އިސާކް ޔަވް ޑަންކުއާއަށް ދެ ވަގަކު އައިސް ހަމަލާދިން އިރު އުމުރަކީ 30 އަހަރެވެ. ގާނާގެ ދިމާވި އެ ހާދިސާ އޭނާ ވަނީ އިނގިރޭސިވިލާތުގެ މީޑިއާއަކަށް ކިޔާދީފައެވެ.

އިސާކް ބުނާގޮތުގައި، އޭނާއަށް ހަމަލާ ލިބުނީ މަސައްކަތުގައި އުޅުނު ދުވަހެއްގެ ރޭގަނޑުގައި ކަމަށެވެ. އޭނާއަކީ ޓެކްސީ ކުރުމުން އާމްދަނީ ހޯދަމުންދިޔަ މީހެކެވެ. އެދުވަހުގެ ހާދިސާ ހާމަކޮސް އިސާކް ބުނީ އޭނާ ޓެކްސް ކުރުމުގައި އުޅެނިކޮށް ދެ ވަގަކު އޭނާ ހިފަހައްޓައި ކާރު ފޭރިގަތުމަށް އުޅުނު ކަމަށެވެ. އެގޮތުން ކާރުގެ ތަޅުދަނޑި ދިނުމަށް އެމީހުން ބުނުމުން އެކަމާއި ދެކޮޅު ހެދި ކަމަށް އިސާކް ބުންޏެވެ.

"އަހަންނަ އަޑުއިވުން އެކަކު ބުނި އަޑު އޭނާއަށް ކިހިނެއް ހަދަންވީ" އެ ވާހަކަތައް ހިއްސާ ކުރަމުން އިސާކް ބުންޏެވެ.

އިސާކް ބުނީ ކާރު ދިނުމަށް ދެކޮޅު ހެދުމުން ބަދަލުފުމަށްޓަކައި، އެ މީހުން އޭނާގެ މޫނަށް އެޅީ އެސިޑް ކަމަށެވެ. އެސިޑް އޭނާގެ މޫނަށް އަޅާ ކާރުގެ ތަޅުދަނޑި ދިނުމަށް އޭނާ އެ މީހުން އޭނާ ގާތުން އެދުނެވެ. އަދި ތަޅުދަނޑި އަތުލުމަށްފަހު އޭނާ މަގުމައްޗަށް އެއްލާލުމަށްފަހު ދިޔައީއެވެ.

އެ ދުވަހަކަށްފަހު އިސާކް އުޅެމުންދަނީ ވަރަށް ހާލުގައެވެ. މުޅި މޫނުން ދިލަނަގާ ވަރުން ކެތްނުވެއެވެ. އަދި އެ ލޮލުން އެއްވެސް އެއްޗެއް ނުފެނެއެވެ. މިއަދު އެ ހާދިސާއަށް ހަތް އަހަރު ވެއްޖެއެވެ. އަދިވެސް އޭނާ އުޅެން ޖެހިފައި ވަނީ ވޭނުގައެވެ. އެ ހިތާމާގައެވެ. އޭނާގެ ދެ ލޮލަށް ނުފެނެއެވެ. ލޮލުގެ ފެނުން ވަނީ ގެއްލިފައެވެ. އޭނާގެ ލޮލުގެ ކަޅިއެއްވެސް ނެތެވެ. ނޭފަތުގެ ނާވާލާ ނިޒާމުގައި މައްސަލަ ޖެހި ނޭވާލާން ޖެހެނީ އަނގައިންނެވެ.

މި ނިމުނީކީ ނޫނެވެ. އޭނާ އުޅެން ޖެހިފައި އެ ވަނީ އެއްވެސް މަސައްކަތެއް ނުކޮށެވެ. މަސައްކަތް ކުރެވޭނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އޭނާ މިއަދު އުޅެން ޖެހިފައި ވަނީ ނުކުޅެދޭ މަންމަ ކުރާ މަސައްކަތުން ލިބޭ ފައިސާއިންނެވެ. އެ ހާދިސާއަށް ގިނަ ދުވަސް ނުވަނީސް ބައްޕަވެސް މި ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. ކައިވެނީގެ ހުރިހާކަމަކަށް ތައްޔާރުވަމުންދަނިކޮށް އެ ހާދިސާއަށްފަހު ހުރި ސިފަ ފެނިފައި ލޯބިވެރިޔާވެސް އޭނާއާ ދޫކޮށް ދިޔައީއެވެ.

މިއަދު އޭނާ އެ އުޅެނީ އުފާވާންވެސް އަދި ހިތާމަ ކުރަންވެސް ނޭގޭ ހާލުގައެވެ. ލޮލުން ކަރުނަ އަންނާނެ ގޮތެއް ނެތުމުން ރޮވޭނެ ގޮތެއްވެސް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު