ސްޓޭސީ އެގްރޯ އަކީ ކޮވިޑް-19 ޖެހުނު އެމެރިކާގެ އަންހެނެކެވެ.
ސްޓޭސީ ބުނާގޮތުން މިއީ އޭނާގެ ހަޔާތުގައިވެސް އޭނާ އަށް ކުރެވުނު އެންމެ ހިތި ތަޖުރިބާއެވެ.
ސްޓޭސީ މީގެ 2 އަހަރު ކުރިން ކެންސަރާއި ހަނގުރާމަކޮށް ކާމިޔާބު ކުރި މީހަކަށް ވީނަމަވެސް، އޭނާ ކޮވިޑް-19 ސިފަ ކުރަނީ އެެއަށް ވުރެވެސް އުނދަނގޫ ވޭންދެނެވި ބައްޔެއްގެ ގޮތުުގައެވެ.
ފަރުވާއަށް ފަހު މިހާރު ގޭގައި ހުރި 58 އަހަރުގެ ސްޓޭސީ ބުނީ އޭނާގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަން ފެށީ އޭނާގެ ފިރިމީހާ މޮރޮކޯއަށް ދަތުރެއް ދިއުމަށް ފަހު އެނބުރި އެމެރިކާ އަށް އައިފަހުން ކަމަށެވެ.
މާރޗް 18 ވަނަ ދުވަހު އޭނާގެ ގައިން އަލާމާތްތައް ފެނުނު ކަމަށާ، އޭގެ 11 ދުވަސް ފަހުން ހާލު ބޮޑުވެގެން އައިސީޔޫގައި ފުރާނައާއި ހަނގުރާމަ ކުރަން ޖެހުނު ކަމަސް އޭނާ ކިޔާދިނެވެ.
"އަހަންނަނަށް ހަމައެކަނި ބުނެވޭނީ ހުމާ އަނދަނީކަން އެނގުނޭ. އަހަންނަށް އިހުސާސްވީ އުފަންދުވަހު ފަޅާލަން ގެންގުޅޭ ޕިނާޓާއެއްގައި ކުދިންތެޅުމުން، އެ ޕިނާޓާއަށް އިހުސާސް ކުރެވޭނަމަ ކުރެވޭނެ އިހުސާސް" ސްޓޭސީ ކިޔާދިނެވެ.
މަރީނާ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައި ހުރި އިރު އައިސޮލޭޝަން އިން އިހުސާސްވީ އެކަނިވެރިކަން ކަމަށް ވެސް އޭނާ ބުނެއެވެ.
"އަހަރެން ބިރުގަތީ މަރުވެދާނެތީކީ ނޫން. އަހަރެން ބިރުގަތީ އަހަރެންގެ ހަޔާތުގައި ތިބި މީހުންނަށް ދަނީއޭ ވެސް ނުބުނެ ދުނިޔެއާއި ވަކިވާން ޖެހިދާނެތީ." އޭނާ ބުންޏެވެ.
މިހާރު ބޭރަށް ދާން ގަންނަނީ އަމަށަކު ބިރެއް ނޫން ކަމަށާ، އެ ބިރު ފަހަނައަޅާ ދާން ދުވަސް ނަގާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ޑޮކްޓަރުން ބޭރަށް ދެވޭނެ ކަމަށް ބުނި ނަމަވެސް، އެކަން އަމިއްލަ ނަފްސަށް އިހުސާސްކުރެވޭނެ އިރެއް ނޭނގޭކަމަށް އޭނާ ވަނީ ބުނެފައެވެ.
ސްޓޭސީ ބުނާގޮތުން އޭނާ އެޑްމިޓްކުރި ހޮސްޕިޓަލްގެ ސްޓާފުން މަތިން އޭނާ އަބަދުވެސް ހަނދާން ހުންނާނެއެވެެ.
ކާާކު މަރީީނަަާ އަކިިީ؟
ނޭނގެ މަށަށްތަ އެނގެނީ ލޮލް