އިންޑިއާގެ ކުޅަދާނަ ރެޕް ލަވަކިޔުންތެރިޔާ އަދިއްތުޔަ ޕްރަތީކް ސިންގް ސިސޯޑިއާ (ބާދްޝާހް)ވެސް މި ވަނީ ޓިކްޓޮކްގެ ތަރިއެއްގެ ވީޑިއޯއެއް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާ ކޮށްފައެވެ.

ޔުވްރާޖް ސިންގގ ނެށުމަށް އަބަދުވެސް ގިނަބައެއްގެ ސަމާލުކަން ލިބެމުން އަންނައިރު، އެ ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާ ކުރުމުން އިތުރު އެތައް ބަޔަކަށް އެ ވީޑިއޯ ފެނި އެ ތިބީ އާޝޯހު ވެފައެވެ. މީގެ ކުރިން ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ރިތިކް ރޯޝަން އާއި އަމީތާބް ބަޗަން އާއި ސުނިލް ޝެޓީ ފަދަ ތަރިންގެ ހިތުން ޔުވްރާފް ޖާގަ ހޯދީ އޭނާގެ ނެށުމުގެ ހުނަރު ފުރިހަމަގޮތުގައި ދައްކައިގެންނެވެ.

ޔުވްރާޖްގެ ޓިކްޓޮކްގެ ހުނަރުތައް ދައްކާލާ އޭނާގެ އެކައުންޓުގައި ހަތަރު މިލިއަނަށްވުރެ ގިނަ ފޮލޯވާސް ތިބެއެވެ.

https://www.instagram.com/p/B-1fH7-gWvC/?utm_source=ig_embed&utm_campaign=embed_video_watch_again

ބާދްޝާހް ހިއްސާ ކުރި އެ ވީޑިއޯއިން ފެންނަނީ ޔުވްރާޖް ބާދްޝާހްގެ ލަވައެއްކަމަށްވާ ގޭންދާ ފޫލް ލަވައަށެވެ. އޭނާގެ އެ ލަވައަށް ޔުވްރާޖްގެ ފައިން ކުރަމުންދާ ހަރަކާތްތައް ގިނަަބަޔަކަށް ވަރަށް ކަމުދިޔައެވެ.

އެގޮތުން އޭނާގެ ނެށުމަކީ މިއީ އާދައިގެ ކަމެއް ނޫން ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.