ބޮލީވުޑްގެ މަޝްހޫރު ބަތަލު ވަރުން ދަވަންގެ އާއިލާ މެމްބަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ވަރުން އަންނަނީ ކޮވިޑް-19 އާ ގުޅިގެން އާންމުން ހޭލުންތެރިކޮށް އަދި މި ބައްޔާ ބެހޭ ގޮތުން މީސްމީޑިއާ މެދުވެރިކޮށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދެމުންނެވެ. އިންޑިއާގެ ނޫހަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިނގިރޭސި ވިލާތުގައި ދިރިއުޅޭ ވަރުންގެ އާއިލާ މީހެއް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ އިގުތިސާދަށާއި އާންމުންނަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ބޮލީވުޑްގެ ތަރިން އަންނަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ކެއާ ފަންޑަށް ފައިސާ ހަދިޔާކުރަމުންނެވެ.
އެގޮތުން ވަރުން ވަނީ ފަގީރުންނާއި ގެދޮރު ނެތް، ވަޒީފާ ނެތް މީހުންގެ އިތުރުން ސިއްހީ އެހީތެރިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ނިންމައިފައެވެ.
މިކަމަކީ ވަރަށް ސީރިއަސް ކަމެއް ކަމަށާއި ތިމާ ދަންނަ މީހަކަށް މި ބަލި ޖެހިގެން ނޫނީ މިކަމުގެ ސީރިއަސް ކަމާއި ކިހާވަރެއްގެ ކަމެއް ކަން ގިނަ ބަޔަކަށް ނޭންގޭނެ ކަމަށް ވަރުން ވަނީ ބުނެފައެވެ. އިންޑިއާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅަށް އަމަލު ކުރުމަށާއި ބޭރަށް ނިކުމެ ނޫޅުމާއި އިޖުތިމާއީ ގައިދުރުކުން ބެހެއްޓުމަށްވެސް ވަރުން ވަނީ އެދިފައެވެ.
ވަރުން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަންޑަށް 55 ލައްކަ އިންޑިއަން ރުޕީސް ހަދިޔާކޮށްފައެވެ.
ފަންސާސް ފަހެއް އިންޑިއަން ރުޕީސް؟
55 ލަ އްކަ ކޮ ިއފުޅާ