މާލޭގައި ދިރިއުޅެމުންދާ ބިދޭސީންނާއި ދިމާލަށް ބަހެއް ބުނުމުގެ ކުރީން، އެއީވެސް އިންސާނުންކަން ވިސްނަން ޖެހޭ ކަމަށް، އަލީ ރަމީޒް ބުނެފިއެވެ.

އަލީ ރަމީޒް މިގޮތަށް ބުނެފައި މިވަނީ، ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށް މަގުމަތަކަށް ނިކުމެ އުޅުން މަނާކޮށްފައި ވަނިކޮށް، ކާބޯތަކެތި ލިބޭނެ ގޮތެއް ނެތި ހާލުގައި ޖެހިގެން މަގުތަކަށް ބިދޭސީން ނިކުމެ އުޅުމުން އެކަމަށް މީސްމީޑިއާގައި ބައެއް ފަރާތްތަކުން ފާޑުކިޔާފައި ވަނިކޮށެވެ.

މިކަމާއި ގުޅޭގޮތުން އަލީ ރަމީޒް މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ފުރަބަންދުގެ ވަގުތުތަކުގައި ދިވެހިން އަރާމުގައި ގޭގައި ތިބޭއިރު، ކާބޯތަކެއްޗާއި، ބޭނުންވާ އެނޫންވެސް ޒަރޫރީ ތަކެތި ހިފައިގެން ގެތަކާއި ހަމައަށް ގެންގޮސްދީ ޑެލިވަރީކޮށްދޭ ބަޔަކީ ބިދޭސީން ކަމަށާއި، ބިދޭސީންގެ މި އެހީތެރިކަން އެތައް ހާސް ބަޔަކަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން އެފަރާތްތަކާއި ދިމާލަށް ބަހެއް ބުނާއިރު، އެއީވެސް އިންސާނުންކަން ދަންނާން ޖެހޭނެ ކަމަށާއި، އެމީހުންނަށް ވެސް ދިރިތިބުމަށް ކާބޯތަކެތި ބޭނުންވާނެ ކަން ވިސްނަން ޖެހޭ ކަމަށް އަލީ ރަމީޒް ބުނެފައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދުކޮށްފައި އޮތް ވަގުތުތަކުގައި އެކަމުގެ ގެއްލުން އެންމެ ބޮޑަށް ލިބޭނެ އެއް ބަޔަކީ ބިދޭސީންނެވެ. އާންމު ގޮތެއްގައި ބިދޭސީން ރާއްޖެއަށް ގެންނަ ފަރާތްތަކުން އެމީހުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާފައި އޮނަނަނީ ހޮޓާތަކުންނެވެ. ނަމަވެސް ފުރަބަންދާއި ގުޅިގެން ހޮޓާތައް ބަންދުކޮށްފައި ހުރުމުން، އެފަދަ ބިދޭސީންނަށް ކާން ނުލިބި ގިނަ ދަތިތަކާއި ކުރިމަތިވަމުން ދެއެވެ.

މި ދަތިތަކާއި ގުޅިގެން އިއްޔެ މަގުތަކަށް ބިދޭސީން ނިކުމެފައި ވަނީ = ކާބޯތަކެއްޗަށް އެދި އާދޭސް ކުރަމުންނެވެ. ނަމަވެސް ކާބޯތަކެތި ވިއްކާ ފިހާރަތަކުން ބިދޭސީން އެ ފިހާރަތަކަށް ދިއުމުން، ތަކެތި ވިއްކަން ދެކޮޅު ހަދައި އެމީހުން ބޭރުކޮށް ފޮނުވާލަމުން ދިޔަކަމުގެ އަޑުތަކެއް ވެސް ފެތުރިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ބޭޗާރާ

  ހަގީގަތާ އެއްގޮތަށް ވާހަކަ ދެއްކެވީތީ ޝުކުރު ދަންނަވަން. ބިދޭސީންގެ މައްސަލައަކީ ދިވެހިން އުފެއްދި މައްސަލައެއް. ދިވެހިންގެ ގޮތެއްފޮތެއް ނެތްކަމާއި ކަންނެތްކަމާއި އަޚުލާޤެއް ނެތްކަމުން އުފެދުނު މައްސަލައެއް. އަދި އެމައްސަލަ އުފައްދާފައި ބިދޭސީންނަށް ހިތުހުރި ގޮތެއް ހަދާފައި ބިދޭސީންނަށް ކާންބޯން ލިބޭނެ މަގު ބަންދުކޮށް ނިކަމެތި ކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ބިދޭސީންނަށް ހެއްދެވި ނުހެއްދެވިއަށް ގޮވާއިރު މިއަދު ބިދޭސީން ފުރައިގެންދިޔަޔަސް ކައިބޮއިގެން ސާފުތާހިރުވެގެން އުޅެވޭނެ މީހުން މަދުވާނެ.

