އެމެރިކާގެ ބޮސްޓަންގައި އެކްސިޓެންޓެއްވި އަންހެނަކަށް ބޮޑެތި ޒަހަމްތަކެއް ލިބުނުއިރުވެސް އައިލައިނާ ނުފުހުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.

ޝެލްބީ ޕަގަން ނަމަކަށްކިޔާ މިއަންހެން މީހާގެ ފޮޓޯއެއް މިހާރު މީސްމީޑިޔާގައި ދަނީ ވަރަށް ހަލުވިކަމާއެކު ދައުރުވަމުންނެވެ. އަދި މިއަންހެން މީހާ މިއެކްސިޑެންޓްއަށްފަހު އޭނާ އަޅައިގެންހުރި އައިލައިނަރގެ ރިވިވްއެއްވަނީ ލިޔެފައެވެ.

މީނާ މިޕޯސްޓްގައި ބުނެފައިވަނީ އޭނާ ބޭނުންކޮށްފައިވާ އައިލައިނާއަކީ އެންމެ މޮޅު އައިލާނާކަން މިހާރު އެނގިފައިވާކަމަށާއި ދެން އިތުރު އެހެން އައިލައިނާއެއް ބޭނުން ނުކުރާނެ ކަމަށެވެ.

މަޝްހޫރު ގިނަ ބަޔަކުދަނީ މިމީހާގެ ވާހަކަ ޓުވިޓަރގައި ދައްކަމުންނެވެ.

މިއަންހެން މީހާ ބޭނުންކޮށްފައިވަނީ ކެޓް ވަން ޑީ ޓެޓޫ އައިލައިނާއެވެ. ގިނަ ބައެއްގެ ސަމާލުކަން މިފޮޓޯއަށް ލިބިފައިވާއިރު، ގިނަ ބަޔަކު ބުނަމުންދަނީ މިއީ މިބުރޭންޑް އިޝްތިހާރު ކުރުމަށް ހަދާފައިވާ މޮޅު ސުޓަންޓެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެނީ

    ލިޕްސްޓިކް އެން މޭކަޕްވެސް ނުފޮހެވެއެންނު..