ލޯބިވެރިންގެ ސަފުން ބޮލީވުޑްގެ އެތައް ތަރިން ތަކެއް ޖާގަ ހޯދި ނަމަވެސް ކޮންމެވެސް މައްސަލައެއް ޖެހިގެން އުމުރު ދުވަހަށް ވަކިވި ފަންނާނުންނެއް ބޮލީވުޑްގައި ހަމަގައިމުވެސް މަދެއް ނޫނެވެ. "ބްރޭކް އަޕް"އަށްފަހުވެސް ރައްޓެހިންގެ ގޮތުގައި ގިނަ ތަރިންތަކެއް އެކަކު އަނެއްކަކާ ވާހަކަ ދައްކާ، ނުވިތާކު ބައެއް ފަންނާނުން އެއްކޮށް ފިލްމުތަކުންވެސް ފެނިގެން ގޮސްފައި އެބަހުއްޓެވެ. އެކަމަކު ބްރޭކްއަޕް އަށް ފަހު އެއްވެސް ވަރަކަށް ދެ ތަރިން އެއްކޮށް ފިލްމްތަކުން ފެނިގެން ގޮސްފައި ނުވާ ތަރިންވެސް ތިބިކަން ފާހަގަކޮށްލަން ޖެހެއެވެ. މިފަދަ ބައެއް ބޮލީވުޑް ތަރިންތައް ތިރީގައި ހިމަނާލާނަމެވެ.

ޖޯން އަބްރަހަމާއި ބިޕާޝާ ބާސޫ

 

Related image

ނުވަ އަހަރު ވަންދެން ލޯބީގެ ގުޅުމުން ގުޅިގެން އުޅުނު މި ދެ ތަރިން ވަކިވެފައިވަނީ 2011 ވަނަ އަހަރުގައެވެ.

2014 ވަނަ އަހަރު އަބްރަހަމް ޕްރިޔާ ރަންޗަލް އާއި ކައިވެނި ކޮށްފައިވާއިރު، ބިޕާޝާ ވަނީ 2016 ވަނަ އަހަރު ކަރަން ސިންގް އާއި ކައިވެނިކޮށްފައެވެ.

ބްރޭކްއަޕް އަށްފަހު އެއްވެސް ވަރަކަށް މި ދެ ފަންނާނުން ވާހަކަ ދައްކާފައިނުވާއިރު، ދެމީހުން އެއްކޮށް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ބޮލީވުޑް ފިލްމު "ރޭސް 2" އިންނެވެ. އޭގެ ފަހުން އެއްވެސް ވަރަކަށް އިވެންޓަކުން ނަމަވެސް ދެ މީހުން ފެނިފައެއް ނުވެއެވެ.

ޝާހިދު ކަޕޫރާއި ކަރީނާ ކަޕޫރް ޚާން

Related image

 

ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހި ވެގެން އުޅުމަށްފަހު ދެ ތަރިން ވަކިވެފައިވަނީ ފޭނުންނަށް ބޮޑު ސިހުމެއް ގެނުވާފައެވެ. ބްރޭކްއަޕްއަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް، ޝާހިދު އެރޭންޖް މެރިއޭޖްއެއްގެ ދަށުން މީރާ ރާޖްޕުޓް އާއި ކައިވެނި ކޮށްފައިވާއިރު، ކަރީނާ ވަނީ ކުޅަދާނަ އެކްޓަރު ސައިފް އަލީ ޚާންއާއި ކައިވެނި ކޮށްފައެވެ.

ދެމީހުންނަށްވެސް މިހާރު ދަރިން ލިބިފައިވާއިރު، ބްރޭކްއަޕް އަށްފަހު މި ދެ ފަންނާނުން އެއްވެސް ވަރަކަށް އެއްކޮށް ޕަބްލިކްއަކުން ނުފެނެއެވެ.

ސަލްމާން ޚާންއާއި އައިޝްވާރިޔާ ރައި ބައްޗަން

Related image

 

ސަންޖޭ ލީލާ ބަންސާއީގެ ފިލްމަކުން މި ދެ ފަންނާނުން އެންމެ ފަހުން ފެނުނު ގޮތަށް އަދި އަދަށް ދާންދެންވެސް މި ދެ ތަރިން އުޅެމުންދަނީ އެކަކު އަނެއްކަކާ ވަރަށް ދުރު ދުރުންނެވެ.

މުޅި ބޮލީވުޑްގައިވެސް އެ ދުވަސްވަރު ހުރި އެންމެ "ލޯބި ކަޕްލް" ގެ ޝަރަފު ހޯދާފައިވާ މި ދެ ފަންނާނުންގެ ބްރޭކް އަޕް އަށްފަހު، މިއަދާ ހަމައަށްވެސް އެއްވެސް ފިލްމަކުން ދެ މީހުން އެއްކޮށް ފެނިފައެއް ނުވެއެވެ.

އަބީޝެކް ބައްޗަން އާއި ކަރިސްމާ ކަޕޫރް

Image result for abhishek bachchan and karisma

 

މި ދެ ފަންނާނުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސް ވަރު ގިނައިން ދެ މީހުން އެއްކޮށް ފެނިގެން ގޮސްފައިވަނީ "ފެމިލީ ޑްރާމާ" ތަކުންނެވެ.

އެންގޭޖް ވާން ވަރަށް ކައިރިވެފައިވަނިކޮށް ބްރޭކްއަޕް ވި މި ދެ ތަރިން ވަކިވާން ޖެހުނު ސަބަބެއް މިހާ ތަނަށްވެސް އެނގިފައެއް ނުވެއެވެ. ނަމަވެސް ދެމީހުން ދުރުވާން ޖެހުނީ އައިޝްވާރިޔާގެ މަންމަ އޭނާގެ ދަރިފުޅު އަބީޝެކް އާއި ކައިވެނި ކުރަން ބޭނުން ނުވާތީ ކަމުގައިވެސް އޭރުގެ ބައެއް ޚަބަރުތައް ބުނެއެވެ.

ބްރޭކްއަޕް އަށްފަހު، އެއް ފިލްމަކުން ނުފެނުނު ތާނގައި، އޭގެފަހުން މި ދެމީހުން ކުރެ އެކަކަށްވެސް އަނެއްކަކު ލޮލަށްވެސް ފެނިފާ ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޖާއިބެއް އަޅެފަހެނުވާނެތަ! އަބީޝެކް ކަރިޝްމާ އާއި ވަކިވީ އައިޝްވާރިޔާގެ މަންމަ ނުގަބޫލުވީމަޔޯ!!

  2. ކަރިޝްމާ ގެ މަންމަ ނޫންތަ ބޭނުން ނުވީ އަބީޝެކް އާ ކައިވެނި ކުރަން. އައިޝްވަރިޔާ ގެ ނޫން.

  3. ކަރީނާ އާއި ޝާހިދު އުޑްތާ ޕަންޖާބް ކުޅުނު 2016 ވަނައަހަރު. ފިލްމު ޕްރޮމޯޓް ކުރީވެސް އެއްކޮށް.