ބޮލީވުޑްގެ މަޝްހޫރު ބަތަލް ސަލްމާން ޚާންއަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން އާއްމުންގެ މަގްބޫލްކަން ހޯދާފައިވާ ކުޅަދާނަ ފަންނާނެކެވެ.

ކުޅަދާނަ އެކްޓަރަކަށްވުމުގެ އިތުރުން، އޭނާ އާންމުންނަށް އެހީތެރިވުމާއި، ޖަނަވާރާއި މެދު ބަހައްޓާ ޚާއްސަ ކުލުނުވެރިކަމަކީ އޭނާ މަގްބޫލްވާ އެއް ސަބަބެވެ. އެގޮތުން ސަލްމާން ވަނީ އޭނާ އަހަކަށް ކާންދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. އަހަށް ފަތް ކާންދިނުމަށް ފަހު އޭނާ އަމިއްލަ އަށް އެފަތުން ބައެއް ކާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.

ވީޑިއޯއިން ފެންނަ ފެނުމުން އޭނާ އަކަށް އެއީ މާބޮޑު މައްސަލައަކަށް ނުވެއެވެ.

މި ވީޑިއޯއަށް ފަހު އާންމުން ދަނީ ސަލްމާންއަކީ ޖަނަވާރުތައް ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށް ބުނެ ތައުރީފް ކުރަމުންނެވެ.

ސަލްމާންގެ ހިތްހެޔޮ ކަމާއި ޖަނަވާރުތަކަށް ވެސް ކަމޭހިތާ ވާހަކައަކީ އިންޑިއާގެ ނޫސްވެރިންވެސް ދައްކާ ވާހަކައެވެ.

އިންޑިއާގައި މިވަގުތު ލޮކްޑައުން އިއުލާންކޮށްފައިވުމާ އެކު ސަލްމާން މި ވަގުތު ހުރީ އާއިލާއާ އެކު އޭނާގެ ފާމް ހައުސްއެއްގައެވެ. މުޅި ދުނިޔޭގައި ވެސް ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާ މި ދަނޑިވަޅުގައި ގޭގައި ތިބެން ޖެހިފައިވުމާ އެކު ތަރިން ދަނީ އެމީހުން މިގޮތަށް ގޭގައި ތިބޭ އިރު ކުރާ ކަންކަން މީސްމީޑިއާ މެދުވެރިކޮށް ފޭނުންނާއި ހިއްސާކުރަމުންނެވެ.

ސަލްމާން ވަނީ މިފަދަ ދަތި ވަގުތެއްގައި މީހުން ދައްކާ ރަނގަޅު ނަމޫނާއަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

ސަލްމާން ހިއްސާކުރި ވީޑިއޯއެއްގައި ވަނީ މި ވަގުތަކީ އެ މީހަކު ގަޔާވާ އަދި ލޯބިވާ ކަންކަން ކޮށް، ހުސް ވަގުތުގައި ކުރާ ހިތްވާ ކަންކަން ދެނެގަންނަންވީ ވަގުތުކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔސރ

    ޖަނަވާރަށް ހެޔޮ ވެފަ މީހުންނަށް ނުބައި ވޭ. ބޮއިގެން މީހުން މަރާ.

    3
    9
  2. އަހްމަދު

    މިއީ ކީ މުޖުތަމައަށް ފައިދާހުރި އެއްވެސް އަގެއް ހުރި ބައެއް ނޫން. ދުނިޔެއަށް ހާޖަތް ޖެހޭނީ ޢިލްމުވެރިންނާ ޑޮކްޓަރުންނާ މާހިރުން. އަވަހަށް ފިލަން ހޮހޮޅަށް ވަދެ އެ ތިބީ އެއްނު، ބަލާބަލަ ގައުމުތަކުގަ ޑޮކްޓަރުންނާ ނަރުހުން އުފުލާ ބުރަ، ފުރާނަ ދީގެން. މިމީހުންނަށް ވާނެ ކަމަކީ ރަނގަޅު ވާއިރަށް އައިސް ރީތި އަންހެނުންނާއެކީ ވަހުޝީ އެއްޗެހި ކުޅެގެން ފަގީރުންގް ލާރި ކޮޅު ކާލުން، އެހެން މީހުންގެ ޒަވާޖީ ހަޔާތާ ދިރިއުޅުން އޮޔާ ލުން. ރޭޕިސްޓުންތަކެެއް އުފެއްދުން މީހުންގެ ޝަހުވަތްތެރިކަން ކައްކުވާލައިގެން