ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެދާނެ ކަމަށް ބަލައި އައިސޮލޭޝަން ވޯޑެއްގައި ފަރުވާ ދިނުމަށް ބާއްވާފައި އޮއްވާ ރޭޕް ކުރި އަންހެނަކު މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ އަނުގްރާ ނަރައިން މަގަދް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގައެވެ. އުމުރުން 25 އަހަރުގެ އެ އަންހެން މީހާ 2 ފަހަރުމަތިން ރޭޕް ކޮށްފައިވާކަމަށް އޭނާގެ އާއިލާއިން ތުހުމަތު ކޮށްފައިވަނީ އޭނާ އަށް ފަރުވާ ދެމުން ދިޔަ ހެލްތް ކެއާ ވޯކަރަށެވެ. އޭނާ މަރުވެފައިވަނީ ފަރުވާ ދިނުމަށްފަހު ދޫކޮށްލިފަހުން ލޭ މަނާ ނުވެގެން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ޑެކަން ހެރަލްޑް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ އަންހެން މީހާއާއި އޭނާގެ ފިރިހެނުން ޕަންޖާބުގެ ލުދިއާނާއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ބިހާރް ގަޔާ އަވަށުގައި ތިބެފައެވެ. އެ އަވަށަށް ދިޔައީ ފިރިހެން މީހާގެ މަންމަ [އަންހެން މީހާފެ މައިދައިތަ] ކައިރިއަށެވެ. އެ އަވަށަށް ދިޔައިރު ވެސް އަންހެން މީހާ އުޅެނީ ބަލިވެއެވެ. އެއީ އެ އަންހެން މީހާ އެބޯޝަން އެއް ހެދިފަހުން ލޭ މަނާ ނުވާތީއެވެ.

އެހެންކަމުން އަންހެން މީހާގެ ފިރިމީހާ އޭނާގެ އަންހެނުން ގޮވައިގެން ދިޔައީ އަނުގްރާ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގައި އަންހެން މީހާ 25 ދުވަސް ވަންދެން އެމަޖެންސީގައި ފަރުވާ ދިނެވެ. އޭގެ ފަހުން ޑޮކްޓަރުން ވަނީ އޭނާ އަކީ ކޮވިޑް-19 ގެ ޝިކާރައަކަށް ކަމަށް ބުނެ އައިސޮލޭޝަން ވޯޑަށް ބަދަލު ކޮށްފައެވެ. އަދި އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ އެބޯޝަންގެ ސަބަބުން ލޭ މަނާ ނުވެގެން އެކަމަށް ފަރުވާ ދެމުން ދަނިކޮށް، އެކަން އެއްކޮށް ރަނގަޅުވެސް ނުވަނީހެވެ.

"ޑެކަން ހެރަލްޑް" އަށް މައުލޫމާތު ހިއްސާ ކުރަމުން އެ އަންހެން މީހާގެ މައިދައިތަ ބުނެފައިވަނީ އޭނާ ހޮސްޕިޓަލުން ދޫކޮށްފައިވަނީ ކޮވިޑް-19 ގެ ނަތީޖާ ނައްސި (ނެގެޓިވް) ވުމުން ކަމަށެވެ. އޭގެ ފަހުން ގެއަށް އައިފަހުން ވާހަކަ ނުދައްކާ މަޑުމައިތިރި ކަމައި ކަމާއި ބިރުވެރިކަމެއްގެ ތެރޭގައި ހުރިހެން ހީވެގެން ސުވާލު ކުރުމުން ޑޮކްޓަރު އޭނާ ރޭޕް ކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ އެއަންހެން މީހާގެ މައިދައިތަ ކައިރީ ހޮސްޕިޓަލަށް ހާޒިރުވެ އެކަން ކޮށްފައިވާ މީހާ ދެނެގަނެވޭތޯ ބަލަން ބުނެފައެވެ. އެހެން ނަމަވެސް އެ އަންހެން މީހާއަށް އެއީ ކޮން ޑޮކްޓަރެއް ކަމެއް ނޭނގެއެވެ.

ހޮސްޕިޓަލުގެ ސުޕްރިޑެންޓް ޑޮކްޓަރު، ވީކޭ ޕްރަސަދް ބުނެފައިވަނީ އެއީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަން ކޮށްފައިވަނީ ކޮން ޑޮކްޓަރެއްތޯ ބެލުމަށް މިހާރު ހޮސްޕިޓަލުގެ ހުރިހާ ކެމެރާތަކެއް ބަލަމުން އަންނަ ކަމަށެވެ. އަދި އެކަން ކުރި މީހަކަށް ހައްގު އަދަބު ލިބޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ކަމ

  ހެޔޮވާނެތޯ؟ ?

  116
  1
  • ނުވާނެ ހެވެއް?

 2. ޒަމީރު

  ބޮޑު މުސީބާތެއް މި އިންޑިޔާގަ އުޅޭ މީހުންގެ ޖަނަވާރު ކަމުން. ޝަހުވަތު ބޮލަށް އަރާފަ ތިބެނީ. އަދިވެސް ބޮލީވުޑުން ކާފަރު ފިލްމުތަެއ ކުޅޭ

  90
  4
  • ފިޔަވަޅު އަޅަންޖެހޭ

   މިހާރު ރާއްޖެ ކޮންޓުރޯލް ކުރަނީ، އިންޑިއާއިން.

   މާލަސްތަކެއް ނުވެ ލ އަތޮޅުގައި އެމީހުންގެ ބޭސް އިން އެއަތޮޅުގެ ކަނބަލުން ރޭޕްގެ ޝިކާރައަކަށްވުމުގެ ޚަބަރުތައް ފާޅުވުމުގެ ކުރިން ފިޔަވަޅު އަޅަންޖެހޭ.

   އެންމެހާ ދިވެހިކަނބަލުން (އަދި ހުރިހާ ކަނބަލުން) ރޭޕްގެ ޝިކާރައިން ސަލާމަތްކުރައްވާށިއެވެ!

   27
   2
 3. ބަކަމޫން ދަ ހަސަދަކިންގް

  އަދިވެސް އެބޯޝަން ހެދޭތޯ ބަލާތި. ޗަހެރީ އެބޯޝަން ހެދެފޭ!

  6
  47
  • ކީކޭކިޔާނީ

   އެބޯޝަން ހެދުންދޯ މި ގޯސްވީ؟ ބަލަ ސިއްހީ ފަރުވާދޭ މަރުކަޒުތަކުގެ ހިމާޔަތަށް މީހުން ދޫކޮށްލަނީ ޖެހޭހާ މީހަކު ލިބޭހާ ދަޑިވަޅެއްގަ ރޭޕްކުރާނެކަމަކަށް ނޫނޭ.

   21
 4. Anonymous

  މ މީ ބޮޑުވަރު.

 5. އާމިނާ

  ސޯޝަލް ޑިސްޓެންސް ކޮބާ؟ ސިކުނޑިއެކޭ ކިޔާފަ ނާއްޓެއްދޯ.

 6. ޏަމްޏަމް

  މުޖުތަމައު ހަލާކުވެއްޖެ. ކީއްކުރާނީ