ބޮލީވުޑްއެކޭ އެއްފަދައިން ހޮލީވުޑްގެ ފިލްމު ތަކުގައިވެސް އާންމުންގެ ބޮޑު މަޤުބޫލު ކަމެއް ހޯދަމުން އަންނަ ކުޅަދާނަ އެކްޓަރު ޕްރިޔަންކާ ޗޯޕްރާގެ ކަކުލަށް އަނިޔާ ވެއްޖެކަމަށް އޭނާ ބުނެފިއެވެ.

ޓުވިޓާ މެދުވެރިކޮށް، ޕްރިޔަންކާ ބުނެފައިވަނީ ކަކުލަށް އަނިޔާވީ ޓީވީ ސީރީޒް "ކުއަންޓިކޯ"ގެ ޝޫޓިންގެ ތެރެއިން ކަމަށެވެ.

 

މި ޓީވީ ސީރީޒްގައި، އެލެކްސް ޕެރިޝް ނަމަކަށް ކިޔާ އެފް.ބީ.އައި އެޖެންޓެއްގެ ރޯލުން ފެނިގެންދާ ޕްރިޔަންކާއާއި "ކުއަންޓިކޯ" ގެ ޓީމް މިހާރު ޝޫޓިންގެ މަސައްކަތްތައް ކުރަމުންގެންދަނީ އިޓަލީގައެވެ.

"މެއިން ކެރެކްޓާސްތަކުގެ ތެރެއިން މުޅި ޓީމުގައިވެސް ހުރި ހަމައެކަނި އަންހެން އެކްޓްރެސް އަކީ އަހަރެން. އެހެންވެ ބައެއް ރޭރޭ ޝޫޓިން އަށް ރޭގަނޑުވެސް ބޭރަށް ދާން ޖެހޭ" ޕްރިޔަންކާ އޭނާގެ ޝޫޓިންގެ ކަންތައްތައް ހިއްސާ ކުރަމުން ބުނެފައިވެއެވެ.

ޓުވިޓާ ޔޫޒާއެއް ކުރި ސުވާލަކަށް ޖަވާބު ދެމުން ޕްރިޔަންކާ އިތުރަށް ބުނެފައިވަނީ އިޓަލީ ބަސް ދަސްނުކުރާކަމަށައި އެކަމަކު ޝޯގައި ވާހަކަ ދެއްކޭވަރަށް ކޮންމެވެސް ވަރަކަށް އީޓަލީ ބަސް ދަސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ.

އުމުރުން 35 އަހަރުގެ ޕްރިޔަންކާގެ "ކުއަންޓިކޯ" ބަލާލާ ހިތުން ފޭނުން މިހާރުވެސް ތިބީ ކެތްމަދުވެފައި ކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.