ޕޭޖް އަކީ ސަރަޓޯގާ ސްޕްރިންގްސްގައި ރިއަލްޓާއެއްގޮތަށް މަސައްކަތް ކުރާ މީހެކެވެ. މާރިޗު މަހުގެ މެދު ތެރޭގައި ކޮވިޑް19އަށް ފައްސިވި މި އަންހެން މީހާ ހޮސްޕިޓަލުން ދޫކޮށްލީ މި ހަފްތާގެ ތެރޭގައެވެ.

"މި ބަލި މިއީ އުޑުން އައިސް ގައަށް ވަތްހެން ޖެހުނު އެއްޗެއްހެން. އަދި ހީވީ ގައިން ރޫހު ނެރެގެން ދިޔަހެން." ޕޭޖް ބުންޏެވެ.

އޭނާ ބުނާގޮތުން އޭނާ އައީ ކޮވިޑް19 ޖެހުމުގެ ކުރިން އިޖުތިމާއީ ގައިދުރުކުރުމުގެ މިންގަނޑަށް ފުރިހަމައަށް ތަބާވެ ބޯލަނބަމުންނެވެ. އޭނާ އެމަޖެންސީ ރޫމަށް ގެންދިޔައީ އޭނާ ވިއްކަން އުޅުނު ތަނެއް ގަންނަން އައި މީހަކާއި އެކު ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.

"އެމަޖެންސީ ރޫމަށް ވެއްދިތާ 2 ދުވަސް ފަހުން އެމީހުން އައީ ޓެސްޓް ނަތީޖާ ހިފައިގެން. އައިސްސަ ބުނީ ކޮވިޑް 19 އަށް ފައްސިވި ވާހަކަ" އޭނާ ކިޔާދިނެވެ.

ޕޭޖް ވަނީ އައިސޮލޭޝަންގައި ސަރަޓޯގާ ހޮސްޕިޓަލުގައި 7 ދުވަސް ހޭދަކޮށްފައެވެ. އޭނާ ހޮސްޕިޓަލުން ބޭރުގެ ދުނިޔެއާއި ގުޅުވައިދިން ހަމައެކަނި ވަސީލަތަކީ އޭނާގެ ފޯނެވެ.

"އަހަރެން އަމިއްލަ ނަފްސަށް ހަނދާންކޮށްދިނީ މި ކަމަކީ މިއީ ނިމޭނެ ކަމެއްކަން. ވަރަށް ރަނގަޅަސް ވިސްނީ. މިކަމުން އަރައިގަންނާނަމޭ ކޮންމެ ދުވަހަކުވެސް އަމިއްލަ ނަފްސަށް ބުނަން. އަދި މަޖާވެސް ކުރިން."ޕޭޖް ބުންޏެވެ.

ހޮސްޕިޓަލްގައި އޮތް އިރުވެސް ޕޭޖް ވަނީ މަޖާ ވީޑިއޯތައް ވެސް ނަގާފައެވެ. އަދި މަޖާ ނެށުންތަކާއި އެކު އޭނާ ވަނީ އެހެން މީހުން އުފާކޮށްދިނުމަށް މަސައްކަތްކޮށްފައެވެ.

އަދިވެސް ޕޭޖްގެ ސިއްހީ ހާލަތު މުޅިން ދުޅަހެޔޮ ނުވާކަން ފާހަގަކޮށްލެވެއެވެ.