ޓީވީ ޝޯތަކަކީ ދިރިއުޅުމުގެ ބޮޑު ހިއްސާއެއް އޮންނަ ކަމަކަށް މިވަނީ ވެފައެވެ.

އެހެންކަމަށްވުމާއި އެކު އެ ޓީވީ ޝޯތަކުން ފެންނަ ފަންނާނުން ހެދުން އަޅާ ގޮތާއި އެމީހުން މޭކަޕް ކުރާ ގޮތް އަދި އެ މީހުން ގެންގުޅޭ ސްޓައިލަށް ދާން ދެން ބަލާ މީހުން މަދެއް ނޫނެވެ.

އިންޑިއާގެ ޓީވީ ޝޯތަކުން އާއްމުންގެ މެދުގައި އެންމެ ބޮޑު މަގްބޫލްކަމެއް ހޯދި ދެ ފަންނާނުންނަށް ޖެނިފާ ވިންގެޓް އާއި ހީނާ ޚާން ހަމަގައިމުވެސް ވާނެއެވެ. މި ދެ ބަތަލާއިންނަކީ ބޮލީވުޑުންވެސް ޖާގަ ހޯދާފައިވާ ކުޅަދާނަ ދެ ފަންނާނުންނެވެ.

އަދި މި ދެ ތަރިންގެ ހެދުން އެޅުމާއި، ގެންގުޅޭ ތަފާތު އުސްލޫބަކީ އެތައް ބައެއްގެ ހިތްތައް ލަންބުވާލާ ފަަދަ ހިތްގައިމުކަމެކެވެ. މި ދެ ފަންނާނުންގެ މެދުގައި އެއްގޮތް އިތުރު ކަންތައްތަކެއް ވެސް އެބަހުއްޓެވެ.

އެއީ ނެގެޓިވް ރޯލަކުން އާއްމުންގެ އެންމެ ބޮޑު ސަމާލު ކަމެއް ހޯދި ބަޔަކަށް މި މީހުން ވުމެވެ.

ޔޭ ރިޝްތާ ކްޔާ ކެހެލާއިން އެތައް ދުވަހެއް ވަންދެން އާންމުންގެ ތަރުޚީބު ހޯދި ހީނާ ޚާން ވަނީ ބޮގްބޮސްއިން ވެސް އާއްމުންގެ ސަމާލުކަން ހޯދާފައެވެ. އޭގެފަހުން އޭނާ ފެނުނީ އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ ކަސޯޓޯ ޒިންދަގީކީއިންނެވެ.

ޖެނީފާ ވިންގެޓްގެ ފުރަތަމަ ފެނިލުން އައީވެސް އެކްތާ ކަޕޫރްގެ ކަސޯޓީއިންނެވެ. އޭގެ ފަހުން ބޭހަދް އާއި ބޭޕަނާހް، ގަންގާ ފަަ އެތައް މަގްބޫލް ސީރީޒްއަކުން އޭނާ ވަނީ ފެނިގެންގޮސްފައެވެ.

މި ދެ ތަރިންގެ ތެރެއިން އެންމެ ރީތިކޮށް ހެދުން އަޅާ މީހަކީ ކޮބާތޯ ބަލަން މިހާރު އިންޑިއާގެ ވޫޓް އެޕުން މި ވަނީ ވޯޓެއް ނަގަން ފަށާފައެވެ. އެއާއި އެކު އެ ދެ ތަރިންގެ ފޭނުން ވަނީ މީސްމީޑިއާގައި ބޮޑު ކެމްޕެއިނެއް ފަށާފައެވެ.

މި ދެ ތަރިންވެސް ފެޝަން އިންޑަސްޓްރީއަށް ލޯބި ކުރާ ދެ މީހުންނަށް ވުމާއި އެކު މިއީ ވާދަވެރި މަޤާމަކަށް ވާނެއެވެ. މި ވޯޓަކީ ޓީވީ އިންޑަސްޓްރީގެ އެންމެ ސްޓައިލިޝް އަންހެން ފަންނާނު ގޮވުމަށް ކުރިއަށް ގެންދާ ވޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ޖެނިފާ ހެދުންއަޅާގޮތަށް ހެދުންތަ ނޭޅިގެން މި އުޅެނީ! މިއޮތީ ކުރިޔަށް ރޯދަމަހެއް! ރިސޯޓުތައް ބަންދުކޮށްފައި މިތިބީ ނޯޕޭއަށް ފޮނުވާލާފައި! މިހެން ތިބެގެން ތިކަހަލަ ބޭކާރު ކަންތައްތައް ދޯ ކުރަންވީ!

    17
  2. ހަޑި

    ބުރުގާ އަޅާފަ އޮރިޔާން ނިވާކޮ އްފަ ތިބޭ ކުދިން ރީތި

    19
    1
  3. ޝާހު

    އައުރަ ނިވާނުކޮށް ހެދުން އަޅާ އަންހެނުންނަށް ސުވަރުގޭގެ ވަސްވެސް ނުދުވާނެ ކަމަށް އޮވޭ. އެމަކު އެފާޑުގެ ފިތުނަވެރިކަން ޕްރޮމޯޓް ކުރުމުގައި ދިވެހި މީޑިއާތަށް މެކުހަށް. ކީއްތޯ ވާނީ ހިޖާބް އަޅާނެ ރީތި ގޮތެއް ދިވެހި ކަނބަލުންނަށް ކިޔާދޭން އުޅުނިއްޔާ! ދަންނަވަންތޯ ޒިންމާތަށް އަނެކެއްގެ ބޮލަށް ކަނޑާލާ ބަރީއަވާން އުޅުނަސް އެކަން ނުވެ އަމިއްލަ އަތުން ކުރި ކަންކަމާ ބައްދަލު ކުރާނޭ ދުވަސް އޮތީ ދާދިގާތުގައި. ނޭނގެ ދުނިޔެއަށް ވާން މިއުޅޭ ގޮތެއް. ހަމަ ގައިމު އަހަރެން ބިރުގަނޭ. ދައްޖާލު އަންނާނީ ދުނިޔެ ބޮޑު ތަދުމަޑުކަމެއްގެ ތެރޭ ވަނިކޮށް.