ބައިބޯ ސިޓީތަކުގައި ޕާކުކުރާނެ ތަންތަނާމެދު ދެބަސްވުމަކީ އައު ކަމެއް ނޫނެވެ. ހަމައެހެންމެ، އެފަދަ މައްސަލަތަކާ ގުޅިގެން ތަޅާފޮޅުމަކީވެސް އައު ކަމެއް ނޫނެވެ. އެހެންނަމަވެސް، ޕާކުކުރާނެ ތަނެއް ނުލިބުމުގެ މައްސަލައެއްގައި ހިނގި ހަމަނުޖެހުމެއްގައި އާއިލާއެއްގެ ތިން މެންބަރުންވަނީ މަރުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ އަވަށްޓެރި އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައެވެ.

އެޤައުމުގެ "އިންޑިޔާ ޓައިމްސް" ނޫހުން ބުނެފައިވާ ގޮތުގައި މި ހަމަނުޖެހުންތަކުގައި މަރުވެފައިވަނީ ޖުރުޖީތު ނަމަކަށް ކިޔާ މީހަކާއި އޭނާގެ ދޮއްޓަށް ހުންނަ ބޭބެ ޖަސްޕަލް އަދި އަންހެނުން ސްވީޓީ އެވެ. އަދި މިއީ މުއްސަނދި ވިޔަފާރި އާއިލާއަކަށް ނިސްބަތްވާ ބައެއްކަމަށްވެސްވެއެވެ.

އެނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި ޕާކު ކުރާ ތަނުގެ މައްސަލައިގައި ދެ ބެން ޒުވާބުކޮށް ހަމަނުޖެހުން ހިންގަން ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 11:20 ހާއިރުއެވެ. ޒުވާބުތައް ހޫނުވެ، ފުރަތަމަ ހަމަލާ ދީފައިވަނީ ޖަސްޕަލް އެވެ. ޖަސްޕަލް، ގުރުޖީތަށް ތޫނު އެއްޗަކުން ހަމަލާދީ ވައްޓާލިކަމަށްވެއެވެ. އަދި، އެމަންޒަރު، އެފަރާތްތަކުން ގެންގުޅޭ ޕްރައިވެޓް ސެކިއުރިޓީންނަށް ފެނުމުން ޖަސްޕަލް އަށް ހަމަލާ ދޭން ފެށިކަމަށްވެއެވެ. މި ހަމަލާތަކުގައި ޖަސްޕަލް މަރުވިއިރު ސެކިއުރިޓީން ޖެހި ބަޑީގެ ވަޒަނެއް ސްވީޓީގެ ގަޔަށް އަރާ އޭނާވެސް ވަނީ މަރުވެފައެވެ.

އެޤައުމުގެ ފުލުހުން ބުނެފައިވާ ގޮތުގައި މީގެކުރިންވެސް މި ދެބެންގެ މެދުގައި ގެދޮރުގެ މައްސަލައެއްވަނީ ޖެހިފައެވެ. އަދި، އެމީހުން ހަށިގަނޑުތައް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢެޑަމްބެ

    ޢަނެއްކާ ތީ ހަށިފާރަވެރިންގެ ކަމެއް ނޫންބާ! ޝައްކު!