ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރެމުންދާތީ، މި ވައިރަސް ކޮންޓްރޯލް ކުރުމަށް މޫނު ނިވާކުރުން "ސީރިއަސް" ކަމެއްގެ ގޮތުގައި ކުރަން ޖެހޭނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަންހެނުން، މެލާނިއާ ޓްރަމްޕް ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބާރުއަޅައި މެލާނިއާ ޓްވީޓާގައި ގިނަ ޕޯސްޓުތަކެއް ކުރަމުންދާއިރު، އޭނާ ބުނެފައި ވަނީ ކޮވިޑް-19 ފެތުރޭ މިންވަރު އަދިވެސް ކޮންޓްރޯލް ނުކުރެވި މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމަކީ މުޙިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ހުރިހާ ފަރާތްތަކަށް މި ގޮވާލަނީ އެއްވެ ނޫޅުމަށާއި ފޭސް މާސްކު ބޭނުން ކޮށް، ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން މޫނު ނިވާކޮށްގެން އުޅުމަށް،" މެލާނިއާ ކުރި ޓްވީޓެއްގައި ވެއެވެ.

މެލާނިއާ ވަނީ ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި އާންމުން ފޭސް މާސްކު ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން އޭނާ މާސްކެއް އަޅައިގެން ހުންނަ މަންޒަރު ފެންނަ ފޯޓޯތައްވެސް މީސްމީޑީއާގައި އާންމުކޮށްފައެވެ. އެ ޕޯސްޓުގައި މެލާނިއާ ބުނެފައި ވަނީ ގިނަ މީހުން އެއްވެ އުޅެންޖެހޭ ތަންތަނުގައި މާސްކު އެޅުމަކީ މުޙިންމު ކަމެއް ކަމަށެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މޫނު ނިވާކުރުމުގެ މުޙިންމުކަން ހާމަކޮށް އެކަމަށް މެލާނިއާ ބާރު އަޅަމުން ދާއިރު، އެމެރިކާގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ އެޤައުމުގެ އާންމުން ބޭރަށް ނިކުމެ އުޅޭ އުޅުމުގައި މޫނުނިވާ ކޮށްގެން ތިބުމަށް އަންގާފައެވެ. މިގޮތުން މެޑިކަލް މާސްކުތަކުގެ ބަދަލުގައި ފޮތިކޮޅަކުން ނުވަތަ ސްކާފް ފަދަ އެއްޗަކުން މޫނު ނިވާކުރުމަށް އިރުޝާދުދީ އެ އިދާރާތަކުން ވަނީ މިމަހުގެ 3 ވަނަ ދުވަހު ގައިޑްލައިނެއްވެސް ނެރެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާއިރު، އެމެރިކާއަކީ މި ވައިރަސްގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވާ ޤައުމެވެ. މިހާތަނަށް އެޤައުމުން އެކަނިވެސް 462180 މީހަކު މި ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވެފައިވާއިރު، އޭގެތެރެއިން 16444 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާ އަކީ މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ބަޔަކަށް މި ވައިރަސް ޖެހި، ދުނިޔެ އިން ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމެވެ.

އެމެރިކާ ހިމެނޭހެނ ދުނިޔޭގެ 209 ޤައުމަކުން، ނުވަތަ ސަރަޙައްދަކުން މިހާތަނަށް ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔެއިން މިހާތަނަށް ޖުމްލަ 1591523 މީހަކަށް މި ވައިރަސް ޖެހި، އޭގެތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 95021 އަށް އަރާފައެވެ. މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 353151 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢަލީ

    ވަޓް އަ ޖޯކް! މޫނު ބުރުގާ އަޅާފިއްޔާ .....

    35
    4
  2. Anonymous

    މުސްލިމަކު ދިނީ ގޮތުން މޫނު ބުރުގާ އެޅީމަ މައްސަލައަކަށް ވަނީ!

    34
  3. އައްޔަ

    މުސްލިމަކު ދިނީ ގޮތުން މޫނު ބުރުގާ އެޅުން މައްސަލަ އަކަށް ވަނީ!

    23
  4. ކުސުމް

    ބޯވެސް ނިވާކުރަން ޖެހޭ. އިސްތަށީގައިވެސް ވައިރަސް ތަތްވެދާނެ. ސޫޓު ލައިގެން އުޅޭ ޑަކުޓަރުންވެސް ތިބެނީ ބޮލުގައި ކެޕް އަޅައިގެން. ދެރަ ވަރަށް. ތިޔަ ރަށުގައިވެސް ހާދަ ގިނަ ބަޔަކު މަރުވެ ހިނގައްޖޭ!

    21
  5. ކާފަ

    ﷲ ގެ ކުޅަދުންވަންތަކަން..

    32
  6. އަޙްމަދު

    މީނު ނިވާކޮށްފައި ފޫކޮޅު ހާމަޔަށް ބަހައްޓާ ކުޑަ ވަރަސް ތަކަށް ނުވަދެވޭނެ! ކޮބާ ކާލޭމެން ޖޯކް ޖެހިކަންތަށް ކާލެމެންނަށް ޖޯކްޖަހަނީ މީހާރު!

    29
  7. ހޫދު

    މީމޫނުބުރުގާ ނޭޅޭނެކަށް ދައުވާކުރިބާރުގަދަ ގައުމުގެ މިހާރުގެ އަޑު

    31
  8. ހާލަތު

    ކޮބާ ހީވޭކަމެއްހެން.. މޫނު ބުތުގާއެޅި މީނުންނަށް ފުރައްސާރަކޮށް އެންމެފަހުން ތިނިވަިކުރަން ޖެހުނީ މޫނު..

    32
    1
  9. ހުދުހުދު

    އަދި ވިސްނޭނެ ދީނަކީ އިސްލާމް ދީން ކަމާ އަންހެނުން މޫނު އެޅުމަކީ އެންމެ ރަގަޅު ގޮތް ކަމާ ކާމިޔާބު ލިބިގެންވާ މީހާ އަކީ ﷲ އާއި ރަސޫލާ އަށް ތަބާވާ މީހާ ކަން. ވަގުތު ފާއިތު ނުވަނީސް ވިސްނިއްޖެއްޔާ ރަގަޅު. މި ބަލި މަޑު ކަމަކީ ވެސް އަހަރެމެންގެ ރައްބު ފޮނުއްވި ބަލި މަޑު ކަމެއް ކަމާއި މި ބަލި މަޑު ކަމުން ސަލާމަތް ވުން ވެސް އޮތީ ﷲހަޒްރަތުގައި ދަންނަވައިގެންކަން.

    16
    1
    • ސީނު

      ހުދުހުދު ގެ ކޮމެންޓަށް ޑިސްލައިކް ދިނީ ހާދަގޮތެއްފޮތެއްނެތް މީހެކޭ...

  10. ހުސޭނުބޭ

    މި މީހާގެ ހުންނަ ލަދުހަޔާތްކުޑަކަން ނިކަން ދެކިބަލަ! މޫނުބުރުގާ އެޅި މުސްލިމުންނަކީ ޓެރަރިސްޓުންނަށް ހަދައި އެމީހުން ޖޫރިމަނާކޮށްފައި މިއަދު މި ބުނަނީ އެންމެން މޫނުނިވާކުރާށޭ! މާﷲގެ ކުޅަދުންވަންތަކަން!

    12