އަސަރަމް ބަޕޫ ނަމަކަށްކިޔާ އިންޑިޔާގެ ދީނީ ލީޑަރަކު 16 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރިކަމުގެ ކުށުގައި އުމުރު ދުވަހަށް ޖަލަށްލެވުމާއިއެކު އޭނާ ކަހަލަ 'މާތް' މީހުންނަށް ރޭޕް އަކީ ކުށެއް ނޫންކަމަށް އަސަރަމް ގަބޫލުކުރާކަމަށް އޭނާއާއި ދެކޮޅަށް ހެކިބަސްދިން މީހަކު ބުނެފިއެވެ. އަސަރަމް ރޭޕްގެ ކުށުގައި 2013 ވަނަ އަހަރު ހައްޔަރުކުރެވުނުއިރު އިންޑިޔާގެ އެކި ސަރަހައްދުތަކުގައި އޭނާގެ ސަޕޯޓަރުން ވަނީ ހަމަނުޖެހުން އުފައްދައިފައެވެ.

އަސަރަމް އަކީ އިންޑިޔާގައި އެންމެ ނަން މަޝްހޫރު އެއް ދީނީ ލީޑަރެވެ. އޭނާއާއި ގާތްކޮށް އުޅުނު ފަރާތެއްކަމުގައިވާ ރަހުލް ކޭ ސަޗާރް ވަނީ އޭނާއާއި ދެކޮޅަށް ހެކިބަސްދެމުން އަސަރަމްއާއި އޭނާގެ ގާތް ފަރާތްތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާތަން ފެނިފައިވާކަމަށް ބުނެފައެވެ. އަދި އެކަމާއި ބެހޭގޮތުން ދެ ތިން ފަހަރަކު އަސަރަމް ކައިރީ އެހުމުން ފުރަތަމަ އޭނާ ޖަވާބުނުދޭކަމަށްވެސް ސަޗާރް ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެންމެ ފަހުން އޭނާ ދިން ޖަވާބަކީ އޭނާފަދަ 'މާތް' މީހުންނަށް ރޭޕް އަދި ޖިންސީ ގޯނާކުރުމަކީ ކުށެއްނޫންކަމަށް ބުނެފައެވެ. އަދި 'މާތް' މީހަކު އެފަދަ ކަމެއް ކުރުމަށް ހިތްވަރުލިބެނީ ކިހިނެތްތޯ ސަޗާރް ސުވާލުކުރުމުން އަސަރަމް އޭނާގެ ބޮޑީގާޑުން ލައްވައި އޭނާ އަސަރަމްގެ 'ކުޓިއާ'އިން ބޭރުކޮށްލިކަމަށް ސަޗާރް ވަނީ ކިޔައިދީފައެވެ.

ސަޗާރް ކިޔައިދިންގޮތުގައި އަސަރަމް ދިޔައީ ޖިންސީ އަމަލު ހިންގުމަށް ފަސޭހަކުރުވާ ބޭސް އަދި އޮޕިއަމްވެސް ބޭނުންކުރަމުންނެވެ. އަދި އަސަރަމްއާއިއެކު އޭނާގެ ގާތް އެތައް ބަޔަކު އެކަންކަމުގައި ހަރަކާތްތެރިވިކަމަށްވެސް ސަޗާރް ވަނީ ކޯޓަށް ކިޔައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮލި މުލައް

    ޢަޅެ މީ ކޮން ދީނެއްގެ ދީނީ ލީޑަރެއްތަ؟ މީހަކަށް އެއްޗެއް އެނގޭގޮތަށް ލިޔެފިއްޔަ ކަމެއްވަނީތަ؟

    • ކިޔާ

      ރޭޕްގެ ހުތުރު ރެކޯޑެއް އޮތްބުދުދީނުގެ މީހެއް.

  2. Anonymous

    މީ އިންސާނެއްގެ ސިފާގަހުރި ޖަނަވާރެއް އަދި މާތްމީހެކޯ ތިމަންނަމީ ހުންނަ ލަދުކުޑަކަން ދެކިބަލަ ސައިތޯނު

  3. ޭަެކޮކަާ

    މަރަންވީ ހަމަ ދައްޖާލު

  4. ބުލޫ

    އެހެންނުންވާނީ މީ ބޮޑުއިބިލީހާއި ޖެހިގެން ދެންހުރި އިބިލީސް ވިއްޔަ...ދެން ކޮންމެފަދަ ހަޑިމުޑުދާރު ނުބައި އަމަލެއްވެސް ފެންނާނީ ވ.ރީތި އަދި މާތް ކަމެއްގެ ގޮތުގަ.