ކޮވިޑް-19 ގެ ޝިކާރަކަށްވެ ދުނިޔެ ދޫކޮށް ދިއުމުގެ ކުރިން ދެމަފިރިއަކު ނެގި ފޮޓޯއަކުން ގިނަ ބައެއްގެ ހިތް "ކުދިކުދި" ވެއްޖެއެވެ.

މިއީ ކޮވިޑް-19 އަށް ފައްސިވެގެން ޖިއޯޖިއާގެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ އުމުރުން 61 އަހަރުގެ އެޑީ ޖޯންސަން އާއި އޭނާގެ 48 އަހަރުގެ އަންހެނުން ބްލާންޗޭ ޖޯންސަން މަރުވުމުގެ ކުރިން އަތުގައި ހިފައިގެން ނަގާފައިވާ ފޮޓޯއެކެވެ.

އެ ފޮޓޯ އިން ފެންނަ ގޮތުގައި މާސްކު އަޅައިގެން ހުރި އެޑީ އޮތީ އޭނާގެ އަނބިމީހާ އަތުގައި ހިފައިގެން ކައިރީގައެވެ. އޭނާގެ އަންހެނުން އޮތީ އޮކްސިޖަން މާސްކު އަޅުވައިފައެވެ.

އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު އެޑީ މަރުވެފައިވާ އިރު، ބްލަންޗޭ މަރުވެފައިވަނީ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުއެވެ.

އެ ދެމަފިރިންގެ އަންހެން ދަރިފުޅު ޖެނިފާ "ފޮކްސް 5" އަށް ބުނީ ދެ މީހުން މަރުވި އިރު، ނިއުމޯނިއާ ޖެހިފައިވާ ކަމަށެވެ. އެމީހުން މަރުވުމުގެ ކުރިން ވަރަށް ގަދަ އަށް ކެއްސައި ހެދި އިރު، ނޭވާލުމުގައި ދަތިވުމާއި ތަދު އިހްސާސްވާ ކަމަށް ދެމީހުން ވެސް ކިޔައިދިން ކަމަށް ޖެނިފާ ބުންޏެވެ.

ކޮވިޑް-19 ޖެހިގެން މަރުވެފައިވާ ބްލަންޗޭ އާއި އެޑީ

"ވޭނެއްގައި ބައްޕަ އާއި މަންމަ ތިބީ. ފުރަތަމަ ނިއުމޯނިއާ ޖެހިފައިވާކަން އެނގުނީ. އޭގެ ފަހުން ކެއްސާ ނޭވާލާން އުނދަގޫވެގެން ވޭން އަޅާ ވާހަކަ ކިޔައި ދިނީ" ޖެނިފާ ބުންޏެވެ.

ފަރުވާ އެއް ހޯދިފައި ނުވާ، އިންސާނާގެ ނޭވާލާ ނިޒާމު ދަށްކޮށްލާ ކޮވިޑް-19 ޖެހޭ އެންމެނަކީ މަރުވާ މީހުންނެއް ނޫނެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ބަލި ޖެހިގެން އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ އިތުރުން ދާއިމަށް އެކި ކަހަލަ ބޭސް ބޭނުން ކުރާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުފާ

    އަހަރުމެން ވަނީ އުފާ ކާފަރުން ކޮންމެ ގޮތަކަށް މަރުުވިޔަސް