  80
  3
 2. Anonymous

  ތެދު ވާހަކައެއް.

  76
  4
 3. ❤️

  އިންސާނުން ވީމަ ކެއްތެރި ވާންވެސް އެމީހުން ވެސް ދަސްކުރަންޖެހޭ ނިކަމެތި އަޅުގަނޑު 24ގަޑިއިރުމިވީ ފިހާރަޔަކައް އޯޑާޜދީފަ ކާ އެތިކޮޅު ގެޔާ ހަމަޔައްވެސް ނާދޭ

  19
  38
 4. ކޮތަރު

  ވާހަކަ ކިތައްމެހައިވެސް ރަނގަޅު. އެކަމަކު ތިޒާތުގެ ވާހަކަ ދައްކާވަރަށްވުރެ މާބޮޑާ ކިބުރުވެރި މީހެއް ކަލެއަކީ.

  16
  100
 5. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ

  އޭ މިތިބަދުނިޔޭގަ އުޅެ މުންދާޖާހިލުނޭ ﷲތިޔަބައި މީހުންނަދެއްވި ރިޒުގުންކައިބޯހަދައި އުފަލާއަރާ މުގައި އުޅެ މުންދާއިރު ފަގީރުނިކަ މެތިންގެހާލަތަށް ވިސްނަވާ ބޮޑާވެކިބުރުވެރިނުވޭ ﷲއީއެއްވެސްތަފާތު ކުރު މެއްނުކޮށް ހުރިހާކަ މެއްނިން މަވާ ރަސްކަލާންގެ އިއްޔެތިޔަބައި މީހުންއުޅުނުއަރާ މު ދިރިއުޅުން މިއަދު މިވަނީ ބިރުވެރިކަ މުންފުރިގެންވާ ކަށިކުނބުރު އަދިރިޖަންގައްޔަކަށް ދެންވެސް ﷲހުގެ މަގަށްރުޖޫއަވޭ ނިކަ މެތިންނަ އަޅާލާއޯތެރިވޭ މާދަ މާތަނަވަސްކަ މަށް ރުޖޫއަކޮށްދިނު މަށް ﷲހަޡުރަތަށް ނިކަ މެތިންގެދުއާ ތިބާގެ މައްޗަށް ކުރާނީއޭރުން

  46
  2
 6. Anonymous

  އަޅެ އެހެން ހަދާކައް ނުވާނެދޯ. ޢެމީހުންނައް ކާއެއްޗެއް ދީގެން މިފަދަ ވަގުތެއްގަ ސަވާބު އިތުރުވާނެ.

  80
  6
 7. ސެކު

  އިންސާނުން އެއްވެސް ގައުމެއްގަ ވަގަށް އުޅުން ދީން ހުއްދަ ކުރޭތަ؟

  13
  49
 8. ސިންބަލް

  ކަލެއަކަށް ނޭނގޭނެ. އިންސާނުންނަކީ ކޮބައިކަމެއް. ތީ ޖާހިލުންގެ އައްޕަ

  10
  68
  • އާންމުން

   އެލެކްސް ގޮތައް ކަލެއަށް އެގޭކަން މީހާރު އަހަރުމެންނަށް އެގިއްޖެ، ކޮމެންޓަން ސުކުރިއްޔާ

   16
   7
 9. ޙޭލާ

  ބިދޭސީންނަކީވެސް އިންސާނުން، ދިވެހިންނަކީވެސް އިންސާނުން ، މައްސަލައަކީ ކޮބާކަމެއް ނޭނގޭ! ޢެނގޭހާވެސް ކަމަކީ ބިދޭސީވެސް މިޤައުމުގައި ތިބެނީ ބަަޔަކު ހަވާލުވެގެން ، އެމީހުން ބިދޭސިން ބަލަހައްޓަންޖެހޭނެ ، ދިވެހިން ބިދޭސިންނަށް އެއްޗެހި ކިޔަނީ ދެރަކުރާކަށްނޫން އެމީހުން މަގުމަޢްޗަށް ނިކުމެގެން ވާގެއްލުން ބޮޑުވާތީ !
  ފުލުހުންވެސް ނޫޅެ ކަމުގެ ފެށުން ހޯދާކަށް

  27
  4
 10. ސ

  ރަގަޅު ވާހަކަ އެއް އިންގޭތޯ... ބިދޭސީންނާ މެދު ރަގަޅު ފިޔަވަޅެއް އަޅަން ޖެހޭނީ... ވަގަށް އުޅޭ ބިދޭސީން ޑީޕޯރޓް ކޮށްލަން ޖެހޭނީ....

  35
  1
 11. އަޙްމަދު

  ދީނީ ޢިލްމްވެރިން މިކަން ސާފުކޮށްދީބަލަ. ބައެއް އިލް މުވެރިން ވިދާލުވަނީ މުސްލިމުންނަށް އޮޅުވާލީހުންނަކީ މުސްލިމުންގެ ތެރެއިންވާ ބައެއްނޫނޭ. އެހެންވީއިރު މޭސަނަކަށްހެދިގެން ދުވަކުވެސް ރާނާހަންޖަކު ނުހފާމީހަކު ރާއްޖެ އެތެރެވީމ މަ ފުރަތަ މަ އެ މީހާގެ ހުކުމަކީ ކޮބާ.

  ކުލަލާން ހަވާލުވެގެން އަންނަ މީހާ ފާރުގަލާކުލަ
  ސީލިންގާއި ކަރަންޓް ސޮކެޓްތަކުގަ ލާފަ
  ބޭބޭ މަސްއަލަ ނެތީ ކުޑަޚުޑަ ޖެހުނީ އޭ ބުނީ މަ
  އޭނަގެ ދުވަހު މުސާރަ ދޭންޖެހޭނެތޯ.

  އަނިޔާކުރު މެއް ނެތޭ އަނިޔާ ލިބު މެއްވެސް ނެތޭ
  މިސްކިތްތަކުން ގޮވާއިރު ޕާކުކޮއްފަ ހުންނަ ސައުކަލަށް ސަވާރުވެއިދެ ލޯގަޑުތައް އަބުރާ ކެލެޗް ނަރަށްދަ މާހަދާ މީހާ އަށް ސައިބޯލަން 5
  ރުފިޔާ ދީފިނަ މަ އަނިޔާ ލިބު މެއްވެސް ނެތޭ އޮތް
  ބަޔަށް ބޮލެބުނު ކަ މަށް ވާނެތޯ؟

  ޚޮލަ މެއް ލިޔެލައިގެން ލާރިއެއް ހޯދު މުގެ އިތުދުން
  އަހަރު މެން ސަލާ މަތް ވާނެ މަގެއް ބުނެދީބަލަ.

  11
  1
 12. ހަސަނު

  އަބޭ އަހަރުމެން ނުއުޅެން އެމީހުންނަކީ އިންސާނުންކަން ނުއެނގިގެނެއް އަހަރުމެން މިބުނަނީ އެމީހުން މިތާގަ އުޅޭށޭ މިތަނުގަ ހެދިފައިވާ ގާނޫނާ ގަވާއިދަށް އަމަލުކޮށް ދައުލަތައް ދައްކަން ޖެހޭ ފާއިސާ ދައްކައިގެން.އަދި މީގެ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިއިތުރަށް ޒަމާނުއްސުރެ މިތަނުގައި އޮށް ރިވެތި ދިވެހި އާދަކާދަ ނުގެއްލޭ ގޮތައް މިތާއުޅޭށޭ. ސަރުކާރުންވެސް މިފަދަ މީހުންނަށް ދޭންޖެހޭ އަދަބުތައް ދީފާ ވީއެންމެ އަވަހަކަށް ނުގަވާއިދުން އުޅޭ ހުރިހާ ބިދޭސީން ފޮނުވާލަންވީ. އަދި ބުނަން ދިވެހިރާޖޭގައި އުޅޭ ބަންގާޅީންނަކީ މާލޭ ދެތިންދުވަހަކައް ލޮކުޑައުން ކޮއްމިއަކަސް ބަނޑަށް ޖެހިގެން މަގުމައްޗަށް ނުކުންނަ ވަރަށް ވުރެ މާ މުއްސަނދި ބައެއް. އަބޭ އަށް އަދި ބަންގާޅީން ނޭގެނީ ތީވަރަށް މަކަރުވެރި ހީލަށް ތެރި ބައެއް ތިމީހުންގެ ވިސްނުމުގަ ހުންނާނީ ފާއިސާ އާ ކެއުން...

