ސައިންޓިސްޓުންގެ ފަހުގެ ދިރާސާއަކުން ޑިޕްރެޝަންގެ 44 ވައްތަރެއް ހޯދައިފި އެވެ.

އެ ދިރާސާގައި ޔޫކޭ، ޔޫއެސް އަދި އޮސްޓްރޭލިއަރ ގައި 200 ޓެސްޓެއް ކުރިއަށްގެންގޮސްފައި ވެއެވެ. އެގޮތުން ކޮންމެ ޔޫކޭ، ޔޫއެސް އަދި އޮސްޓްރޭލިޔާގެ ފަރުދެއްގައި ޑިޕްރެޝަން ހިމެނޭނެ ކަމަށް ހާމާވެގެން ދިޔައެވެ.

އޭގެ އިތުރުން މި ދިރާސާގައި ގިނަ އަދަދެއްގެ އައު ޖެންސްތަކެއް ވަނީ ފެނިފައި އެވެ. އަދި މި ޖެންސްތަކުން ކުރިން އެނގިފައި ނުވާ ކަންތައްތަކެއް ލިބުނު ކަމަށެވެ. އޭގެ ތެރޭގައި 44 ޑިޕްރެޝަންގެ ވައްތަރުތައް ފެނިފައިވާއިރު ކޮންމެ މީހަކަށްވެސް މި ބަލި ޖެހުމަކީ ވެދާނެ ކަމެއް ކަމަށް ހާމަވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާގޮތުގައި ދުނިޔޭގެ 350 މިލިޔަނަށްވުރެ ގިނަ މީހުން ޑިޕްރެޝަން ހުންނަ ކަމަށެވެ.

އަދި ޑިޕްރެޝަންގެ ސަބަބުން ގިނަ ބައެއްގެ ސިކުޑި މޮޔަވުން އާންމުވެގެންދާ ކަމަށެވެ. ނަމަވެސް މިކަމަށް އެދެވޭ ފަރުވާއެއް މިހާތަނަށްވަނީ ނުހޯދިފައި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެނެރީ ސޮނި މުގާބޭ

    ދީނާއި ދުރުވީމަ ވާ ގޮތް