ޕްރިންސް ވިލިއަމް އަދި ކޭޓް މިޑްލްޓަންގެ ތިން ވަނަ ދަރިފުޅަށް ޕްރިންސް ލުއީ ކިޔުމަށް ނިންމައިފިކަމަށް ކެންސިންގްޓަން ޕެލަސްއިން އިއުލާންކޮށްފިއެވެ.

ޕްރިންސް ލުއީގެ ފުރިހަމަ ނަމަކީ ލުއީ އާތާރ ޗާލްސްއެވެ. އަދި ލަގަބަކީ ހިސް ރޯޔަލް ހައިނެސް ޕްރިންސް ލުއީ އޮފް ކެމްބްރިޖްއެވެ. އިނގިރޭސިވިލާތުގެ ތަޙްތަށް ފަސް ވަނައަށް ހުންނަވާނޭ ޕްރިންސް ލުއީގެ ނަމަކީ ޕްރިންސް ލުއީ އުފަންވިފަހުން އާންމުންގެ ތެރޭގައި ބޮޑެތި ބަހުސްތަކެއް ކުރެވިގެންދިޔަ ކަމެކެވެ.

ބައެއް ފަރާތްތަކުން ވަނީ ޕްރިންސް ވިލިއަމްގެ ތިން ވަނަ ދަރިފުޅަށް ޖޭމްސް، ފިލިޕް ނުވަތަ އާތާރވެސް ކިޔަފާނޭކަމަށް ލަފާކޮށްފައެވެ. އެހެންނަމަވެސް ގިނަ ބަޔަކު ހީކުރިގޮތާއި ޙިލާފަށް ކެންސިންގްޓަން ޕެލަސްއިން ވަނީ ޝާހީ އާއިލާގައި މާ ގިނައިން ނުފެންނަ ނަމެއްކަމުގައިވާ ލުއީ ދަރިފުޅަށް ކިޔުމަށް ޕްރިންސް ވިލިއަމް އަދި ކޭޓް ނިންމާފައިވާކަމަށް ބުނެފައެވެ. ޕްރިންސް ލުއީ އަދި މަންމާފުޅު ކޭޓް މިޑްލްޓަންގެ ހާލުކޮޅުވެސް ރަނގަޅުއިރު ގިނަ ބަޔަކު ވަނީ އިނގިރޭސިވިލާތާއި އެގައުމުގެ ޝާހީ އާއިލާއާއި އެހާ ގުޅުމެއް ނެތް ނަމެއް ކިޔުމަށް ޕްރިންސް ވިލިއަމް އާއި ކޭޓް ނިންމެވީ ކީއްވެގެންތޯ ސުވާލު އުފައްދައިފައެވެ.

ލުއީ އެނަމަކީ އާންމުކޮށް ފަރަންސޭސިވިލާތް އަދި ޖަރުމަންވިލާތުގައި ބޭނުންކުރެވޭ އަދި އެގައުމުތަކުގެ ޝާހީ އާއިލާތަކުގައި އާންމުކޮށް ބޭނުންކުރެވޭ ނަމެކެވެ. އެހެންނަމަވެސް އެ ނަމަކީ ޕްރިންސް ވިލިއަމް އަދި ދަރިކަލުން ޕްރިންސް ޖޯޖްގެވެސް ނަމުގައި ހިމެނޭ ނަމެކެވެ. އަދި އޭގެ އިތުރުންވެސް 1979 ވަނަ އަހަރު މަރުވެގެންދިޔަ ލޯޑް މައުންޓްބަޓެން ނަމަކަށްކިޔާ ޝާހީ އާއިލާގެ މެންބަރެއްގެ ނަންވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައި

    އިޓްސް ލުއިސް އަރތަރ ޗަރލްސް

  2. ހުސޭނުބޭ

    އިގިރޭސި ރާނީއަށް މާމަ ދަރިއަކަށް ފުއްޕާހަމެއް ލިބުނީބާ! ލުއި ކަމުން އެ ކިޔަނީވެސް "ލުއި".