އިންޑިއާގެ ޕަންޖާބުގެ ޕަޓިއަލާ ޑިސްޓްރިކްޓުގެ ތަރުކާރީ މާރުކޭޓެއްގެ ތެރޭގައިހިނގާދިޔަ ހަމަނުޖެހުމެއްގެ ތެރެއިން ފުލުހެއްގެ އަތް ބުރުކޮށްލައިފިއެވެ.

މިއަދު ހެނދުނު ފުލުހުންނަށް ހަމަލާދީފައި ވަނީ ގްރޫޕަކުންނެވެ. ފުލުހުން ބުނީ، އެ މީހުންނަށް ހަމަލާދީފައި ވަނީ ޕަންޖާބްގައި ފުރަބަންދުގެ ކަންކަން ބެލުމުގެ ކަންކަން ކުރިއަށް ދަނިކޮށް ކަމަށެވެ.

އެ ހަަމަލާގައި އަތް ބުރިކޮށްލި ފުލުހަކީ އެސްސިޓްންޓް ސަބް އިންސްޕެކްޓަރ އެކެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާދެމުންނެވެ.

ޕަންޖާބްގެ ފުލުހުންގެ ވެރިޔާ އެންޑީޓީވީއަށް މައުލޫމާތު ދެމުން ބުނީ، އެ ތަރުކާރީ މާރުކޭޓުގައި ދީނީ މީހުންތަކެއް އަރުވައިގެން ދިޔަ ވެހިކަލެއް ފުލުހުންގެ އެތައް ބެރިކޭޑެއް ފަޅާލަަމުން ދަނިކޮށް ފުލުހުން އެ މީހުން ހުއްޓުވި ކަމަށެވެ. އަދި އެ މީހުން ކައިރިން ކާފިއު ޕާސް ދެއްކުމަށް އެދުމުން، ފުލުުހުންނަށް ހަމަލާދިނީ ކަމަށް އޭނާ ބުނެފައި ވެއެވެ.

އަދި އެ މީހުން ގުރުދްވާރާއަށް ވަދެ ފިލުމުން އެތަނަށް ފުލުހުން ވަދެ ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ކުރިއެވެ.

އެންމެ ފަހުން އެ މީހުން ފުލުހުންނާއި ކުރިމަތިލުމަށް ނުކުތީ ވަޅިއާއި، އެއްޗެހިފައިގެން، ފުލުހުން ވަނީ އެ މީހުންގެ އަތުން، ގޮއްވާލަން ތައްޔާރުކޮށްފައިވާ ގޭސް ސިލިންޑަރެއްވެސް ހޯދާފައި".

ފުލުހުން ބުނެފައިވާގޮތުގައި، އެ ހަމަލާދިނުމުގައި ހަރަކާތްތެރިވި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އިތުރު ތިން މީހަކާއި ސުވާލު ކުރަމުންދާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބިރޫ

    ގެރި މޯދީ ހޯޕް ހޯޕް

    12
    1
  2. ޝަސީ

    ތީ މަޑުކަށި ހިންދޫން

  3. އަލިބެއްޔާ

    ރަނގަޅަށް ހެދީ.. އަނިޔާ ކުރާނަމަ ބަދަލުގައި އަނިޔާ ކުރުމަކުން މައްސަލައެއް ނެތް..

    2
    3