ޑެޑީސް ޕުރިންސެސް އޭ މިކަޔަނީ އިނގެރޭސި ވިލާތުގެ ރޯޔަލް އާއިލާގެ މެންބަރުންނަކަށް ނޫނެވެ. މިހެން މިކިޔަނީ ފޭސްބުކްގައި މަސައްކަތް ކުރާ ކޮލަމްގައި މިގޮތަށް ޖަހައިގެން އުޅޭ އަންހެން ކުދިންނަށެވެ.

މިވާހަކަ ދެއްކުމުން "ނަރަށް" އަރާނެ އެތައް ބަޔަކު އުޅޭނެކަން އެނގެއެވެ. އެހެންނަމަވެސް މިއީ ބޮޑު ދިރާސާއަކުން ދައްކާ ނަތީޖާގެ މައްޗަށް ލިޔެވޭ ލިޔުމެކެވެ. މިލިޔުމުގައި މިބަލާލަނީ " ޑެޑީސް ޕުރިންސެސް " އާ ޑޭޓް ކުރުމުގެ ކުރިން މިކަމާ ވިސްނާލަންވީ ކަންތައްތަކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ މީގެ މީހަކާ ރައްޓެހި ވެއްޖެނަމަ ދެން ތިމާ ކަންތައް ކުރަން ޖެހޭނެ ގޮތެވެ.

ތިމާގެ ހުރިހާ ވަގުތެއް ބޭނުންވުން

ގިނަ ދިވެހިންތަކެއް ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މިފަދަ އަންހެނުން ތިމާގެ ހުރިހާ ވަގުތެއް އެއަންހެނަކަށްޓަކައި ޤުރުބާން ކުރަން ބޭނުންވާނެއެވެ. އަދި ފިސާރި އަވަހަށް ޝައްކު ކުރާނެއެވެ.

ފާޑު ކިޔުމުން މަނާވެގަންނަން ޖެހޭނެ

މިގޮތަށް ޑެޑީސް ޕުރިންސެސް ޖަހައިގެން އުޅޭ ކުދިންނަށް ފާޑު ކިޔުމަކީ އެކުދިން ދެކޭ ގޮތުގައި އެކުދިންނަށް ދެވޭ ވަރަށް ބޮޑު ދެރައެވެ. އަދި ޚާއްސަކޮށް މޭކަޕްގެ ވާހަކައިގައެވެ. މޭކަޕާ ބެހޭގޮތުން އެއްޗެއް ބުނެފިނަމަ އެއީ ތިމާގެ ގުޅުން ކެނޑުނީ ކަމަށް ބަލާށެވެ.

ކައްކަންށާއި އެއްޗެހި ދޮންނަން އެނގެންވާނެ

މިގޮތަށް ގިނަ ފަހަރު ފޭސްބުކްގައި ޖަހައިގެން އުޅެނީ، ދިރިއުޅުމުގައި އެއްވެސް ކަމެއް ކުރަން ނޭންގޭ މީހުންނެވެ. މިހެންކަމުން މިކަހަލަ މީހަކާ ރައްޓެހި ވުމުގެ ކުރިން ތިބާއަށް ހުރިހާ ކަމެއް ކުރަން އެގޭތޯ ޔަގީން ކުރަންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހހހ

    ހަހަހަ...??