އިންޑިއާގެ ދަ ޗީފް އޮފް ވިސަޚަޕަޓްނަމްސްގެ މުނިސަޕަލް ބޮޑީގައި މަސައްކަތް ކުރަމުންދާ އޮފިސަރަކު މި ވަނީ އޭނާގެ އެއް މަހުގެ ދަރިފުޅު ގޮވައިގެން މަސައްކަތަށް ނުކުމެފައެވެ. އޭނާ މަސައްކަތަށް ނުކުންނަށްވެސް ޖެހުނީ ކޮވިޑް-19 އާ ދެކޮޅަށް އެ ގައުމު ކުރަމުންދާ މަސައްކަތާއި ހެދި، އެކަމަށް އޭނާ ހިތްޖެއްސިގެންނެވެ.

އޭނާއަކީ އައިއޭސްގެ 2013 ގެ ބެޗްގެ އެ އޮފިސަރެކެވެ. އޭނާ މަސައްކަތް ކުރަމުންދާ އޮފީހުގެ ގޮޑީގައި ދަރިފުޅު އަތުގައި ބާއްވައިގެން އިންނަ މަންޒަރު ފެންނަ ފޮޓޯތައް މީޑިއާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

"އަހަރެން ނުކުތީ ކޯލް ޑިއުޓީއަށް، އިންސާނިއްޔަތަށްޓަކައި، އެހެން މީހުންނަށް އެހީތެރިވުމަކީ އަހަރެންގެވެސް ޒިންމާއެއް، އަދި އަހަރެން ގަބޫލުކުރާގޮތުގައި، މިއީ އެކަކު އަނެކަކު ތެދުވެ ހިތްވަރުދީ މަސައްކަތް ކުރަންވީ ވަގުތު". ސަރިޖަނާ ގުމައްލާ ނަމަކަށް ކިޔާ އެ ޒުވާނާ ބުނެގައި ވެއެވެ.

ސަރުކާރުގެ އުސޫލު އޮންނަ ގޮތުން އަންހެނުންނަށް މުސާރައާއެކު ހަ މަސް ދުވަހުގެ މެޓާނިޓީ ލީވްއެއް ލިބެއެވެ.

ސަރިޖަނާ މަސައްކަތަށް ނުކުތުމުން އެކަން ފާހަފަކޮށްފައި ވަނީ ޔުނިއަން މިނިސްޓަރ ގަޖެންޑްރާ ސިންގ އެވެ.

އޭނާ މަސައްކަތަށް ނުކުމެފައި ވަނީ އުމުރުން އެއް މަސް ވެފައިވާ ދަރިފުޅާއި އެކުގައެވެ. މިއީ އޭނާ އެ ގައުމުގެ ރައްޔިތުންނަށްޓަކައި ކޮށްދޭ ކަމެއްގެ ގޮތުގައި ގިނަބަޔަކު ދަނީ ސިފަ ކުރަމުންނެވެ. އަދި އޭނާގެ މަސައްކަތަށް އައްސަރިބަހާއި ސާބަސްތައް ދަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު