އެންމެ 60 ސިކުންތުގެ ވީޑިޔޯއަކުން އެތައް ބައެއްގެ ސަމާލުކަން ލިބުނު ޕްރިޔާ ޕްރިކާޝް ވާރިއާ ހުސްހަށިބައިކޮށް ހުރިކަމަށް އޭނާ ބުނެފިއެވެ.

އަލަށް ނެެރޭ މިލިޔާލަމް ފިލްމެއްގެ ލަވައެއްގައި ފެންނަ ތަންކޮޅަކުން އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ ޕްރިޔާ ބުނީ، އެ ވީޑިޔޯއަށްފަހު އޭނާގެ މީސް މީޑިޔާ ޕްލެޓްފޯމްތަކުގެ އިންބޮކްސްއަށް ގިނަ މެސެޖްތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި އެއްވެސް ވަރަަކަށް އަދި އޭނާ ޑޭޓް ކުރަން ބޭނުންނުވާކަމަށް ޕްރިޔާ ވަނީ އިންޓަވިއުއެއްގައި ބުނެފައެވެ.

ޕްރިޔާ ބުނީ، ވެލަންޓައިންސް ޑޭގައި ވެސް އެތައް ބަޔަކު އޭނާއަށް މެސެޖް ކުރަމުން އަންނަކަމަށެވެ. އަދި ޑޭޓް ކުރުމަށް އެދެމުންދާކަަމަށްެވެސް އޭނާ ބުންޏެވެ.

"އަހަރެންގެ ހަޔާތުގައި އެއްވެސް ހާއްސަ މީހެއް ނެތް. އަހަރެންގެ ކިޔެވުމާއި، އެކްޓަރަކަށް ވާން އޮތް ހުވަފެނަކީ އެެހެން އެއްޗެއް. ވެލެންޓައިންސް ޑޭގައިވެސް އަހަރެން ޖެހޭނީ ކޮލެޖަށް ދާން. އެއީ އެޓެންޑެންސްއަކީ ވަރަށް ބަލަން ޖެހޭ އެއްޗެއް. ކޮލެޖަށް ދިޔަޔަސް މީހެއްގެ ފަރާތުން އުނދަގުލެއް ވެދާނެހެން ހީނުވޭ. އަހަރެން ދަނީ އަންހެން ކުދިންގެ ކޮލެޖަކަށް" ޕްރިޔާ އިންޑިއާ ނޫހަކަށް ބުންޏެވެ.

އެތައް ބައެއްގެ ހިތްތައް ކަތިލާފަދަ ކަތިނަޒަރުގެ ސަބަބުން އޭނާ މަޝްހޫރުވެދާނެކަމަށް އެެއްވެސް ވަރަކަށް އޭނާ ހީނުކުރެއެވެ. މިއީ ޕްރިޔާގެ ފުރަތަމަ ފިލްމެވެ. އިތުރު ފިލްމްތަކުންވެސް އޭނާއަށް ޖާގަ ލިބުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަނު

    މަވެސް ބޭނުން

  2. ނުރަބޯ

    މަވެސް.

  3. ރިތިކް

    ހިތް ފުރި ދާތީ އޭ ކަލާ ފެނުމުން. ހިއްސުތަކޭ އެދެނީ ކަލާ ހޯދަން. އޭ ކަލާ އަރިހަށޭ ދާހިތޭ ހަމަވަނީ. ޢުފާ ހޯދަން