2007 ވަނަ އަހަރުން ފެށިގެން ނެރެފައިވާ "ޓްރާންސްފޯމާސް" ގެ ފިލްމުތައް ބެލިން ހެއްޔެވެ؟ ކާރުތަކެއް ރޮބޮޓުތަކަކަށް ބަދަލުވާ މަންޒަރު މި ފިލްމުން ދެކުނިން ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް މައްސަލައެއް ނެތެވެ. ކުރިން އެއީ ނުވާނޭ ކަމެއްކަމަށް ހީކުރި ހީކުރުން މިހާރުވަނީ ނިމުމަކަށް އައިސްފައެވެ. އެފިލްމުތަކުގައި އެފެންނަފަދަ ރޮބޮޓު ކާރެއް މިހާރުވަނީ އުފައްދާފައިވެއެވެ. މިކަން ކޮށްފައިވަނީ ޓެކްނޮލޮޖީގައި އެފަދަ ދެވަނައެއް ނެތް ޖަޕާނުންނެވެ.

ޖަޕާނުގެ ބްރޭވް ރޮބޮޓިކްސް ކުންފުނިން މި ތަފާތު އުފެއްދުން އުފައްދާފައިވާއިރު، މިކަމުގެ މުގުލުގައި ހުރި ފަރާތަކީ އެކުންފުނީގެ ސީއީއޯ ކެންޖީ އިޝިޑާ އެވެ.

"އަހަރެން ބޮޑުވަމުން އައިއިރު އަހަރެން ޤަބޫލުކުރަމުން އައީ ރޮބޮޓަކީ މޮޅެތި ކަންކަން ކުރުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗެއްކަމަށް. އެއީ މި އުފެއްދުން އުފެއްދުމަށް އަހަރެންގެ ހިތްވަރަކަށްވެސްވީ." ކެންޖީ ރޮއިޓަރސް އަށް ބުނެފައިވެއެވެ.

ކެންޖީ މުގުލުގައި ހުރެގެން އުފައްދާފައިވާ މި އުފެއްދުމަށް ދީފައިވާ ނަމަކީ "ޖޭ-ޑެއިޓް ރައިޑް" އެވެ. މައުލޫމާތު ލިބޭ ގޮތުގައި ކާރެއްގެ ގޮތުގައި އޮތުމަށްފަހު، ރޮބޮޓަކަށް ބަދަލުވުމަށް މި ކާރު ނަގަނީ އެންމެ 30 ސިކުންތެވެ.

މި އުފެއްދުމާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ ކުޑައިރު ވަރަށް ޝައުގުވެރިކަމާއެކު ބެލި ފިލްމެއްގައި ދައްކުވައިދޭ އެއްޗެއް، ހަޤީޤަތަކަށް ވުމަކީ ވަރަށް އުފާކުރާ ކަމެއްކަމުގައެވެ.

ކޮންމެއަކަސް ޓްރާންސްފޯމާސްގެ ރޮބޮޓެއް ހަޤީޤަތަކަށްވެފައިވާއިރު، މިއީ އާއްމުކޮށް ބާޒާރުން އެންމެންނަށް ލިބެން ހުންނާނޭ އެއްޗެއްކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަހަށްމަހަށް

    ކޮބާ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ފެނޭތޭ މާލެ ލިޓިލް ޓޯކިޔޯ އަށް ބަދަލުވާން ވާއިރަށް ވާން ޖެހޭ ތައްޔާރީ ތައް ޖަޕާނު ކުދިން ވަނީ އޭ އިނގޭތޭ ތަމެން ދެން މަަހަށް ދޭބަލަ. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  2. “ތަމެން މަމެން” މީ މޮޔަ ގޮލައެއް ތަ؟