ރާއްޖޭގައި ހުރި އެންމެ މޮޅު ނެށުންތެރިޔަކީ ސުނީތާ އަލީކަމާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. ނަމަވެސް ސުނީތާގެ ނަން ހަމައެކަނި ފާހަގަ ކުރެވެނީ އެންމެ މޮޅު ނެށުންތެރިޔާގެ ގޮތަކު ނޫނެވެ. ސުނީތާގެ ނަން ފާހަގަ ކުރެވެނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އެންމެ މަޝްހޫރު ދިވެހި ސެލެބްރިޓީގެ ގޮތުގައެވެ. ކޮންމެއަކަސް ސުނީތާގެ އަޑު ކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމަށްފަހު މިއަދު ސުނީތާ ވަނީ ވީޑިއޯއެއް އާއްމުކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައިސް، އެންމެން ގޭގައި ތިބެން ސިއްހީ އެހީތެރިން އިރުޝާދު ދެމުން ދަނިކޮށް ސުނީތާ މިއަދު އާއްމުކުރި މެސެޖަކީ ވެސް ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމަށް ގޭގައި ތިބުމަށް އެދި އާއްމުކުރި މެސެޖެކެވެ.

އެންމެ މީހަކަށް ވެސް ބޮޑު ބަދަލެއް ގެނެވިދާނެކަން ހަނދާންކޮށްދީ ސުނީތާ އިނގިރޭސި ބަހުން ދިން މެސެޖްގައި ބުނީ ކޮންމެ މީހަކު ވެސް އެމީހެއްގެ ދައުރު އަދާކޮށް ގޭގައި ތިބުމަށް އެދޭކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އާއްމުން ގޭގައި ތިބުމަށް ދުނިޔޭގެ އެހެން ގައުމުތަކުގެ ސެލެބްރިޓީން ވެސް ގެންދަނީ ނަސޭހަތްތެރިވަމުންނެވެ. ނަމަވެސް ރާއްޖޭގެ މަޝްހޫރު މޫނުތައް މިފަދަ މެސެޖްތައް އާއްމުކުރާ މަންޒަރެއް ނުފެނެއެވެ. ކޮންމެއަކަސް ސުނީތާ މިވަނީ މިކަމުގައި ވެސް ތަފާތު ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޑ

    އަޅެ ހިންޏެއްނާދޭތަ؟ މިވެސް ހަބަރެއްދޯ؟ ބާކީ ދެންމިތިބިހާ ދިވެހިން މިކިޔަނީ ދެން ކީކޭ؟

    26
    3
  2. ހުސޭނުބޭ

    ސުނީތާ ތިހެން ނުބުނާތި ގެއަށްވެސް ނުވަދެ މި އުޅެނީ! ދެން ނުކުންނާށޭ ބުނަންދެން

    18
    4
  3. ހުސޭނުބޭ

    ސުނީތާ ތިހެން ނުބުނެގެން ގެއަށްވެސް ނުވަދެ މި އުޅެނީ! ދެން އޮންނާނީ ގޭގައި! އަލުންވެސް ސުނީތާ ގެއިން ނުކުންނާށޭ ބުނަންދެން އޮންނާނަން!

    20
    4
  4. މުއައްޓޭ

    ދެން އޯންނާނެ އިތުރު ގޮތެއް ޖެހުނީ ހަމަ ގޭގަ މަޑުކުރަން. ޝުކުރިއްޔާ ސުނީ

    7
    6
  5. ސާނީ

    މީދެން ކާކުތައް...........................؟

    13
    9
  6. ބުރިޔަންކާ

    ސުނީ އަހަރެމެންނަށް މަހު މުސާރައެއް ދީފިޔާ ގޭގަ ތިބެވިދާނެ. ވަޒީފާއަށް ނުގޮސް ނެތް އަނގައާ އަތާ ދިމާ ކުރެވޭކަށް. އަހަރެމެންނަކަށް ނުދުވެވޭނެ އެއްގައިން އަނެއްގެއަށް ނަށަމުން ލަވަކިޔަމަކުން

    5
    1
  7. ވިޝްކާ

    ސުނީތާ ނުނަށާ މަތިން ގޭގަ މަޑުކޮށްލަފާނަން

    6
    2
  8. ކޮވިޑް

    އާނ، މަންޖެ ތިޔާހެން ނުބުނެގެން އެކަމުގެ އިންތިޒާރުގައި އެންމެންމިތިބީ. ދެންހަމަ އެކަކުވެސް ގޭން ބޭރަކަށްނުދާނެ.

    6
    1
  9. ނިއުމާ

    ޝުކުރިއްޔާ ސުނީ