އެސިޑް ހަމަލާއެއް އަމާޒުވި 10 އަހަރުގެ ބުޅަލެއް މަރާއި ހަނގުރާމަ ކުރަނީ އެވެ.

ގޯޖް ނަމަކަށް ކިޔާ މި ބުޅާ ގެއިން ބޭރަށް ދިޔުމަށްފަހު އައިއިރު މޫނާއި މުޅި ގައިގެ ހަންތައް ގޮސްފައި ވަރަށް ބޮޑަށް ފިހިފަހުރި ކަމަށް ބުޅަލުގެ ވެރިފަރާތް އެކްސްއެޓާ ބުންޏެވެ.

އަންގާރަދުވަހު ހިނގި މިހާދިސާއަށްފަހު ބުޅަލަށް ދަނީ ޖަނަވާރުންގެ ހޮސްޕިޓަލެއްގައި ފަރުވާ ކުރަމުންނެވެ.

އެކްސްއެޓާ ބުނިގޮތުގައި ގަޔާއި މޫނު އެއްކޮށް ފިހިފައި ހުރެ ގެއާއި ހަމައަށް އާދެވުނީ ކިހިނެތްބާއޭ ހިތަށްއަރާ ކަމަށެވެ.

އަދި މިހާރު ކާން ދިނުމަށްވެސް ދަތިތަކެއް ހުރި ކަމަށް އެކްސްއެޓާ ބުންޏެވެ. އެއީ އަނގަކައިރި އެއްކޮށް ފިހިފައި ވުމުންނެވެ.

އޭގެ އިތުރުން މިހާރު ގޯޖް ސަލާމަތްވި ނަމަވެސް ފެނުމާއި އިވުމުން މަހުރޫމްވާނެ ކަމަށް ޑޮކްޓަރުނެ ބުނެއެވެ. އެއީ ބުޅަލުގެ ލޮލަށާއި ކަންފަތަށް ވަރަށް ބޮޑަށް އެސިޑްގެ އަސަރުކޮށްފައި ހުރުމުގެ ސަބަބުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާވ.ދެރަވެއްޖެ.މިއަމަލު ހިންގި މީހަކު ހާދަހާ ރަހުމް ކުޑައޭ

  2. މިކަހަލަ ހަބަރުތަކުގައި ގައުމު ޖަހާލުން ވރ މުހިންމު

  3. ބޭވަފާތެރިވީދޯ

  4. ތިޔައްވުރެން ގިނަ ކުޑަކުދިން އެބަ މަރުވޭ މެދު އިރުމަތީގައި.. އަދިއެވެސް އެސިޑްއަށް ވުރެން ނުރައްކާތެރި ކެމިކަލް ހަމަލާގައި

  5. މިވެސް ދެން ލިޔުމެއްތަ?