބަންދުކޮށްފައިވާ އަތިރިމަތީގެ ހިސާބެއްގައި ވޭން ބާއްވައިގެންނެވެ.

އެފަހުން އެ މީހުންނާއި އިނގިރޭސި ވިލާތުގެ އަންހެނަކާއި ދިމާވެގެން އެ ގެ ކައިރީގެ ތަނެއްގައި ވޭން ބާއްވަން ފުރުސަތު ލިބުނެވެ.

މިހާރު އެ ވޭނަށް ސޯލާ ޕަވަރ ލިބެއެވެ. އަދި ކެއްކޭނެ ގޮތާއި ތާޒާ ފެންވެސް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަން

    ކުޑަ ވޭނެއްގެ ވިޔަސް ބަންދުވުމަކީ ބޮޑުވޭނެއް..