މިއީ އާދައިގެ ކަމެއް ނޫނެވެ. ކަތި ނަޒަރަކުން ލޯ މަރާލި ގޮތަކުން ދުނިޔޭގެ ގިނަ ބަޔަކު މިވަނީ އޭނާގެ އަވައިގައި ޖެހިފައެވެ. މިއީ ވެދާނެ ކަމެއް ކަމަށްވެސް ހުދު ޕްރިޔާ ވެސް އުއްމީދު ނުކުރެއެވެ. ނަމަވެސް ކުޑަ ހިންދުކޮޅެއްގެ ތެރޭގައި އެ އަސަރުގަދަ ނަޒަރުގެ އަވައިގައި ޖެހި ޕްރިޔާ މިވަނީ މުޅި އިންޓަނެޓް ފަތަހަކޮށްފައެވެ.

ޕްރިޔާ ކުޅެމުން އަންނަ ފިލްމެއްގެ ލަވައަކުން އޭނާ ލޮލަށް އެހަދާލި ގޮތެއްގެ އަސަރުގައި ޖެހި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ވީޑިޔޯ ވަނީ އެތަށް މިލިޔަން މީހުން ބަލާ ޝެއަރ ކޮށް ހަދާފައެވެ. އަދި ކުރިން މާ ބޮޑު ސަމާލުކަމެއް ލިބިފައި ނުވާ ޕްރިޔާގެ މީސް މީޑިޔާ އެކި ޕްލެޓް ފޯމްތަކަށް އޭނާ ފޮލޯ ކުރާ މީހުން އޮހެން ފެށިއެވެ. އެގޮތުން އިންސްޓަގްރާމް އިން މިހާރު އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު 3 މިލިއަނަށްވުރެ ގިނައެވެ. މި އަދަދާއި ގާތަށް ފޭސްބުކްގައި ވެސް އޭނާ ފޮލޯ ކުރާމިޙުން އުޅެއެވެ.

މިހުރިހާ ކަމަކަށްފަހު ޕްރިޔާ އަކީ ކާކުކަން ހޯދުމަށް އެތަށްބަޔަކު ވަނީ ޕްރިޔާ ގޫގުލް ސާޗް ކޮށްފައެވެ. އެގޮތުން ކުރީ މި ލިސްޓްގެ އެންމެ ކުރީގައިވާ ސަނީ ލިޔޯން ބަލިކޮށް އެންމެ ގިނަ މީހުން ގޫގުލް ސާޗް ކުރާ ފަންނާނުގެ ގޮތުގައި ޕްރިޔާ މިވަނީ ވެފައެވެ. ޕްރިޔާ މިވަނީ މަސްހޫރު ފިލްމީ ތަރިންކަމަށްވާ ކެތްރީނާ ކައިފް އާއި ދީޕިކާ ޕަދޫކޭ އަށް ވުރެވެސް އިންޓަނެޓްގައި ކުރި ހޯދާފައެވެ.

މުޅި ބޮލީވުޑްގައި ވެސް ސަނީލިޔޯން ނޫނީ އެންމެ ގިނަ މީހުން ސާޗްކުރާ މީހާއަށް ޕްރިޔާ ވެފައިވާއިރު އޭނާ އަށްވުރެ ފޮލޯވާސް ގިނަ އެހެން ފަންނާނެއް ނެތެއެވެ. މިކަމާއި ޕްރިޔާ ހުންނަނީ ނުހަނު އުފަލުންނެވެ. އަދި މިއީ އޭނާއަށް ފިލްމީ ދާއިރާއިން އަވަހަށް ކުރިއަށް ދިޔުމަށް ލިބުނު އިތުރު ބާރެކެވެ.

މިފަދަ ބޮޑު މަސްހޫރުކަމެއް ލިބިފައިވާ ޕްރިޔާ ބުނީ އޭނާ އެންމެ ބޭނުންވަނީ ބޮލީވުޑްގެ ރަސްގެފާން ސާހުރަކް ޚާން އާއި އެކީގައި ފިލްމްއެއް ކުޅުމެވެ. ޕްރިޔާގެ މި ހުވަފެން އަވަސް މުސްތަގުބަލެއްގައި ހަގީގަތަކަށް ވުން ދުރެއް ނޫނެވެ. ޕްރިޔާގެ އެކްޓް ކުރުމުގެ ހުނަރުވެސް މޮޅެއެވެ. އަދި ނަށަން ދަސްކޮށްދޭ ކުލާހުން ނަށަން ދަސްކޮށްފައިވާ ޕްރިޔާގެ ނެށުން ވެސް ނުހަނު ފުރިހަމައެވެ.

ޕްރިޔާގެ އަވައިގައި ޖެހިފައިވާ ދިވެހިންގެ އަދަދެއްވެސް ވަކި މަދެއް ނޫނެވެ. އެތަށް ބަޔަކު ވަނީ ޕްރިޔާގެ ވައިރަލް ވީޑިޔޯގައިވާ ފިރިހެން ކުއްޖާގެ ބައި އެކި ގޮތް ގޮތަށް ޕްރިޔާގެ މަންޒަރުހަދައިގެން އެޑީޓް ކޮށްގެން މީސްމީޑިޔާ އަށް ދޫކޮށްލާފައެވެ. އަދި ތަފާތު "މޭމް" ތަށްވެސް ދިވެހިން ހަދާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފިރުޓޭ

    މޭމް އެއްނޫން ކިޔަނީ، މީމް ކިޔަނީ އިނގޭ!

  2. ރަތުނަމް

    ސަނީގެ ކުޅަދާނަ ފީލުމެއް ބަލާލީމަ ހަމަ މަގުބޫލުވާނީ ސަނީ.. އެހެން ނުންތޯ..

  3. ސެކްސީ

    ސެކްސީ

  4. ހުހް

    މަށައް އެއްކަމެއްވެސް ނުވޭ...ޕްރިޔާ ދެކެ ފޫހި ވަނީ