ބޮލީވުޑްގެ މަޝްހޫރު ދެ ފަންނާނުން ރަންވީރު ސިންގާއި އަންހެނުން ދިޕިކާ ޕަޑުކޯން އަކީ ކޮންމެ ދުވަހަކުވެސް ތަފާތު ނޫސްތަކުން ޖާގަ ހޯދާ ދެމަފިރިންނެވެ.

މިފަހަރު މި ދެމަފިރިން ފެނިގެން ދިޔައީ ކާޓޫނެއްގެ ރޯލުންނެވެ. މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިންޑިއާގައި 21 ދުވަހަށް ފުރަބަންދު އިއުލާނު ކުރުމާ ގުޅިގެން ގޭގައި ތިބެގެން ރަންވީރާއި ދިޕިކާ އަންނަނީ ތަފާތު ކަންކަންކޮށް މީސްމީޑިއާގައި ވީޑިއޯއާއި ފޮޓޯ ހިއްސާ ކުރަމުންނެވެ.

ރަންވީރު، ދިޕިކާ އަށް ޓެގްކޮށް އިންސްޓަގްރާމް އަށް ހިއްސާކޮށްފައިވާ ކާޓޫނު ފޮޓޯއަށް އަންނަނީ ގިނަ ބައެއްގެ ތައުރީފު ލިބެމުންނެވެ.

މި ފޮޓޯއިން ފެނިގެންދަނީ ދެމަފިރިން ޑިސްނީގެ މަޝްހޫރު ކާޓުނު މިނީ މައުސް އަދި މިކީ މައުސްގެ ހެދުމުގައެވެ. ރަންވީރުގެ އަތުގައި ދޭފަތެއް އޮތް އިރު ދިޕިކާ ފެންނަނީ ކުޑަ ފުޅިއެއް ހިފައިގެން ހުއްޓައެވެ. އެފޮޓޯ މީސްމީޑިއާގައި ހިއްސާކޮށް ރަންވީރު ޖަހާފައިވަނީ ފިރިހެނެއްގެ ހިތް ހޯދޭނީ ބަނޑުން ކަމަށެވެ.

https://www.instagram.com/p/B-uTE3rhEM7/?utm_source=ig_web_copy_link

ދާދި ފަހުން ދިޕިކާ އާއި ރަންވީރު ވަނީ ގޭގައި ތިބެގެން ޑޭޓެއް ވެސް ބާއްވައިފައެވެ. މެނޫގައި ތައި ކެއުމެއް ހިމެނޭ ގޮތަށް ކެއުން ތައްޔާރުކޮށްފައިވަނީ ދިޕިކާއެވެ. ރަންވީރު ވަނީ ޑޭޓުގެ ފޮޓޯއެއް ރީތި ދީޕޫ ޖަހާފައި މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ މަސައްކަތް މަޑުޖެހި، ހުރިހާ ޕްރޮޑަކްޝަންތަކެއް ހުއްޓާލާފައެވެ. ދިޕިކާ އާއި ރަންވީރުގެ ބޮލީވުޑްގެ މަސައްކަތްތަކަށް ބަލާއިރު، ދެ ތަރިން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސްޕޯޓްސް ޑްރާމާ 83 އިންނެވެ. އެ ފިލްމްގެ މަސައްކަތްތައް ވަނީ ކޮވިޑް-19 އާއި ގުޅިގެން ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޫ

    ރަންވީރުތަ ފިރިހެނެއްގެ ހިތް ހޯދަންއުޅެނީ ތިކިޔާ އެއްޗެއް ފަހުމެއް ނުވި.

  2. އ. ޖ. އ

    ރަންްވީރު ދިވެހިންތަ ކެޕްޝަން ލިޔަނ<؟