ކޮވިޑް-19 އާ ގުޅިގެން މެކްސިކޯ ފުރަބަންދު (ލޮކްޑައުން)ކޮށްފައިވާ މި ދަނޑިވަޅުގައި އަންހެނަކު ގެއަށް ބޭނުންވާ ތަކެތި ގަތުމަށް ބޭރަށް ނުކުމެފައި އެނބުރި ގެއަށް އައިއިރު ފެނުނީ ފުރާނަ ނެތް ދަރިފުޅުގެ ހަށިގަނޑެވެ.

އުމުރުން 13 އަހަރުގެ އަނާ ޕައުލާގެ ހަށިގަނޑު ފެނުނުއިރު، އޮތީ ރޭޕްކޮށްލާފައިކަން އިނގެއެވެ. އަނާގެ ހަށިގަނޑު ފެނިފައި ވަނީ އަރިޒޯނާގައި އެ މީހުން ދިރިއުޅެމުންދާ ގޭގެ އެނދުމަތީގައި އޮއްވާއެވެ. އޭނާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތައްވެސް ފެންނަން ހުއްޓެވެ.

އެ ގައުމުގައި ފުރަބަންދު އިއުލާނުކޮށް ހާއްސަަ ހުއްދައެއްގެ ދަށުން އެ އަންހެން މީހާ ފިހާރައަށް ދިޔައީ ގެއަށް ބޭނުންވާ ކާނާ ގަތުމަށެވެ. އެ ވަގުތުކޮޅު ބަލާފައި މީހަކު ވަނީ އެގެއަށް ވަދެ، އެ އަންހެން ކުއްޖާ ރޭޕްކޮށް މަރާލާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ރޭޕްކޮށް މަރާލުމަށްފަހު ދިޔަ ނަމަވެސް، އެގެއިން އެއްވެސް އެއްޗެއް ވަގަށް ގެންގޮސްފައެއް ނުވެއެވެ.

ދަރިފުޅަށް ކަމެއް ވެގެން އުޅޭކަންވެސް އޭނާގެ މަންމައަށް އެނގުނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ގުޅުމުންނެވެ. އަދި އޭނާ ދިޔައިރު، އެ ގެއިން ގިނަ އަދަދެއްްގެ ފުލުހުން ތިބި ކަމަށް ވެއެވެ.

މިކަން ފުލުހުން ދަނީ ބަލަމުން ދާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުރެން

    މަނިކުފާނު ކޮންއިރަކު ހެއްދެވި ނުވަތަ ކުރެއްވި ސާވޭއެއްތޯ،،،،؟

    6
    11
  2. ޒިމްޒިމް

    ކުރީގެ ލޯބިވެރިޔާގެ ކަމެއްތީ! އޭނަ އެކަންތައް ކޮއްފަ އެގުޅީ ފުލުހުންނަށްވެސް..