ފުރަބަންދުގައި ތިބެގެން މިރްޒާޕުރްގެ ތަރި ރަސިކާ ދައްގަލް އާއި ފިރިމީހާ މުކުލް ޗައްޑާ ދެމަފިރިންގެ ކައިވެންޏަށް އެތައް އަހަރުތަކެއް ވެގެންދިޔައިރު ނޭނގޭ ވާހަކަތައް ހިއްސާ ކުރާ ކަމަށް ރަސިކާ ބުނެފިއެވެ.

ރަސިކާ އާއި މުކުލް ކައިވެނި ކޮށްފައިވަނީ 2010 ވަނަ އަހަރުގައެވެ. އޭނާ ބުނި ގޮތުގައި އިނދެގެން ގިނަ އަހަރުތަކެއް ވީއިރުވެސް ދެމަފިރިންގެ ދެމެދުގައި ނޭނގޭ ވަރަށް ބައިވަރު ވާހަކަތަކެއް އެބަހުރި ކަމަށާއި މިހާރު ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގައި ފުރަބަންދު އިއުލާނުކުރުމާއި ގުޅިގެން ގޭގައި ތިބެ ދެމީހުން އެކަކު އަނެކަކުގެ ވާހަކަތައް ހިއްސާ ކުރަމުން އަންނަ ކަމަށެވެ.

ގޭތެރޭގެ މަސައްކަތް ކުރުމުގެ ގޮތުގުން މުކުލް ތަށި ދޮވުމާއި އަންނައުނު ދޮވެ ހަދާ ކަމަށްވެސް ރަސިކާ ވަނީ ބުނެފައެވެ. ގޭތެރެ ފޮޅާ ސާފުކޮށް މޮޕުލަނީ ރަސިކާއެވެ. އޭނާ ބުނިގޮތުގައި އޭނާ އަކީ ވަރަށް ސާފުތާހިރު ކަމަށް ލޯބިކުރާ އަދި ވަރަށް ތަރުތީބު މީހެކެވެ. އެހެންކަމުން އަމިއްލަ އަށް ސާފުކޮށް ތަރުތީބު ކުރުމުން ވަރަށް ހިއްހަމަ ޖެހޭކަމަށެވެ.

ކެއްކުމުގެ ބައިގައި ދެމީހުންވެސް ހިއްސާ އޮވެއެވެ. ރަސިކާ ބުނިގޮތުގައި ކައިވެންޏަށް މިހާ ގިނަ ދުވަސް ވެގެންދިޔަ އިރުވެސް މިފަދަ ފުރުސަތެއް ނުލިބޭ ކަމަށާއި މިހާރު ލިބިފައި މިވާ ފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފަމުން އަންނަ ކަމަށެވެ. މުކުލްގެ ކެއްކުމުގެ ހުނަރަށް ތައުރީފު ކުރަމުން ރަސިކާ ވަނީ އޭނާ ވަރަށް މީރުކޯށް ޑޯސާ ހަދާކަން ފާހަގަ ކޮށްފައެވެ.

ރަސިކާގެ އިތުރުން ބޮލީވުޑްގެ އެހެންތަރިންވެސް އަންނަނީ ގޭގައި ތިބެގެން އެކި މަސަައްކަތް ކުރަމުންއެވެ. އެގޮތުން ޓިކްޓޮކް ހެދުމާއި ތަރި ދޮވުމާއި ފޮތްކިޔުމުގައި ވެސް ގިނަ ބަޔަކު އަންނަނީ ހިއްސާވަމުންއެވެ. އިންޑިއާގެ ފުރަބަންދުގެ މިހާރު ވަނީ މެއި 3 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައެވެ.

ރަސިކާ އެންމެ ފަހުން ފެނިފައިވަނީ ހޮޓްސްޓާ އިން ގެނެސްދޭ "އައުޓް އޮފް ލަވް" އިންއެވެ. އަދި ނެޓްފުލިކްސް އިން ގެނެސްދޭ "ދިއްލީ ކުރައިމް" އިންވެސް ރަސިކާ ފެނިގެންދެއެވެ. ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ހުރިހާ ޕްރޮޑަކްޝަންތަކެއް ވަނީ ހުއްޓާލާފައެވެ.

މިބަލި އިންޑިއާގައި ހަލުވި ކަމާއި އެކު އަންނަނީ ފެތުރެމުންއެވެ. މިހާތަނަށް އިންޑިއާއިން ގާތްގަނޑަކަށް ދިހަހާހަށް ވުރެ ދިނަ މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ. މުޅި ދުނިޔޭގެ 210 ސަރަހައްދަކުން މި ބަލި ފެނިފައިވާ އިރު މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1.9 މިލިއަނަށް އާރަފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ އެއްލައްކަ އަށް ވުރެ މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު