ބައެއް ދުވަސްތަކުގައި ކުދިން ސްކޫލަށްދާން ބޭނުން ނުވެއެވެ. އެކަމާ ބަހަނާ ވަރަށް ދައްކައެވެ. އަދި އެކަމާ މައިންބަފައިން ވަރަށް ރުޅިއާދެއެވެ. އަދި ބައެއް ފަހަރު ސްކޫލަށް ކުދިން ގެންދަން ޖެހެނީ ކޮންމެވެސް ކަހަލަ އެއްޗެއް ދީގެންނެވެ. މިއީ ބައެއް މައިންބަފައިން އުޅެން ޖެހޭ ހާލެވެ.
ނަމަވެސް މިއީ ވަރަށް ތަފާތު ބައްޕައެކެވެ. ދަރިފުޅު ސްކޫލަށް ނުދާން ރޯތީ ގަދަކަމުން ސްކޫލަށް ގެންދަނީއެވެ، ގެންދަނީ ކިިހިނެއްކަން މި އެނގުނީވެސް ވީޑިއޯ ބަލާލުމުންނެވެ.
ޗައިނާގެ މީސް މިީޑިޔާ ޕްލެޓްފޯމްތަކުގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނި ބައްޕަޔަކު ގަދަކަމުން އޭނާގެ ދަރިފުޅު ސްކޫލަށް ގެންދާ މަންޒަރެވެ. އެ ކުޑަކުޑަ އަންހެން ކުއްޖާ އޭނާގެ ބައިސްކަލް ފަހަތަށް ލައިގެން ގެންދިޔައީ ބަނދެފައި ބާއްވައިގެންނެވެ.
އެ ކުއްޖާ ބައިސްކަލު ފަހަތުގައި އޮވެގެންް ވަރަށް ބޮޑަށް ރުޔެވެ. ނަމަވެސް އެ ބައްޕައަށް އަޑުނީވޭ ކަހަލައެވެ.
އެ ވީީޑިއޯ މީސް މީީޑިޔާގައި ދައުރުވުމުން ފުލުހުންގެ ސަމާލުކަމަށްވެސް އެކަން އައެވެ. އަދި އެފަދަ ގޮތަަކަށް ދަރިންނާއި މެދު ކަންތައް ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެ އިންޒާރުވެސް ދިނެެވެ.
މިއީ ދަރިންނާއި މެދު ކުރަން ހެޔޮވާވަރުގެ ކަންތައްތައް ނޫނެވެ. ދަރިން ސްކޫލަށް ދާން ދެކޮޅު ހަދާނަމަ އެ ނޫން ގޮތްގޮތަށްވެސް އެކަން ކުރެވިދާނެ ނޫން ހެއްޔެވެ؟.
އައި ލައިކް އިޓް. ގުރުބާނީ އެއް ވެގެން ދަރިންނަށް ކިޔަވާ ދެވޭނީ ދޯ. ތަމެންގެ ޗައިލްޑް ނަމަ ހަދާނީ ކިހިނެއްތޭ. އޭން އިލޮށި ފަތި ހިފައިގެން ނޭ ނިކުންނާނީ. އޫލަލާ ހާދަ ނުރައްކަލޭ ދޯ. ހޯލްޑް އިޓް ހޯލްޑް އިޓް ހޯލްޑް އިޓް އެއް ދުވަހު ނޫންތޭ ސްކޫލަށް ނުދިޔައީ ދޯ މާދަމާ ނުގޮސް ފިއްޔާ އިލޮށި ފަތި ނަގަންވީ ދޯ ގެނޭ ތިޔާ އިލޮށި ފަތި އިނގޭތޭ. ބާއްވާ މިތާ އިލޮށި ފަތި މަމެން އިލޮށިން ގެއެެއް ވެސް ހަދަންވެފައޭ އޮތީ ވެސް.
"ތަ" އަބަދުވެސް ބުނާނެ އެހެން މީހުންގެ ހިއްސުތައް މަދުވާހަކަ."ތަ" ގެ ކޮމެންޓުތައް ކިޔާލީމަ އެނގޭ "ތަ"ގެ ހަމަޔަށް ހުރީ ކިތައް ހިއްސުކަން...ފީލިން މޮޔަ
އެކަމަކު ފޮޓޯއިން ފެންނަނީ ސައިކަލެއް!!
ކުއްޖާ ސުކޫލައް ނުދާ ސަބަބު އޮޅުން ފިލުވާލުން މުހިއްމު. އެއީ މިސާލަކައް ސުކޫލުގައި ކުއްޖާ އާދޭތެރޭ ނޭދޭވޭ ކަމެއް ހިނގުމުގެ ސަބަބުން ވެސް ކުއްޖާ ނުދާން އުޅެފާނެ..