މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާ އިރު އެކަމުގެ މައުލޫމާތު ހޯދަން ކެތްމަދުވެފައި ހޭލާ ވެސް އެތައް ބަޔަކު އެބަ ތިބެއެވެ. އެ ބައްޔާ ބެހޭ މައުލޫމާތު ހޯދަން ނިދި ނަގާލާފައި ވެސް ތިބެން ބޭނުން ވެއެވެ. އެއީ ގޮތް ނޭނގޭ ބައްޔަކަށްވުމުން ގަންނަ ބިރެއްގެ ބޮޑު ކަމުންނެވެ.

އަދި މި ދުވަސްވަރު އޮފީހަށް ވެސް ގިނަ މީހުން ދާން ނުޖެހުމާއެކު އެތައް ބަޔަކަށް ވަނީ ގޭގައި ހުސް ވަގުތުތައް ގިނަވެފައި ތިބެން ޖެހިފައެވެ. މި ދަނޑިވަޅުގައި ނުނިދާ ސަކަރާތްޖަ ހަން ނޫނީ މަޖާކުރަން ވެސް ތިބުން ރަނގަޅެއް ނޫނެވެ. މިވަގުތު އެންމެ އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ގަވައިދުން ނިދުމެވެ.

ނިދުމަކީ، ހަށިގަނޑުގައި ގުުރަތީގޮތުން އުފެދިފައިވާ ދިފާއީ ނިޒާމު ހަރުދަނާކޮށް، ބަލިތަކާއި މެދު ދުޅަހެޔޮ ވިސްނުމެއް ބެހެއްޓުމަށް ނުހަނު މުހިއްމު ކަމެކެވެ.

ވޮޝިންޓަން މެޑިސިން އިން ކުރި ދިރާސާއަކުން އެނގެނީ ކުޑަ ވަގުތު ކޮޅަކަށް ނިދުމަކީ، ދިފާއީ ނިޒާމްގެ މަސައްކަތް ކުރުން ލަސްކޮށް، ވަރުބަލިކޮށްލާ ކަމެއްގެ ގޮތުގައެވެ. އަދި ޖަރުމަނުގެ ޔުނިވަސިޓީ އޮފް ޓިބިންގެން އިން ކުރި ދިރާސާއަކުން އެނގެނީ ވައިރަސް އާއި ޕެތެޖޮން ތަކާއި ހަނގުރާމަ ކުރާ ވައިޓް ބްލަޑް ސެލްތަކުގެ މަސައްކަތް ނިދި މަދުވުމުން ވަރަށް ބޮޑަށް ލަސްވާ ކަމަށެވެ.

އަދި ވިސްނުން ދުޅަހެޔޮކޮށް ބެހެއްޓުމަށާއި މީހާގެ މޫޑާއި ހަނދާން ހުންނަ މިންވަރާއި ކަންކަމުގައި ގޮތް ނިންމުމުގައި ވެސް ނިދި ހަމަނުޖެހޭ ނަމަ އުނދަގޫތަކެއް ހުރެއެވެ. ނިދާނަމަ މީހާ ކަންކަމާ މެދު މާޔޫސްވާ މިންވަރު ވެސް ކުޑަވެއެވެ. އަދި ރަނގަޅަށް ނިދުމަކީ އެކަނިވެރިކަމުގެ އިހުސާސާ ދުރުކޮށްދޭ ކަމެކެވެ.

ތިމާއަށް ރަނގަޅަށް ނުނިދުމަކީ ތިމާގެ ސަބަބުން އެހެން މީހުންނަށް ވެސް އަސަރު ކުރާ ކަމެކެވެ. ނޭޖާ ކޮމިއުނިކޭޝަންގެ ދިރާސާއަކުން އެނގެނީ ނުނިދާ ހުރި މީހަކާ މިނިޓެއް ވަންދެން ވާހަކަ ދެއްކިޔަސް، ދެން ހުންނަ މީހާ އަށް އެކަނިވެރިކަން އިހުސާސްކުރެވޭ ކަމަށެވެ.

ސާފުވާ ކަމަކީ މި ފަދަ ދަނޑިވަޅެއްގައި ނިދުން ވަކިން މުހިންމުކަމެވެ. 70 ޕަސަންޓު މީހުންނަށް އިހުސާސްވާ ގޮތުގައި މިހާރު އެމީހުންނަށް ޓެކްނޮލިޖީ އާއި ވަކިވުމަކީ އުނދަގޫ ކަމެކެވެ. އަދި ގިނަ ވަގުތު އެ ތަކެތި ބޭނުން ކުރުމަކީ ނިދަން އުނދަގޫވާނެ ސަބަބެކެވެ.

އެހެންވީމަ ނުނިދާ ފިލްމް ބަލަން ތިބުމާއި އެހެންވެސް ކަންކަން ކުރުން ހުއްޓާލަން އެބަ ޖެހެއެވެ. މާލީ އަދި އިޖުތިމާއީ ދަތިތައް އަންނަ އިރު ރަނގަޅަށް ނުނިދާ ނަމަ، އެކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އަސަރު ކުރާނެއެވެ.

ދެން އުފެދޭ ސުވާލަކީ މިކަން ހައްލު ކުރާނީ ކިހިނެއްތޯ ކުރާ ސުވާލެވެ. ކޮންމެ ދުވަހަކު ކުރާ ކަންކަން ނިންމާލާނެ ވަގުތެއް ކަނޑައަޅާށެވެ. އަދި އެއަށް ފަހު ޓެކްނޮލޮޖީގެ އެއްވެސް ވަސީލަތެއް ވެސް އަދި ނިދިން މަހުރޫމްވެދާނެ އިތުރު ކަމެއްވެސް ނުކުރާށެވެ.

އަދި ބައެއް ދުވަސް ދުވަހު ދިރިއުޅުމުގައި ހުރި ރަނގަޅުކަންކަމާއި މެދު ވިސްނައި ލިސްޓެއް ވެސް ހަދާލާށެވެ. މިކަމުން ތިމާގެ ނިއުމަތްތައް ގުނަ ކުރެވި، ހިތްހަމަޖެހުން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު