މީގެކުރިން އިންޑިޔާގައިވަނީ ގެރިއަކަށް، އިމްތިޙާނެއްގައި ބައިވެރިވުމުގެ ފުރުޞަތު ދީފައެވެ. މީގެ ދެ އަހަރު ކުރިން ހިނގި މި ކަމުގައު ގެރިއަށް އެންޓްރަންސް ކާޑު ނުވަތަ ސްޓޭޓްމަންޓް އޮފް އެންޓްރީވެސް ދީފައިވެއެވެ.

އަނެއްކާވެސް އެޤައުމުވަނީ މިފަދަ ކަމެއް ހިނގާފައެވެ. އެހެންނަމަވެސް، މިފަހަރު މި ފުރުޞަތު ދީފައިވަނީ އެޤައުމުން ހެޔޮކޮށް ހިތާ ގެރިއަކަށް ނޫނެވެ. މިފަހަރު އެންޓްރަންސް ކާޑު ދީފައިވަނީ ހިމާރަކަށެވެ.

ހިމާރެއްގެ ފޮޓޯ ޖަހައި، ވަކި ނަމެއް ދީފައިވާ ކާޑެއް މީސް މީޑިޔާގައި ދައުރުވަމުންދާއިރު މިއީ ހަޤީޤަތެއްކަމަށްވެސް އެތައް ބަޔަކު ބުނެފައިވެއެވެ. މިކަމާ ގުޅިގެން އެކި ފަރާތްތަކުން މީސް މީޑިޔާގައި ދަނީ އެކި ގޮތްގޮތަށް ޝުއޫރު ފާޅު ކުރަމުންނެވެ.

"އިންޑިޔާ ޓައިމްސް" ނޫހުން ބުނެފައިވާ ގޮތުގައި މި އިމްތިޙާނަކީ އެޤައުމުގެ އުތުރުގެ ޖާމޫ އަދި ކަޝްމީރުގެ އިމްތިޙާނެކެވެ. އަދި، މިއީ އެސަރަޙައްދުގެ ސަރުކާރުގެ ސާވިސަސް ސެލެކްޝަން ބޯޑުން ކުރިއަށް ގެންދާ އިމްތިހާނެއްވެސްމެއެވެ. އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ "ނައިބު ތަހުސިލްދާރު" ނަމަކަށް ކިޔާ މަޤާމަކަށް އެކަށީގެންވާ ކެނޑިޑޭޓަކު ހޯދުމަށް ކުރިއަށް ގެންދާ އިމްތިޙާނެކެވެ.

ބައެއް ފަރާތްތަކުން މިކަމަށް ޖޯކު ޖަހާފައިވާއިރު ބައެއް ފަރާތްތަކުން މި ޖަނަވާރަށް "ގުޑް ލަކް" ކިޔާފައިވެސްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

    • ބޯހަލާކު

      ފެނިއްޖެ! ކޮންމެ ކަމެއް ސިޔާސީ ކުރަން ނޫޫޅެބަލަ!

    • ?

      .ދެލޯ ދުންމާރި

  2. ހުސެއިން

    މަ ނުބަާ ދުނިޔެއަކަށް މި ހޭލީ...........ލޮލް!!!!!!!!