ބޮލީވުޑްގައި މި ފަހަކަށް އައިސް އެންމެ "ވައިގައި" ހިފި ފިލްމު "އޮކްޓޫބާރ" ގެ ލީޑް އެކްޓަރު ވަރުން ދަވަން އޭނާގެ އިންސްޓާ ސްޓޯރީގައި އާންމު ކުރި މީމްއެއްގެ ވާހަކަ ނުދައްކާ ދޫކޮށްލެވޭ ވަރަށް ވުރެ އޭގެ މަޤްބޫލްކަން ދަނީ އިތުރުވަމުންނެވެ. ކަރީނާ ކަޕޫރްގެ ފިރިހެން ދަރިފުޅާއި ވަރުންގެ މި މީމް މުޅި މީސްމީޑިއާގައި ދައުރުވަމުންދާ ކަމަށްވެސް ފަހުގެ ޚަބަރުތައް ބުނެއެވެ.

ޓައިމުރް ނަމަކަށް ކިޔާ މި ކުޑަކުއްޖާ ގެ ފޮޓޯއަކާއި ވަރުންގެ ފޮޓޯއެއް ހިމެނޭ ގޮތަށް ކޮލާޖް ކޮށްފައިވާ ފޮޓޯއެއްގައި ވަރުން ބުނެފައިވަނީ " ޓައިމުރް! އެނގޭތަ އަހަރެންނަށް މިއަދު 31 އަހަރު ފުރިއްޖެ" މިހެންނެވެ. ޖަވާބުގައި ޓައމުރް ބުނެފައިވަނީ "އެކަމަކު އަހަރެން ހީކުރީ ތީ އަހަރެންގެ އުމުރު މީހެއް ކަމަށް" މިހެންނެވެ.

 

މި މީމް ފެނި ގިނަ ބަޔަކު މި ޕޯސްޓު މީސްމީޑިއާގައި ޝެއާ ކުރަމުން ދާއިރު، ވަރުން މިހާރު ވެފައިވަނީ "ޖޯކަކަށް" ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަހަރެއް ފުރިގެން ދިޔަ ޓައިމުރް އަކީ ކުޅަދާނަ އެކްޓްރެސް ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ފުރަތަމަ ދަރިފުޅެވެ. އުފަން ވުމުގެ ކުރިންވެސް މީޑިއާގެ ސަމާލުކަން ހޯދާފައިވާ ޓައިމުރް އުފަންވުމާއި ގުޅިގެން، މީޑިއާތަކަށް އޭނާ ވެފައިވަނީ "ސްޓާރ" އަކަށެވެ.

"މިއީ ވަރަށް ބޭއިންސާފު ގޮތެއް އަސްލު. އެކަމަކު މިއީ ހަމައެކަނި އިންޑަސްޓްރީގެ މައްސަލައެއް ނޫން. މީޑިއާގެ ވެސް މައްސަލައެއް. މިހާރު އަހަރެމެން ޤައުމުގެ ހާލަތަށް ބަލަންޏާ، އެކްޓަރުންނަށް ވުރެ ޓައިމުރް ވެސް މާ މަޝްހޫރް. މީޑިއާތަކަށް ވުރެ ގިނައިން އާންމުންވެސް އޭނާގެ ފޮޓޯތައް ޝެއާ ކުރޭ" ވަރުން ބުނެފައިވެއެވެ.

ވަރުން މި ވަގުތު މަސައްކަތް ކުރަމުންދަނީ ބޮލީވުޑް ފިލްމު "ސުއި ދާގާ" ގައިއެވެ. މި ފިލްމުގައި އޭނާއާއިއެކު ފެނިގެންދާނީ އަނުޝްކާ ޝަރުމާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަލަ ދަރިފުޅެއްނޫން މަސްހޫރީ ސައިފާ ކަރީނާ މަސްހޫރުވީމަ ވާގޮތް އެއީ ނުވިސްނޭދޯ

  2. ޑިމޮކްރަޓިސްޓް

    ބަޔަކު ފޮޑިއެއްވެސް މަޝްހޫރު ކުރީމަ އ ވީދޯ...

  3. ސޯހާގެ ދަރިފުޅު އިނާޔާ ނައުމީ ތައިމުރުގެ މަގުބޫލްކަން ފަނޑުކޮށްލާނެ.