ސްޓާ ޕްލަސްގެ ސީރީސް "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އިން ގިނަބައެއްގެ މަގްބޫލުކަން ހޯދި އެކްޓްރެސް ސިމްރާން ޚާންނާ އާއި ފިރިމީހާ ބާރަތް ޑުޑާނީ ވަރިވެއްޖެއެވެ. އޭނާ އެ ސީރީސްގައި ފެނިގެން ގޮސްފައި ވަނީ ގަޔަތްރީ ގޮއެންްޚާ ރޯލުންނެވެ.

އިންޑިއާ ނޫހެއްކަމަށްވާ ދީފައިވާ އިންޓަވިއުއެއްގައި ސިމްރާން ބުނެފައި ވަނީ، އެއީ އަމިއްލަ ނިންމުމެއް ކަމަށާއި، ދެމީހުން އެކަކު އަނެކަކަށް ރުޅިވެރި ކަމަށް ނެތް ކަމަށެވެ.

"އާ އަހަރެންނާއި ބާރަތް އާއި ވަރިވެއްޖެއިން، ދެ މީހުންގެ ދެމެދުގައި އެއްވެސް ރުޅިވެރިކަމެއް ނެތް". އޭނާ ބުނެފައި ވެއެވެ.

ސިމްރާން އޭނާގެ ދަރިފުޅު ވިނީތް އާއި ގުޅޭގޮތުން ވާހަކަދައްކަމުން ބުނީ، ވިނީތް ބަލަމުން ދަނީ ކުރީގެ ފިރިމީހާ ކަމަށެވެ. ނަމަވެސް އޭނާއާ ވިނީތް އާ ބައްދަލު ކުރަމުންދާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ސިމްރާން އަކީ ޗާހާތް ޚަންނާގެ ކޮއްކޮއެވެ.

ސިމްރާންއާއި އޭނާގެ ފިރިމީހާ ވަރިވިކަން މިހާރު ކަށަވަރުވެފައިވާއިރު، އޭނާ ގެންދަނީ މީސް މީޑިއާގައި ދަރިފުޅާއެކު ނަގާފައިވާ ފޮޓޯތައް ހިއްސާ ކުރަމުންނެވެ. އަދި ދާދި ފަހުން ވަނީ ދަރިފުޅުގެ އުފަން ދުވަހުގެ ތަހުނިޔާވެސް ވަނީ ކިޔާފައެވެ.

ސިމްރާން އެ ސީރީސްގެ އިތުރުން އޭނާ ވަނީ ބައެއް ސޯޕް އޮޕަރޭސްތަކުންވެސް ފެނިގެން ގޮސްފައެވެ. އަދި ބައެއް ޓެލެވިޒަން ޝޯވތަކުންވެސް އޭނާ ފެނިގެން ގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު