އިންޑިއާގެ ބިހާރްއަށް ނިސްބަތްވާ އަންހެނާއި، އޭނަގެ ފިރިމީހާ އެ މީހަގެ ތިން އަހަރުގެ ފިރިހެން ދަރިފުޅު ހޮސްޕިޓަލަށް ދާން ދަތުރު ފެށީ އެމްބިއުލާންސްއެއް ނުލިބި، އިތުރަށް މަޑު ކުރަން ޖެހިއްޖެނަމަ ދަރިފުޅު ގެއްލިދާނެ ކަމުގެ ބިރަށެެވެ. އެހެން ނަމަވެސް އެ މީހުން ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދިޔަ މަގުމަތީ ދަރިފުޅު ވަނީ މަރުވެފައެވެ.

މިކަންތައް ދިމާވާން ޖެހުނީ ހޮސްޕިޓަލުން އެ މީހުންނަށް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ދެކޮޅު ހެދުމުން ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އެ ކުއްޖާގެ މައިންބަފައިން ބުނާގޮތުގައި، އެ ކުއްޖާއަށް ވަގުތު އޮއްވާ ފަރުވާ ދިން ނަމަ އެ ކުއްޖާ ރަނގަޅުވީސް އެވެ، އެހެން ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މުޅި އިންޑިއާ ފުރަބަންދުކޮށްފައިވާ ދަނޑިވަޅެއްގައި އެމްބިއުލާންސް ލިބުން ދަތިވެ، އެ މީހުން ޖެހުނީ އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ދުވެފައި ދާށެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ އަންހެނަކު އޭނާގެ އަތްމައްޗަށް ދަރިފުޅު ލައިގެން އިނދެ ރޯ މަންޒަރެވެ. މިއީ ހަމަ އަސަރު ގަދަ މަންޒަރެކެވެ. އެ އަންހެން މިހާ ކައިރީ އޭނާގެ ފިރިމީހާ ހުންނައިރު، އެ ފިރިހެން މިހާ ވަނީ "ދެން އަހަރުމެން އެމްބިއުލާންސްއެއް ބޭނުން ނުވާ"ކަމަށް ބުނެފައެވެ.

އެ ކުއްޖާގެ ބައްޕަ ގިރެޖް ކުމާރް ބުނީ، ދަރިފުޅު ބަލިވީ މީގެ ދެ ދުވަސް ކުރިންކަމަށެވެ.

"ދަރިފުޅު ވަރަށް ބޮޑަށް ހުން އައިސް، ކެއްސާ ހަދާ. އަހަރުމެން ދިޔައީ ވިލޭޖުގެ ޑޮކްޓަރަށް ދައްކަމުން، އެހެން ނަމަވެސް ކުއްލިއަކަށް ދަރިފުޅުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި، ދަރިފުޅު ޖެހެންއާބާދު ހޮސްޕިިޓަލަށް ގެންދިއުމަށް އަަހަރުމެން ޖެހުނީ ޕިކަޕެއް ނަގަން، އެއީ ފުރަބަންދުކޮށްފައި އޮތުމުން އެމްބިއުލާންސެއް ނުލިބިގެން". އޭނާ ބުނެފައި ވެއެވެ.

އެ ކުއްޖާ ގޮވައިގެން އެ ހޮސްޕިޓަލަސް ގެންދިއުމުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ އެ ކުއްޖާ ޕަޓްނާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލަށް ފޮނުވާލާފައެވެ.

"އެ މީހުން އެމްބިއުލާންސެއް ހަމަޖައްސާ ނުދިން، އެކަމުގެ ސަބަބުން އަހަރުމެން ދަރިފުޅު މަރުވެގެން ދިޔައީ". އެ ކުއްޖާގެ ބައްޕަ ބުނެފައި ވެއެވެ.

އެ ކުއްޖާ މަރުވުމުން، އެ ކުއްޖާގެ ހަށިގަނޑު ގެއަށް ގެންދިޔައީ، އިތުުރު ބައެއްގެ އެހީތެެރިކަމާއި އެކުގައެވެ.

އެ ކުއްޖާ މަންމަގެ އުނގުމަތީގައި މަރުވެގެން ދިޔަ އަސަރު ގަދަ މަންޒަރު އެތައް ބަޔަކަށް ފެނިގެން އެ ވާހަކަ މީސް މީޑިއާގައި ދައްކަމުން ދިޔައެވެ. އެންމެންވެސް ދައްކަމުން ދިޔައީ ހޮސްޕިޓަލުގެ ފަރުވާ ކުޑަ ކަމުގެ ވާހަކަ އެވެ.

އެކަމާއި ގުޅިގެން ސްޓޭޓް ރަން ސަދަރް ހޮސްޕިޓަލްގެ ވެރިޔާ ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އިތުރު ޑޮކްޓަރުންނަށް ވަނީ ނޯޓިސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަހަރޯ

    އިންޑީއާ ތީވާ ގައުމެއް، ރާއްޖޭގެ ވެރިން ތިބައިގަނޑަށް ސަނާ ކިޔަންވާ އެންމެ ސަބަބެއްވެސް ނުފެނޭ. ދެން ފެންނާނޭ މޯދީ މިލިއަނުން އެހެން ގައުމުތަކަށް ފަންޑު ދޭތަން އެގައުމުގެ ގިނަ ބަޔަގު ބަނޑަށް ތިއްބަ. އަދި ގިނަ ދަރިން މިހެން ފަރުވާ ނުލިބި މަރުވާއިރު،

    39
  2. މީ

    ?

    24
  3. މީ

    ? إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎

    43
  4. މަހްމޫދު

    ހާދަ އަސަރެއްކުރާނެ. ހަމަ މަޔަކަށް ތި އަސަރު އިހްސާސްވަނީ. ނަސީބެއް ހިތް ފަޅައިގެން ނުދިޔަކަން

    48
    1
  5. ހަކީމްދީދީ

    ކޮބާ. މެދުރާއްޖެތެރޭން އަދި އެއް އެަަރޕޯޓް އިންޑިޔާއަށް ދޭންވީނު. މާ އޯގާތެރި ހެޔޮއެދޭ ބައެއް އެއީ. މާލޭގަ ދެތިން ބައްތިޖަހާ ފާޑެއްގެ ޑިންގީއެއް ރަށަކަށް ދިނުމުން އުތުރުން އެއަރޕޯޓެއް މެދުރާއްޖޭން އެއަރޕޯޓެއް
    ދެކުނުން އެއަރޕޯޓެއް. ވާއްސަރީ މިއޮއް ސަރުކާރެއް

    23
    2
  6. ހަމްދަރުދީ

    ހާދަ ދެރައެެު??

    23
  7. ީހިޔާލު

    އަސްލު މާ ހަމަ ރަގަޅައް ތިވީ..ކާފަރު މައިންބަފަައިންގެ ތަރުބިއްޔަތުން ބޮޑު ނުވެ މަރުވި ކަ..އެ ކުޑަ ކުއްޖާޔައް ސުވަރުގެ މަތިވެރި ނިނއުމަތް ދެއްވާދޭނ

  8. މުނާ

    މޯދީ އެސަރުކާރުގެ ރައްޔިތުންނަށް އަޅައިނުލައި ރާއްޖޭގެ ރައްޔިތުންނާހެދި މަރުބައްދަނީކީއްވެ