  15
  2
 13. ނަމަ

  އެ މީހުންނަން ބޭނުން ގޮތަކައް އުލެންވީ އެއީ ހަ މަ އެކަނި އިންސާނުންގޮތުގަ ފެންނަބަޔަކީ

  12
  5
 14. ޖޯން

  ކުށެއްނެއް އެތައްބަޔަކު އައިއެސް ކިޔާޖަމާއަތަކުން މަރަމުން އެދަނީ އިސްލާމުންނެއް ނޫންތަ. ކަލޯމެންނަކީ މިގައުމުގެ ހަލާކު.

  8
  28
 15. ވަމޭލޯބިން

  ބަލަ އޭގެ ތެރޭން ގިނަމީހުންނަކީ ގަސްދުގައި ރާވައިގެން ރާއްޖެއައިސް ރާއްޖޭގެ އިމިގުރޭސަން ގާނޫނާ ހިލާފަށް އުޅޭ މީހުންނޭ. އިންސާނުންނަކަސް ކަނޑައެޅިގެން މުޖުރިމުންނޭ. ދެންވެސް އެމީހުން އުރައިގެންދޯ އުޅޭންވީ؟
  މޮޔަނުގޮވާ!

  12
  4
 16. ހަކީމު

  އައްޔާ އެކަމަކު ބަންގާޅިންގެ ބަލާ ހާދަބޮގޭ

  14
  6
 17. ޢަލީ

  ބިދޭސީން ނަކީ ޖަނަވާރުން ނެކޭ ނުބުނޭ އެއްވެސް މީހަކު ،އެމީހުން ވެސް މިޤައުމުގައި އުޅެންވީ އެކަމު މިތާގައި ހަދާ ޤަވާއިދުތަކަށް ބޯލަނބަންޖެހޭނެ. ލޮކްޑައުން ކުރީމަ އެމީހުން ވެސް ތިބެންޖެހޭނީ ގޭގަ މަގުމައްޗަށް ކުޅު ޖަހަމުން ހިނގާކަށް ނުޖެހޭނެ.

  12
 18. ދަރަނި ދަންތުރަ

  ބިދޭސީންގެ މައްސަލަ ހައްލުނުވަނީ މަހުޖަނުންގެ މުށުތެރޭ ސަރުކާރުގެ ބޮޑުން ތާށިވާތީ ، ލޯމަރާލާފައި ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ޑީޕޯޓު ކޮށްލަބަލަ ، ދެން އެތެރެވުން ކޮންޓުރޯލްކޮށްބަލަ އިސްލާހުޖާޑިޔަކަށް ނުޅެވުނެއްނު ނުވެސްލެވޭނެ އެއަށްވުރެ ކަމާބެހޭ ބޭފުޅުން ރުފިޔާ ބޭނުން މީ ވަރަށް ވާހަކަ....

 19. އނރޑ

  މިމީހުންގެ ތެރޭވެސް އިސްލާމްދީން ގަބޫލު ނުކުރާ މީހުނަށް ޢިސްލާމްދިން އުގަނައިދޭން ފެނޭ.

  10
 20. އަޙްމަދް

  މި ރަމީޒު ޓްވީޓެއް ކޮއްލާއިރަށް މީނާ މާބޮޑު މީހަކަށް ހަދައި މީނާގެ ބަސް މާބޮޑު ޙަބަރަކަށް ހަދައިގެން ތިއަ އުޅެނީ ނޫސްވެރިން ގެނެސްދޭނެ ޢެހެން ޚަބަރެއް ނެތީތޯއެވެ.؟

  5
  6
 21. ހސހ

  ތީވެސް ބަސަރާޔަށް ކަދުރު ވިއްކުމުގެ ގޮތެއްތޯ؟ ބަސަރާ އޭ ކަދުރޭ؟ ސޮރީ

  2
  3